Roadha Mihaaru
ތޯރިގް އަނެއްކާވެސް ކޮމެޓީއަށް ހާޒިރު ކުރަނީ

މިނިސްޓަރު ތޯރިގް އަނެއްކާ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި

06 އޮކްޓޯބަރ 2016

ކަރަންޓުގެ އަގުތަކުގެ މައްސަލާގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރު ކުރުމަށް މިއަދު ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކަރަންޓުގެ އަގުތަކުގެ މައްސަލާގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރު ކުރުމަށް މިއަދު ނިންމައިފި އެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މިއީ ތޯރިގް އެ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ތަކުރާރުކޮށް އަންގަވައިގެން ވެސް ޖަވާބުދާރީވެވަޑައިގެންފައި ނުވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

ކޮމެޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް ތަކުރާރުކޮށް ދެންނެވުމުން ވެސް ތޯރިގު އިޖާބަ ނުދެއްވި ކަމަށް ބުނެ އެ ކޮމިޓީގެ ބައްދަލުވުންތައް ހޫނު ވެސް ވި އެވެ. އެކަމަކު މިނިސްޓަރު ތޯރިގް މީގެ ކުރިން ވިދާޅުވެފައިވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް އޭނާ އަށް މަޖިލިހުން އެންގެވީ އެންމެ ފަހަރަކު ކަމަށާއި އެ ދުވަހު ކޮމިޓީއަށް ވަޑައިގަތުމަށް ދަތި ކަމަށް ސިޓީއަކުން މަޖިލިހަށް އެންގެވި ކަމަށެވެ.

ކަރަންޓުގެ އަގު މައްޗަށް ދާ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވަނިކޮށް، ކަރަންޓު ޔުނިޓަކުން ހަތަރު ލާރި ފިއުލް ސާޗާޖުގެ ގޮތުގައި މި މަހުން ފެށިގެން ނަގަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވަނީ ނިންމައިފަ އެވެ. މި ޗާޖު ހިމަނަން ފަށާނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.

އާއްމުން ބޭނުންކުރާ ކަރަންޓްގެ އަގުތަކަށް މިދިޔަ ޖެނުއަރީ މަހު ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލުގެ ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވެ އެވެ. އަދި އޭގެ ފަހުން 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ހެޔޮކޮށްފައިވެ އެވެ. އެއާއެކު ވެސް ކަރަންޓް ބިލު ބޮޑުވާތީ އެ ޓެރިފް ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މި އަހަރުގެ ކުރީކޮޅު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ. ނަމަވެސް ކަރަންޓުގެ އަގަށް އޭގެ ފަހުން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.