14 ފެބުރުއަރީ 2020
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއިި ބަންދު މީހުންނަށް އެއް ފަހަރާ ތިން ވަކީލުންނާ ޖަލުގައި ބައްދަލުކުރެވޭ ގޮތަށް އެ އިދާރާ އިން ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއިި ބަންދު މީހުންނަށް އެއް ފަހަރާ ތިން ވަކީލުންނާ ޖަލުގައި ބައްދަލުކުރެވޭ ގޮތަށް އެ އިދާރާ އިން ހަމަޖައްސައިފި އެވެ.
ކުރިން އޮންނަ ގޮތުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ޖަލުގައި ހުކުމް ތަންފީޒުކުރާ މީހުންނާއި ބަންދުގައި ބައިތިއްބާފައިވާ މީހުންނަށް ރަޖިސްޓަރީ ކުރެވޭނީ އަދި އެއްފަހަރާ ޖަލުގައި ބައްދަލު ކުރެވޭނީ ވެސް ގިނަވެގެން ދެ ވަކީލުންނާ އެވެ.
އެ އުސޫލަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން، ޖަލުގައި ހުރި ކޮންމެ މީހަކަށް ވެސް އެއްފަހަރާ ފަސް ވަކީލުން ހަމަޖެއްސިދާނެ އެވެ. އަދި އޭގެ ތެރެއިން ތިން ވަކީލަކާ އެއްފަހަރާ ބައްދަލު ކުރެވިދާނެ ކަމަށް ވެސް އާ އުސޫލުގައިވެ އެވެ.
ޤައިދީންނާއި ބަންދުމީހުންނަށް އެއްފަހަރާ 5 ލޯޔަރުން ރަޖިސްޓްރީކޮށް އެއްވަގުތެއްގައި 3 ލޯޔަރުންނަށް ބައްދަލުކުރެވޭ ގޮތް ހަމަޖެއްސުމާއިއެކު، މީގެކުރިން ލޯޔަރުންގެ ބައްދަލުވުންތައް ބޭއްވުމަށް ހުރި ދަތިތަކަށް ހައްލު ލިބޭގޮތައް އުސޫލަށް އިސްލާހުގެނެސް އަމަލުކުރަން ފަށައިފިން. https://t.co/sSyCZnAfGK
— Ahmed Mohamed (@ahumadhumohamed) February 13, 2020
ގައިދީންނާ ވަކީލުންނަށް ބައްދަލުކުރެވޭ އުސޫލަށް ގެނައި އާ އިސްލާހާ ގުޅޭ ގޮތުން ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓް
ވަކީލުން ހަމަޖެއްސޭ އަދަދާއި އެއްފަހަރާ ބައްދަލު ކުރެވޭ ވަކީލުންގެ އަދަދު އިތުރު ކުރިއިރު، ޖަލުގައި ތިބޭ މީހުންނަށް އާއިލާތަކުން އަންނައުނު ފޮނުވޭނެ އިންތިޒާމު، ދެ އަހަރު ފަހުން މިދިޔަ ހަފުތާގައި ވަނީ ހަމަޖައްސައިފަ އެވެ. ކުރިން އެ ޚިދުމަތް ދެމުން އައުމަށް ފަހު، އޭރު އެކަން މެދުކަނޑާލީ އަންނައުނުގައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރާތީ އެވެ.
ޔާމީންގެ ބައްދަލުވުންތަކަށް ހުރަސް ނާޅަން: ކަރެކްޝަންސް
ގައިދީންނަށް ކޮންމެ ދުވަހަކު ވަކީލުންނާ ބައްދަލުކުރެވޭނެ
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި
ކުޑަކުއްޖަކާ "ބެހުނު" މީހަކު ދަންޖެހިގެން މަރުވެއްޖެ
ސްކޭމް ހުއްޓުވާ އެންޓަނާގެ ބޭނުން ނުކުރެވޭ:ކަރެކްޝަންސް
ޖަލު އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިކުރަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަލުގެ 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
ޖަމީލް ނިޔާވީ ސަޖިދާގައި އޮއްވައި، ޕޯސްޓްމޯޓަމް ހަދަނީ