Roadha Mihaaru
އޯޑިއޯތައް ސައްހަ ނަމަ ފިޔަވަޅު އަޅަންޖެހޭ: އުޝާމް

އަލީ ވަހީދުގެ ސައްހަ އޯޑިއޯތަކެއް ނަމަ އަވަހަށް ފިޔަވަޅު އަޅަންޖެހޭ: އުޝާމް

18 ފެބުރުއަރީ 2020

އެކުގައި މަސައްކަތް ކުރައްވާ ކެބިނެޓުގެ ބައެއް ވަޒީރުން ވަރަށް ދަށްކޮށްލައި، އެހެން ބަޔަކު ތިބި ތަނެއްގައި އެ ބޭފުޅުންނަށް ނިސްބަތް ކުރައްވައި ހަޑިހުތުރު ބަހުން މަލާމާތާއި ފުރައްސާރަކޮށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތައް ސައްހަ ނަމަ، އެ މައްސަލަތަކުގައި އަވަހަށް ފިޔަވަޅު އަޅަންރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހްމަދު އުޝާމް މިއަދު ގޮވާލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެކުގައި މަސައްކަތް ކުރައްވާ ކެބިނެޓުގެ ބައެއް ވަޒީރުން ވަރަށް ދަށްކޮށްލައި، އެހެން ބަޔަކު ތިބި ތަނެއްގައި އެ ބޭފުޅުންނަށް ނިސްބަތް ކުރައްވައި ހަޑިހުތުރު ބަހުން މަލާމާތާއި ފުރައްސާރަކޮށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތައް ސައްހަ ނަމަ، އެ މައްސަލަތަކުގައި އަވަހަށް ފިޔަވަޅު އަޅަންރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހްމަދު އުޝާމް މިއަދު ގޮވާލައްވައިފި އެވެ.

މިނިސްޓަރަކު، ހަޑިހުތުރު އަދި ދަށުދަރަޖައިގެ ވާހަކަތެއް ދައްކަވާ އޯޑިއޯތަކެއް އާންމުވެ، މުޅި ގައުމު އެކަމަށް ފާޑުކިޔާއިރު ވެސް މި ސަރުކާރުން މިހާތަނަށް އަޅައެއް ނުލަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ހިމޭނުންނެވެ. ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ތިއްބެވީ ހަމަ އެ ގޮތުގަ އެވެ. އޭގެ ތެރެއިން އެއް އޯޑިއެއްގައި ޖިނާއީ ކުށަކަށް ފެތޭ ވާހަކައެެއް ދައްކަވާތީ، އެ މައްސަލަ ފުލުހުން ބަލާއިރު، ވެސް އަލީ ވަހީދު ހުންނެވީ މަގާމުގަ އެވެ.

ވަޒީރުންތަކެއްގެ އޯޑިއޯ ލީކުކުރާނެ ކަމުގެ އިންޒާރުދީ ޓުވިޓާގައި އެކި ފަހަރު މަތިން އާއްމުކުރި އޯޑިއޯތަކުގައި އިވެނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، މި ސަރުކާރުގެ ވަޒީރުންތަކަކާ މެދު ހުތުރުބަހުން ދެއްކެވި ވާހަކަތަކެކެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ފާޑުވިދާޅުވާ އަޑު، އޯޑިއޯ އިން އިވެ އެވެ. އަދި، އަލީ ވަހީދު ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަލުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ފޯނުން ގުޅުއްވައި ވެސް ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް، އަޚުލާގީ ގޮތުން ވެސް ދަށް ފެންވަރުގެ ވާހަކަތަކެއް އަލީ ވަހީދު ދައްކަވާ އޯޑިއޯއެއް ވެސް ވަނީ އާންމުކޮށްފަ އެވެ. ނަހުލާގެ ކޯލް ނިންމުމަށް ފަހު، ވެސް އެކަމަނާއާ ގުޅޭ ގޮތުން ހުތުރު ވާހަކަތަކެއް ދައްކަވާ އަޑު އެ އޯޑިއޯ އިން އިވެ އެވެ.

މިނިސްޓަރަކު، ހަޑިހުތުރު އަދި ދަށުދަރަޖައިގެ ވާހަކަތެއް ދައްކަވާ އޯޑިއޯތަކެއް އާންމުވެ، މުޅި ގައުމު އެކަމަށް ފާޑުކިޔާއިރު ވެސް މި ސަރުކާރުން މިހާތަނަށް އަޅައެއް ނުލަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ހިމޭނުންނެވެ. ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ތިއްބެވީ ހަމަ އެ ގޮތުގަ އެވެ.

އަމީނާ މެދު ނުރުހުންވެ، ހުތުރު ބަހުން މުއާމަލާތް ކުރެއްވި އިރު، މިނިސްޓަރު ނަހުލާ އަށް ނިސްބަތް ކުރައްވައި ފުރައްސާރައިގެ ވާހަކަަތަކެއް ދައްކަވަ އެވެ. އެއް އޯޑިއޯގައި ރިޝްވަތުގެ އަމަލުތަކެއް ހިންގެވި ކަމަށް ވެސް ވާހަކަ ދައްކަވަ އެވެ. މި ވާހަކަތަކާ އެކު އާއްމުކުރި އޯޑިއޯ ސައްހަ ނޫން ކަން ތަހުގީގު ކުރުމުން ސާފުވާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އޯޑިއޯއަކުން ފާހަގަވި ޖިނާއީ ކަމެއްގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވާތީ، އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލީކުކޮށްލާފައިވާ އޯޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރުމަކީ ފުލުހުންނަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އެ މައްސަލަ އަވަހަށް ތަހުގީގުކޮށް، އެއީ ސައްހަ އޯޑިއޯތަކެއް ނަމަ އެކަމުގައި ހިމެނޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން މުހިއްމު ކަމަށް އުޝާމް ވިދާޅުވި އެވެ.

އޯޑިއޯ ކްލިޕްތަކުގައި އިވޭ ގޮތުން އަލީ ވަހީދު ވާހަކަ ދައްކަވަނީ އޭނާއާ ގާތް ގުޅުމެއް އޮންނަ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އާ އެވެ.

އަލީ ވަހީދުގެ ދިފާއުގައި ނުކުންނަވައި އަޑުބަރޭ ކުރެއްވި ޓުވީޓެއްގައި ތުހުމަތު ކުރެއްވީ އެ އޯޑިއޯ ލީކުކޮށްލީ އެފްއޭމްގެ އިންތިޚާބާ ގުޅުވައިގެން ކަަމަށެވެ.