11 ފެބުރުއަރީ 2020
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ އެއްބަސްވުން ހާމަކުރަން ޓޫރިޒަމް މިނިސްޓްރީ އަށް އަންގަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން މިއަދު ނިންމައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ އެއްބަސްވުން ހާމަކުރަން ޓޫރިޒަމް މިނިސްޓްރީ އަށް އަންގަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން މިއަދު ނިންމައިފި އެވެ.
ދައުލަތް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރަމުން އަންނަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ވަނީ ޓޫރިޒަމް މިނިސްޓްރީއާ ގުޅޭ ގޮތުން މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ހުށަހެޅި މައްސަލައެއްގެ އަޑުއެހުން ހުޅުވާލައިގެން ބާއްވައިފަ އެވެ. އައިކޮމް އިން މި އަޑުއެހުން ބޭއްވީ ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީން ދޫކުރި ތަންތަނާ ގުޅޭ އެއްބަސްވުންތައް ދޭން އެ ޖަމިއްޔާ އިން އެދުމުން، އެއްބަސްވުންތައް ދޭން ޓޫރިޒަމް މިނިސްޓްރީން އިންކާރުކުރި މައްސަލައިގަ އެވެ.
މި އަޑުއެހުމަށް ޓޫރިޒަމް ހާޒިރުވާން އަންގާފައި އޮތަސް އެތަނުގެ އިންފޮމޭޝަން އޮފިސަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަހްމަދު އަބީރު ހާޒިރުވެވަޑައެއް ނުގަތެވެ. އެ މައްސަލައިގައި އޭނާ ޖޫރިމަނާކޮށް ކޮމިޝަނުން ނިންމާފައި ވަނީ ޓްރޭޑް ޔޫނިއަނުން އެދުނު މައުލޫމާތު ހާމަކުރަން ޓޫރިޒަމަށް އެންގުމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ކުރިއަށް ގެންދިޔަ އަޑު އެހުމުގައި ކޮމިޝަނަރު ބައިވެރިވެވަޑައިގަންނަވަނީ.
އެ ޖަމިއްޔާ އިން އައިކޮމް އަށް މައްސަލަ ހުށަހެޅީ ގާނޫނުގައި ބުނާ 21 ދުވަހުގެ ތެރޭގައި ވެސް އެއްބަސްވުމުގެ މައުލޫމާތު ނުދީ ހިފެހެއްޓުމަށް ފަހު އެކަން ނުކުރީ އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާ ގުޅޭ ކޮރަޕްޝަންގެ ތަހުގީގު އެސެޓް ރިކަވަރީ ކޮމިޝަނުން ކުރަމުން އަންނާތީ ކަަމަށް ޖަވާބު ދިނުމުންނެވެ.
ކުރީގެ ސަރުކާރުގައި ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތް 3.2 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުން އަންނަނީ މި މައްސަލަތަކެވެ.
ޓްރޭޑް ޔޫނިއަނުން އެދުނު މައުލޫމާތު، ގާނޫނު ބުނާ މުއްދަތުގައި ދީފައި ނުވުމަކީ ވެސް ޓޫރިޒަމުން ގާނޫނާ ޚިލާފަށް ހިންގި އަމަލެއް ކަމަށް އައިކޮމް އިން ބުންޏެވެ.
އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މިއަދު ވިދާޅުވީ ޓްރޭޑް ޔޫނިއަން އިން އެދުނު މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ނުދިނީ ގާނޫނުގައި ބުނާ ފަދަ އިސްތިސްނާ ހާލަތެއް މެދުވެރިވެފައި އޮތުމުން ކަމަކަށް ވެސް ގަބޫލު ނުކުރެއްވޭ ކަމަށެވެ. ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި މައްސަލަތަކުގައި ގެންގުޅެން ޖެހޭނީ ހާމަކުރުމުގެ އުސޫލް ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުގެ ނިންމުމަކީ އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމެވެ. އެހެންކަމުން، އެ ނިންމުމާ އެއްގޮތަށް އެ މައުލޫމާތު ހާމަކުރަން އަންގާނެ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަަވަރުކުރަން ގާނޫނުން ލިބޭ އެންމެ މަތީ ބާރު އަޅުގަނޑު ބޭނުންކުރާނަން،" ފިޔާޒް ވިދާޅުވި އެވެ.
ފަޅުރަށްތައް ދޫކުރި އެގްރިމެންޓު ދިނުމަށް އަންގައިފި
އައިކޮމް އަޑުއެހުމަށް ޓޫރިޒަމުން ނުދިޔަ! ޖޫރިމަނާކުރަނީ
"އަމާޒަކީ ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން"
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
އެމްއެމްޕީއާރުސީން ވީޗެޓާ އެކު ހާއްސަ އެއްބަސްވުމެއް
އާ ހެކިތަކާ އެކު ހިބަޅިދޫ މައްސަލަ އަލުން ކޯޓަށް