މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ސަރުކާރުގެ ހަފުލާއެއް ހުށަހަޅުއްވައިދެއްވި މައްސަލަ ބަލަން އަންނަ ހަފުތާގައި ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
08 ފެބުރުއަރީ 2020
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ސަރުކާރުގެ ހަފުލާއެއް ހުށަހަޅުއްވައިދެއްވި މައްސަލަ ބަލަން އަންނަ ހަފުތާގައި ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
މަރީ، ޖަވާބުދާރީކުރުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބާއްވަން ނިންމާފައި އޮތީ އަންނަ ބުދަ ދުވަހެވެ. އެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތައް ނުފޫޒުން އެއްކިބާވެ ހިންގުމަށް، އެ ކޮމިޓީން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށް، ރައްޔިތުންގެ އިތުބާރު މުއައްސަސާތަކަށް ހޯދަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މައްސަލަ ބަލަން ނިންމީ، މަރީ ކުރެއްވީ އެންމެ ރަނގަޅު ކަމެއް ކަމަށް ކޮމިޓީގެ ބައެއް މެމްބަރުން ގަބޫލު ނުކުރައްވާތީ އެވެ.
ރާއްޖޭގައި މި ވަގުތު ހުރި އެންމެ ކުޅަދާނަ އަދި އެންމެ ތަޖުރިބާކާރު މަރީ ހުށަހަޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ހަފުލާއެކެވެ. ޓޫރިޒަމްގެ ބޭނުމަށް ދޫކުރާނެ އާ ރަށްތައް އިއުލާނު ކުރަން ދަރުބާރުގޭގައި ބޭއްވި "ބުރަބި" ހަފްލާ ހުށަހަޅުއްވައި ދެއްވަމުން ސަރުކާރަށް ތައުރީފްކޮށް ވާހަކަ ދެއްކެވި ކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހަފްލާގައި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ވާހަކަ އަށް މަރީ ތައުރީފް ކުރެއްވި އެވެ.
ކުރީގެ ސަރުކާރުގައި، ވަރަށް ބޮޑަށް ނުފޫޒުގެ ދަށުގައި އޮތް ބްރޯޑްކާސްޓިން ކޮމިޝަނަށް އާ މެމްބަރުން އައްޔަންކޮށް، މިނިވަންކޮށް ހިންގަން ފުރުސަތު ދީފައި ވަނިކޮށް، ސަރުކާރުގެ ހަފުލާއެއް މަރީ ހުށަހަޅުއްވައި ދެއްވުމުން އެ ކޮމިޝަންގެ މިނިވަންކަމާ މެދު ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ. އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ ކުރިން ވެރިކަމުގައި ތިބި، މިހާރު އިދިކޮޅު ޕާޓީގެ މެމްބަރުންގެ ފަރާތުންނެވެ.
އެކަމަކު މިހާތަނަށް މި މައްސަލައިގައި މަރީ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
"ބްރޯޑްކާސްޓްގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމެއް ނުކުރަން"
ގޯހެއް ހެއްދެވުނު ކަމަކަށް މަރީ ގަބޫލެއް ނުކުރެއްވި
މަރީގެ މައްސަލަ ކޮމިޓީން ބަލަނީ
އަޣުލަބިއްޔަތު އޮވެ މުއައްސަސާތަކަށް ގާނޫނީ ހުސްކަން!
ސިޔާސީ ޝިކާރައަކަށް ވެއްޖެ، އިސްތިއުފާ ދީފިން: ޝަހީބް
މައްސަލާގައި ޖަވާބުދާރީވާން ފަޒީނަށް އިތުރު ފުރުސަތުދެނީ
ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!
ބްރޯޑްކޮމް ލިސްޓުން މުހަންމާ ފަހަތަށް، މުއާ ކަޓައިފި
ބްރޯޑްކޮމަށް މެންބަރުން ހޮވަން މަޖިލީހަށް ޓެސްޓެއް!
ބްރޯޑްކޮމަށް އައްޔަންކުރަން ފަސް ނަމެއް މަޖިލީހަށް