17 ފެބުރުއަރީ 2020
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެކުގައި މަސައްކަތް ކުރައްވާ ބައެއް ވަޒީރުންނަށް ނިސްބަތް ކުރައްވައި ވަރަށް ހުތުރު ބަހުން ބައެއްގެ ތެރޭގައި ވާހަކަ ދައްކަވާ އޯޑިއޯތަކެއް އާންމު ވެފައިވާއިރު، އޭނާގެ މައްޗަށް ވެސް ތަހުގީގެއް ހިންގުމަށް އޭނާ އަމިއްލަ އަށް މިއަދު ގޮވާލައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެކުގައި މަސައްކަތް ކުރައްވާ ބައެއް ވަޒީރުންނަށް ނިސްބަތް ކުރައްވައި ވަރަށް ހުތުރު ބަހުން ބައެއްގެ ތެރޭގައި ވާހަކަ ދައްކަވާ އޯޑިއޯތަކެއް އާންމު ވެފައިވާއިރު، އޭނާގެ މައްޗަށް ވެސް ތަހުގީގެއް ހިންގުމަށް އޭނާ އަމިއްލަ އަށް މިއަދު ގޮވާލައްވައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އަށް ވެސް ގުޅުއްވައި ދަށުދަރަޖައިގެ ވާހަކަތަކެއް އަލީ ވަހީދު ދައްކަވާ ކަމަށް ބުނާ އޯޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ލީކް ކޮށްލައިފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތް ކުރައްވައި ވަރަށް ހަޑި ހުތުރު ބަހުން ވާހަކަ ދެއްކެވި އޯޑިއޯ އެއް ވެސް މި ތިން ދުވަސް ތެރޭގައި އާންމުވި އެވެ. މީގެ އިތުރުން އަލީ ވަހީދާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއާ އެކު ކޮރަޕްޝަންގެ ސައްލާއެއް ކުރައްވާ އޯޑިއޯ ވެސް ސޯޝަލް މީޑިއާގައި އިއްޔެ ރޭ ލީކްކޮށްލާފައި ވެ އެވެ.
މި އޯޑިއޯތަކާ ގުޅޭ ގޮތުން މިހާތަނަށް ކުރެއްވި ދެވަނަ ޓުވީޓުގައި އަލީ ވަހީދު މިއަދު ވިދާޅުވީ، ދައުރު ކުރަމުންދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށެވެ.
Anekkaaves thakuraaru kollaanan. Dhauru kuramun gendhanee sahha audio thakeh noon. Eki adu eki gothah genes reyvigen hingaa varah dhashu dharajaige huthuru jareemaa eh. Furihama thahgeegeh kurumun haqeeqaiy saafu vaane. Alhuganduge macchahves thahqeeq hingavaa. Haqeeqaiy fennaane
— Ali Waheed (@ali20waheed) February 17, 2020
އަލީ ވަހީދުގެ ޓުވީޓް
"އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ވަރަށް ދަށުދަރަޖައިގެ ހުތުރު ޖަރީމާއެއް. ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ. އަޅުގަނޑުގެ މައްޗަށް ވެސް ތަހުގީގު ހިންގަވާ. ހަގީގަތް ފެންނާނެ،" ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް އައްޔަން ކުރައްވާފައިވާ އަލީ ވަހީދުގެ ޓުވީޓުގައި ވެ އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އެކަމަކު އެ ޕާޓީގެ ލީޑަޝިޕާ މެދު އުފެދުނު ހިޔާލު ތަފާތުވުމެއްގައި، ޕާޓީގެ ހަރަކާތްތަކާ މިހާރު ދުރުގައި ހުންނެވި އަލީ ވަހީދުގެ މި އޯޑިއޯތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ނުވަތަ އަމިއްލަ އަށް އިސްތިއުފާ ދެއްވުމަށް މިހާރު ދަނީ ގޮވައިލަމުންނެވެ.
ހަޑިހުތުރު ވާހަކަތައް ރަނގަޅުވީތަ؟
އަލީ ވަހީދާ މެދު ގޮތެއް ނިންމަވާނީ ރައީސް: ގާސިމް
އޯޑިއޯއަކީ އިންތިޚާބާ ގުޅޭ ގޭސްގަނޑެއް: އަޑުބަރޭ
ދައުރުވަމުންދަނީ ސައްހަ އޯޑިއޯތަކެއް ނޫން: އަލީ ވަހީދު
އޯޑިއޯތައް ސައްހަ ނަމަ ފިޔަވަޅު އަޅަންޖެހޭ: އުޝާމް
އަލީވަހީދުގެ އޯޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަނީ
އަނެއްކާވާސް އަލީ ވަހީދުގެ ލީކެއް!
އަލީ ވަހީދުގެ ހުތުރު ބަސްތަކުން "ސިހުމެއް"!
މިނިސްޓަރު އަމީނަށް އަލީ ވަހީދުގެ ހުތުރު ބަސްތަކެއް
މިއީ އިރުޝާދާ އެއްގޮތަށް އަމަލުކުރަންވީ ވަގުތު: ރައީސް