ޅ. ނައިފަރުގައި ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގައި ނަރުދަމާގެ މަސައްކަތް ކުރަން އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ އެލްއީ ޓްރިވެނީ ޖޭވީ އާ މިއަދު ހަވާލުކޮށްފި އެވެ.
18 ޖޫން 2017
ޅ. ނައިފަރުގައި ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގައި ނަރުދަމާގެ މަސައްކަތް ކުރަން އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ އެލްއީ ޓްރިވެނީ ޖޭވީ އާ މިއަދު ހަވާލުކޮށްފި އެވެ.
އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމުގެ ހިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ އެއްބަސްވުމުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި އެ ކުންފުނީގެ ޑިރެކްޓަރު ވިނޭ ކުމާރު ސިންގް ވަނީ ސޮއި ކުރައްވައިފަ އެވެ.
މި މަސައްކަތުގެ ދަށުން ނައިފަރުގައި ނަރުދަމާ ވިއުގަ ގާއިމް ކުރުމާއި ފެނުގެ ވިއުގަ ގާއިމު ކުރުމާއި ސްޓޯރޭޖް ޓޭންކް ހެދުން ހިމެނެ އެވެ. ވޭމަންޑޫގައި ވެސް ނަރުދަމާ ވިއުގަ ގާއިމްކުރުމާއި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމްކުުރާނެ އިމާރާތެއް އެޅުން ހިމެނެ އެވެ.
އަށާރަ މަސް ދުވަހުގެ ތެރޭގައި މި ދެ މަޝްރޫއު ނިންމާލަން ހަމަޖައްސާފައިވާ އިރު މަސައްކަތުގެ އަގަކީ 148،902،816.02ރ. އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ އެ ދެ މަޝްރޫއު ހިންގަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީގައި ކަމަށެވެ.
ނައިފަރާއި ވޭމަންޑޫގެ ނަރުދަމާގެ އެއްބަސްވުން ބާތިލް
ފެނާއި ނަރުދަމާގެ ނިޒާމް ހަރުދަނާކުރަން ގާނޫނެއް ހަދަނީ
ނަރުދަމާ ގާއިމުކުރަން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ
20 ރަށެއްގެ ނަރުދަމާއަށް 800 މިލިއަންގެ މަޝްރޫއެއް
ދެ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމުކުރަނީ
އުތުރުގެ ބައެއް ރަށްރަށުގައި ބޮޑެތި މަޝްރޫއުތަކެއް
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
ފެހުރިހި ބަލަންދާ ޓޫރިސްޓުންގެ ސަލާމަތަށް ހާއްސަ ކަމެއް
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަނީ