08 ފެބުރުއަރީ 2020
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމުން އިއްޔެ ބޭއްވި ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ފަޒާދު ބަލިކޮށް، ފުވައްމުލަކު މޭޔަރުގެ ޓިކެޓް ތޯރިގް އަހްމަދު ކާމިޔާބު ކުރައްވައިފި އެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމުން އިއްޔެ ބޭއްވި ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ފަޒާދު ބަލިކޮށް، ފުވައްމުލަކު މޭޔަރުގެ ޓިކެޓް ތޯރިގް އަހްމަދު ކާމިޔާބު ކުރައްވައިފި އެވެ.
މިދިޔަ އެޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތް ފަޒާދުގެ މައްޗަށް ތޯރިގް ކުރި ހޯއްދެވީ 200 އަށް ވުރެން ގިނަ ވޯޓުގެ ތަފާތުންނެވެ. ޕީޕީއެމްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ތޯރިގަށް 892 ވޯޓު ލިބިވަޑައިގަތް އިރު ފަޒާދަށް ލިބިވަޑައިގަތީ 634 ވޯޓެވެ.
ތޯރިގް ޕީޕީއެމްގެ ޓިކެޓް ހޯއްދެވި އިރު އެމްޑީޕީގެ ޕްރައިމަރީގައި ޓިކެޓް ކަށަވަރު ކުރެއްވީ އިސްމާއިލް ރަފީގު (އިއްސެ) އެވެ. އަންނަ އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިޚާބުގައި ފުވައްމުލަކުން މޭޔަރުގެ މަގާމަށް ވާދަވެރިކަން ބޮޑުވާނީ މި ދެ ކެންޑިޑޭޓުންގެ މެދުގައި ކަމަށް ބެލެވެ އެވެ.
ޕްރައިމަރީގައި ކ. އަތޮޅުގެ ރައީސްގެ ޓިކެޓް ކާމިޔާބު ކުރެއްވީ، ކުރީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ. އޭނާ ވާދަކުރެއްވީ ކ. އަތޮޅު ކައުންސިލްގެ މިހާރުގެ ރައީސް އިބްރާހިމް ރައޫފްއާ އެވެ.
ނިމާލް: ކައުންސިލް އިންތިޚާބުގައި އޭނާ ވާދަކުރައްވާނީ މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް.---މިހާރު ފައިލް ފޮޓޯ
ޕީޕީއެމްގެ ޕްރައިމަރީގައި މާލެ އާއި އައްޑޫ ސިޓީގެ މޭޔަރުގެ ޓިކެޓަށް ވޯޓުލުމެއް ނުބާއްވަ އެވެ. އެއީ، ޕްރައިމަރީއަކަށް ދާން ޖެހޭ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ އެވެ. ޕީޕީއެމުން ބުނިގޮތުގައި ޕްރައިމަރީގައި އަތޮޅުތަކުގައި 137 ވޯޓު ފޮށި ބެހެއްޓި އެވެ. މާލޭގައި ވޯޓުލުން އޮތީ ދަރުބާރުގޭގެ އެވެ.
އެ ޕާޓީން ބުނެފައިވާ ގޮތުގައި ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓަށް 1،000 އަށް ވުރެ ގިނަ މެމްބަރުން ކުރިމަތިލި އެވެ. އޭގެތެރެއިން ޕްރައިމަރީ މި ބޭއްވީ އިންތިޚާބު ކުރަން ޖެހޭ އަދަދަށް ވުރެން ގިނައިން ކުރިމަތިލީ 51 ރަށެއްގައި ކަމަށް ޕީޕީއެމުން ބުންޏެވެ.
އެމްޑީޕީގެ ހާއްޔަށް ޕީޕީއެމުން ބިސް އަޅައިފި
ހިޓު ޖަލްސާގެ އަސަރު ވަަރަށް ބޮޑަށް ކޮށްފި: އާދަމް
ޕީޕީއެމުން ދެއްކީ "ބިޔަ މަންޒަރެއް"، މިވީ ކިހިނެއް؟
ޔާމީން ހުންނެވިނަމަ މަސައްކަތްތައް ނިމުނީސް: މުއިއްޒު
މާލޭގެ މޭޔަރަކަށް މުއިއްޒު، އައްޑުއަށް ލަތީފް
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް
ޖޯޝުގައި ނުޖެހި ޕްރައިމަރީ ނިމުމަކީ ކާމިޔާބެއް:ޣައްސާން
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރޭ:އިދިކޮޅު
ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ: ނަޝީދު