Roadha Mihaaru
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

07 ފެބުރުއަރީ 2020

އަންނަ އޭޕްރީލް މަހު ބާއްްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ މީގެ އިރުކޮޅެއް ކުރިން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ އޭޕްރީލް މަހު ބާއްްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ މީގެ އިރުކޮޅެއް ކުރިން ފަށައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ޕްރައިމަރީގެ ވޯޓުލުން މާލޭގެ އިތުރުން 42 ރަށެއްގައި ކުރިއަށް ގެންދާ ކަމަށެވެ. ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓު ހޯދަން 1،100 މީހަކު ކުރިިމަތިލާފައިވާ ކަމަށް އެ ޕާޓީން ކުރިން ބުނެފައި ވެ އެވެ.

ވޯޓުލުން އޮންނާނީ މިއަދު ހަވީރު 6:00 އާ ހަމައަށެވެ.

ކުރީގެ ޕްރެޒެންޓަރު ހީނާ ވިދާޅުވި ގޮތުގައި މާލެ އާއި އައްްޑޫ ސިޓީ ކައުންސިލަށް ކެންޑިޑޭޓުން ހޮވުމެއް މިއަދުގެ ޕްރައިމަރީގައި ނޯންނާނެ އެވެ. އެއީ ޕްރައިމަރީއެެއް ބާއްވަން ޖެހޭ ވަރަށް އެ ދެ ކައުންސިލަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ އެވެ.

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުމަށް މާލޭގެ ދަރުބާރުގެ އަށް ގޮސްފައި ތިބި ބަޔަކު އިށީނދެލައިގެން.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުމަށް މާލޭގެ ދަރުބާރުގެ އަށް ގޮސްފައި ތިބި ބަޔަކު އިށީނދެލައިގެން.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ އިންތިޚާބުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ކުރިން ވިދާޅުވެފައި ވަނީ ޕްރައިމަރީގެ ވޯޓާސް ލިސްޓާ މެދު ޝަކުވާ ހުށަހަޅަން ހުޅުވައިލި ފުރުސަތުގައި އެންމެ ބޮޑަށް ލިބުނީ ޕާޓީގެ ބައެއް މެމްބަރުންނަށް ނޭނގި އެ ޕާޓީގެ ދަފްތަރުން ވަކިވެފައި އޮތް މައްސަލަ ކަމަށެވެ. އެހެންވެ، އެ މީހުންގެ ނަން ލިސްޓުން އުނިކުރަން ޖެހުނު ކަމަށާއި އަދި މައްސަލަ ހައްލު ކުރުމަށް ފަހު، ގިނަ ރަށްރަށަށް ލިސްޓި ފޮނުވަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.