21 ފެބުރުއަރީ 2020
ރައްޔިތުންގެ ތަރައްގީ އަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބައިވެރިއެއްގެ ގޮތުން ކައުންސިލްތަކަށް ދީފައިވާ ގާނޫނީ ބާރުވެރިކަމާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށް ވުރެން ގިނަ މަޝްރޫއު މި އަހަރު ހިންގާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ތަރައްގީ އަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބައިވެރިއެއްގެ ގޮތުން ކައުންސިލްތަކަށް ދީފައިވާ ގާނޫނީ ބާރުވެރިކަމާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށް ވުރެން ގިނަ މަޝްރޫއު މި އަހަރު ހިންގާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން، "ރަށްވެހި ފަތިސް" ފަށަން އަލިމަސްކާނިވަލުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތައް ބާރުވެރިކުރުވީ، ވެރިކަން ހިންގުން ލާމަރުކަޒުކޮށް އެއްފަހަރާ ގިނަ މަޝްރޫއުތައް ހިންގަން ޖާގަ ހޯދަން ކަމަށެވެ. ހަގީގީ މާނައިގައި ކައުންސިލްތައް ލާމަރުކަޒުކޮށް، މުޅި ރާއްޖެ އަށް ގެންނަ ބޮޑު ބަދަލާ އެކު މި އަހަރަކީ މަޝްރޫއުތަކުގެ އަހަރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށާއި ރަށްތައް ތަރައްގީކުރުމަށް، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބައިވެރިއަކީ ކައުންސިލްތައް ކަމަށެވެ. އެކަން ކުރެވޭނީ ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ ކައުންސިލްތަކަކަށް ޖާގަ ދީގެން ކަމަށް ވިދާޅުވި އެވެ.
އެއާއެކު އެދިވަޑައިގަތީ ސަރުކާރާ އެކު ތަރައްގީގެ މަޝްރޫއުތައް ހިންގަން އެ ފިކުރަށް ތާއީދުކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބު ކޮށްދިނުމަށެވެ.
"ސަރުކާރާ އެކީގައި މި މަޝްރޫއުތައް ހިންގާނެ ބަޔަކު އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތް އިންތިޚާބުގައި ހޮވަން،" ރައީސް
ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލަން ޖެހުނު ސަބަބާއި މި ނިޒާމް ނަމެއްގައި ކުރިން ހިންގައި ރައްޔިތުން ކުރަން ޖެހުނު ތަޖުރިބާ ވެސް ރައީސް މިރޭ ހިއްސާކުރެއްވި އެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދާއި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ އަނަސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ޒަމާންތަކެއް ވަންދެން މައި ސަރުކާރަށް ބާރުތައް ޖަމާކޮށް، ވެރިކަން ކުރުމުގެ ނަތީޖާ އަކީ ރަށްތައް ފަޅުވުން އެކަންޏެއް ނޫން ކަމަށާއި އަމިއްލަ ރަށް ދޫކޮށް މާލެ އަށް ހިޖުރަކުރަން ޖެހުނު އާބާދީން އެކަން ސާފު ކަމަށް ވިދާޅުވި އެވެ.
"ތޮއްޖެހުމާއި އިޖުތިމާއީ މައްސަލަތަކުގެ ހާއްޔަކަށް ވެފައިވާ ވެރިކަން ކުރާ މާލެ އަށް އޮތް އެންމެ ބޮޑު ހައްލަކީ ވެސް ލާމަރުކަޒު ކުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލެ އަށް އެންމެން ޖަމާވުމަކީ ތަރައްގީ ކަމުގައި ދައްކައި ރަށާއި އަތޮޅުގެ ތަރައްގީގެ އުއްމީދު ފަނޑުކޮށްލި ވިސްނުމަކީ ރާއްޖޭގެ ތަރައްގީ އަށް އެޅިފައި އޮތް ހުރަހެއް ކަމަށެވެ. މާލޭގައި، ރާއްޖޭގެ އެކި ރަށްތަކުގެ ހުރިހާ ޖީލުތަކުގެ ރައްޔިތުން ދިރިއުޅެމުންދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަން ބަހުސަކަށް ހަދައި ތިލަކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"މިއީ ގައުމީ މައްސަލައެއް. އަޅުގަނޑުމެން އެންމެން އެކުގައި ހައްލުކުރަން ޖެހިފައި އޮތް މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.
އުމްރާނީ ތަރައްގީގެ ވާހަކަ ޒަމާންތަކެއް ވަންދެން ދެއްކި ނަމަވެސް ރާއްޖޭގެ ރަށްތަކުގެ ތެރެއިން ސާފު ބޯފެނާއި ނަރުދަމާ ލިބެނީ އެންމެ 46 ރަށުގައި ކަމަށްވުމީ ލަދުވެތިކަމެއް ކަމަށާއި މި ބޭއިންސާފުގެ ވާހަކަތައް ދެއްކުމުގެ ދޮރު ހުޅުވިފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންތިޚާބުގައިވީ ވައުދުތަކަށް ބަލައި ގޮތް ނިންމަން ރައްޔިތުންނަށް ފުރުސަތު ލިބިއްޖެ ކަމަށާއި އަނެއްކާވެސް ކުރިމަތީގައި އޮތީ އެ ފުރުސަތު ކަމަށެވެ. އެމަނިކުފާނު ވެވަޑައިގަތް ވައުދާ އެކު ފުރަތަމަ ތިން އަހަރުގެ ތެރޭގައި އެންމެ ރަށެއް ވެސް ބާކީނުކޮށް ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ގާއިމްކުރައްވާނެ ކަމުގެ ޔަގީންކަން މިރޭ ވެސް ރައީސް ދެއްވި އެވެ.
އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވައި ބިންތަކާއި ފަޅުތަކުގެ މުއްސަނދިކަން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
ރަށްވެހި ފަތިހަކަށް ރާއްޖެ އަލިވިލެނީ ގިނަ ތަޖުރިބާތަކަކުން ކަމަށާއި ރާއްޖޭގެ ސިޔާސީ ހަޔާތާއި ފިކުރު ބަދަލުކުރަން ވޭން ހުރި މަސައްކަތްތަކެއް ޒަމާންތަކެއް ވަންދެން ކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ. ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކަކާ އެކު މި ފެށެނީ އުއްމީދުގެ ވަގުތުކޮޅެއް ކަމަށް ވިދާޅުވި އެވެ.
"ހަމަ ގައިމު ވެސް އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް އެންމެ ދެކެން ބޭނުންވި ދުވަސް،" ރައީސް ވިދާޅުވި އެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލްތައް ބާރުވެރިކުރުވައި މާލީ ގޮތުން ފުދުންތެރިކޮށް، ސިޔާސީ ކަންކަމުގައި އަންހެނުންގެ ދައުރު އިތުރުކުރުމުގެ ޖާގަ ތަނަވަސްކޮށް، ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ދަންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މި ބަދަލުތަކާ އެކު ކައުންސިލްތައް ހޮވާއިރު، ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުން ވިސްނަން ޖެހޭ ކަންކަން ބައިވަރެވެ. ކައުންސިލްތަކުގެ ދައުރު އިތުރުކޮށްފައިވާ އިރު މުހިއްމީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްފަހަރާ، ކެމްޕޭން މިރޭ ފެށުމުގެ އިންތިޒާމް ހަމަޖެއްސެވި ކަމަށްޓަކައި ކެމްޕޭން މެނޭޖަރަށް ޝުކުރު އަދާކުރެއްވަމުން ރައީސް ވިދާޅުވީ އެމްޑީޕީ މިއޮތީ ރަނގަޅަށް ކެމްޕޭނަށް ތައްޔާރުވެފައި ކަމަށެވެ. ޕްރައިމަރީ ބާއްވައި ކެންޑިޑޭޓުން ހޮވާފައިވާ ކަން ފާހަގަކުރެއްވި އެވެ.
ޕްރައިމަރީގައި އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އިންތިޚާބުން އެނގުނީ ޕާޓީގެ އެތެރޭގެ ޑިމޮކްރެޓިކް އުސޫލްތައް ވަރުގަދަކޮށް އިތުބާރު އުފައްދަން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަން ކަމަށެވެ. ޕާޓީގެ ލީޑަޝިޕުން އެކަންކަން އިސްލާހު ކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވާ މީހުންނާއި ނާކާމިޔާބުވާ މީހުން ތިބޭނެ ކަން ގަބޫލުކޮށް، މި ވަގުތަކީ ޕާޓީ އަށް އިންތިޚާބު ކާމިޔާބުކޮށްދޭން ޖެހޭ ވަގުތެވެ. އެކަމަށް ޕާޓީގެ ހުރިހާ އެންމެން އެކުގައި ނުކުތުމަށް ރައީސް ގޮވާލެއްވި އެވެ.
އަލިވިލެން މިދަނީ ބާރުވެރި، ތަނަވަސް ނިޒާމަކަށް:ނަޝީދު
އެމްޑީޕީގެ ކެމްޕޭން ފެށި ޖަލްސާގެ ގިނަ ގޮނޑި ހުހަށް!
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
އެމްޑީޕީން މިއަދު ވެސް ކުރީ ކެމްޕެއިން: އިދިކޮޅު
އެމްޑީޕީގެ ލާމަރުކަޒީ ހާއްޔަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ
ތިބެވެނީ މާ މަޑުން، އެމްޑީޕީ ހިންދެމިލަންޖެހޭ: ނަޝީދު
60 ޕަސެންޓަށް ވުރެ ބޮޑު ކާމިޔާބެއް ހޯދާނެ: ރައީސް
މާލޭ މޭޔަރުކަން އަނަސް ކާމިޔާބުކުރާނީ 12،000ވޯޓުން
"އެމްޑީޕީގެ ހިންގުން ވެސް ދާއިރާތަކަށް ދޫކޮށްލަންޖެހޭ"
ހާއްޔަށް އެހެން ބަޔަކު ބިސްއަޅާނެ ކަމެއްނެތް: ނަޝީދު