20 ފެބުރުއަރީ 2020
ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ތ. ވޭމަންޑޫގެ ނަރުދަމާގެ މަސައްކަތް ކުރުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިޔާގެ ކުންފުންޏަކާ ހަވާލުކުރި އެއްބަސްވުން މި ސަރުކާރުން ބާތިލްކޮށްފި އެވެ.
ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ތ. ވޭމަންޑޫގެ ނަރުދަމާގެ މަސައްކަތް ކުރުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިޔާގެ ކުންފުންޏަކާ ހަވާލުކުރި އެއްބަސްވުން މި ސަރުކާރުން ބާތިލްކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އިންޑިޔާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ އެކްސްޕޯޓްސް އެންޑް ޓްރިވެނިއާ (އެލްއީ ޓްރިވެނީއާ) އާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ، އޭގައި ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތް ނިންމާފައި ނުވާތީ ކަމަށެވެ.
ދިވެހި ސަރުކާރުގެ މި ފިޔަވަޅާ ގުޅިގެން، އެލްއީ ޓްރިވެނިއާ އިން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން މަސައްކަތް ކުރާ ކަަމަށް ވެ އެވެ. އެކަމަކު، އެކަން އަދި ޔަގީނެއް ނުވެ އެވެ.
އެ ކުންފުންޏާ ހަވާލުކުރި ޕްރޮޖެކްޓްގެ ދަށުން، ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ފެނުގެ ސްޓޯރޭޖް ޓޭންކް ހެދުން ހިމެނެ އެވެ. އަދި ވޭމަންޑޫގައި ނަރުދަމާގެ ނިޒާމާއި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމްކުުރާނެ އިމާރާތެއް އަޅަން ޖެހެ އެވެ.
ޖޫން، 2017 ގައި ހަވާލުކުރި މި ޕްރޮޖެކްޓްގެ އަގަކީ 149 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ 18 މަސް ދުވަހެވެ.
ނައިފަރާއި ވޭމަންޑޫގައި އެ ދެ މަޝްރޫއު ވެސް ހިންގަން ނިންމާފައި އޮތީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީގައި ކަމަށެވެ.
ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި
އުތުރުގެ ބައެއް ރަށްރަށުގައި ބޮޑެތި މަޝްރޫއުތަކެއް
އިންޑިއާ ކުންފުންޏަކުން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް
ބްރިޖު ލަސްވެއްޖެ، މުއްދަތު އިތުރު ނުކުރެވޭނެ
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ހަންކެޑެ ބްރިޖު ނިންމައި ސަރުކާރާ ހަވާލުކޮށްފި
ބްރިޖުގެ މަސައްކަތްދާގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ