Roadha Mihaaru
ޔުވެންޓަސް އާއި ލާޒިއޯ ކުރިއަށް، އިންޓަ ވެއްޓިއްޖެ

ޔުވެންޓަސް އާއި ލާޒިއޯ ކުރިއަށް، އިންޓަ ވެއްޓިއްޖެ

17 ފެބުރުއަރީ 2020

ރޯމް (ފެބްރުއަރީ 17) – އިޓާލިއަން ލީގުގައި އިއްޔެ ކުޅުނު ދެ މެޗުގެ ނަތީޖާއާ އެކު، ތާވަލުގެ އެއް ވަނަ އަށް ޔުވެންޓަސް އަލުން އެރިއިރު ލާޒިއޯ ދެ ވަނަ އަށް އަރައި އިންޓަ މިލާން ތިން ވަނަ އަށް ވެއްޓިއްޖެ އެވެ.

ކުރިން އެއް ވަނައިގައި އޮތް އިންޓަ ތިން ވަނަ އަށް ވެއްޓުނީ ލާޒިއޯ އަތުން 2-1 އިން ބަލިވުމުންނެވެ. އެ ޓީމަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. ލާޒިއޯ ދެ ވަނަ އަށް އެރީ 56 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުވެންޓަސް އެއް ވަނަ އަށް އެރީ ބްރެޝިއާ 2-0 އިން ބަލިކޮށްގެންނެވެ. އެ ޓީމަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.

މިދިޔަ ހަފުތާގައި ހެލަސް ވެރޯނާ އަތުން 2-1 އިން ބަލިވި ޔުވެންޓަސް އިއްޔެ ބްރެޝިއާ އަތުން މޮޅުވީ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި އެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 37 ވަނަ މިނެޓުގައި ބްރެޝިއާގެ ފްލޮރިއަން އަޔޭ އަށް ރަތްކާޑެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެކަކު މަދުކޮށެވެ. އޭގެ މިނެޓެއް ފަހުން ޕައޮލޯ ޑީބަލާ ޔުވެންޓަސް އަށް ލީޑު ނަގައިދިންއިރު، ލީޑު ފުޅާކޮށްދިނީ 75 ވަނަ މިނެޓުގައި ހުއާން ކުއަޑްރާޑޯ އެވެ.

މިދިޔަ ހަފުތާގައި ވާދަވެރި އޭސީ މިލާން 4-2 އިން ބަލިކޮށް ރަނގަޅު ފޯމެއްގައި އޮތް އިންޓަ އިން ރޭ ރަށުން ބޭރުގައި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލީޑު ނެގި އެވެ. މި ގޯލް ޖެހީ 44 ވަނަ މިނެޓުގައި އޭޝްލީ ޔަންގެވެ. ލާޒިއޯ މޮޅުވީ ޕެނަލްޓީއަކުން ޗީރޯ އިމޮބިލޭ ޖެހި ގޯލާއި ސާގެއީ މިލިންކޮވިޗް-ސަވިޗް ޖެހި ގޯލްތަކުންނެވެ.