05 ފެބުރުއަރީ 2020
ބީއެމްއެލްގެ އެކައުންޓް ހުޅުވުމަށާއި ލޯނަށް ކުރިމަތިލުމަށް ހާއްސަ ސެންޓަރު ހުޅުވައިފި އެވެ.
ބީއެމްއެލްގެ އެކައުންޓް ހުޅުވުމަށާއި ލޯނަށް ކުރިމަތިލުމަށް ހާއްސަ ސެންޓަރު ހުޅުވައިފި އެވެ.
މި ސެންޓަރަކީ އަމިއްލަ ފަރުދުންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރު ހުންނަނީ މާލޭ ސްކުއާގައި ހުންނަ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރުގެ ފުރަތަމަ ބުރީގަ އެވެ. އަމިއްލަ ފަރުދުންނަށް، އެކައުންޓް ހުޅުވުމާއި ފާސަނަލް ލޯނާއި ހައުސިން ލޯނަށް މިތަނުން ހުށަހެޅޭނެ އެވެ. މި ސެންޓާރުން ހިދުމަތް ދޭނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ.
ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޓިމޮތީ ސޯޔާ ވިދާޅުވީ މި ސެންޓަރުން ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ބީއެމްއެލްގެ އެކައުންޓް ހުޅުވުމަށާއި ލޯނަށް ކުރިމަތިލުމަށް ހުޅުވި ސެންޓަރުގައި މުވައްޒަފަކު މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެކައުންޓް ހުޅުވުމާއި ހައުސިން ލޯނާއި ލައިފް ސްޓައިލާއި ކިޔަވާ ލޯނު ނެގުމަށް 3330200 އަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ.
އެކައުންޓް ހުޅުވުމަށް ދިވެއްސެއް ނަމަ އައިޑީ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓައި ވިސާގެ އިތުރުން އެންޕްލޯއީމެންޓް ލެޓާއެއް ބޭނުންވާނެ އެވެ.
އަލަށް ހުޅުވި ސެންޓަރާ ގުޅޭ ގޮތުން އެ ކުންފުނީގެ ރީޓެއިލް ބޭންކިންގެ ސީނިއާ މެނޭޖަރު ބަދުރުއްދީން ހަސަން ވިދާޅުވީ، އަލަށް ހުޅުވުނު ސެންޓަރުން ލޯނު ނެގުމަށްޓަކައި އެޕޮއިންޓްމެންޓް ހައްދައިގެން ހިދުމަތް ހޯދޭނެ ކަމަށެވެ. މިއާ އެކު ހިދުމަތް ހޯދާ މީހުންނަށް އަވަސް ހިދުމަތްތަކެއް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިދުމަތް ހޯދަން ބޭނުންފުޅުވާ މީހަކު، ލޯނުގެ މައުލޫމާތެއް ވިޔަސް ނުވަތަ ލޯނުގެ އެޕްލިކޭޝަނެއް ވިޔަސް ކޮންޓެކްޓް ސެންޓަރަށް ގުޅުއްވުމަށް ފަހު އެޕޮއިންޓްމެންޓެއް ހެއްދެވީމަ، ކިޔޫގަ ނުޖެހި ވަގުތުން ހިދުމަތް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ރީޓެއިލް ބޭންކިންގެ ސީނިއާ މެނޭޖަރު ބަދުރުއްދީން ހަސަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބަދުރުއްދީން ވިދާޅުވީ، އެޕޮއިންޓްމެންޓް ނުހަދާ ވެސް ލުއި އެކްސްޕްރެސް ލޯނާއި ވެހިކަލް ލޯނުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އެ ހިދުމަތްތައް ހޯދުމަށް، އަލަށް އަމީނީމަގުގައި ހުޅުވި، ލޯނު ސެންޓަރަށް ގޮސް ކުރިމަތިލެވޭނެ އެވެ. މީގެ އިތުރުން މި ލޯނުތަކަށް އޮންލައިންކޮށް ވެސް ކުރިމަތިލެވޭނެ އެވެ. ލޯނަށް އެދި ހުށަހަޅާ ފޯމާއެކު ބޭނުންވާ ލިޔެކިޔުން ހުށަހެޅުމުން ލޯނުގެ ކަންކަން ހަމަޖެހޭނެ އެވެ.
ބީއެމްއެލްގެ ބިޒްނަސް ކަސްޓަމަރުންނަށް ހާއްސަ ސެންޓަރުތައް މާލެ އާއި ހުޅުމާލޭގައި ވެސް ހުރެ އެވެ. ވިޔަފާރިތަކަށް ބޭނުންވާ ހިދުމަތްތައް އެ ސެންޓަރުތަކުން ލިބޭނެ އެވެ.
ލޯނަށް ކުރިމަތިލާ މީހުންނަށް އެކަމުގެ އަޕްޑޭޓުތައް އެސްއެމްއެސް މެދުވެރިކޮށް ބީއެމްއެލް ކަސްޓަމަރުންނަށް މިހާރު ލިބޭނެ އެވެ. ލޯނު ސެންޓަރުން އެއްފަހަރާ އެއްގަޑިއެއްގައި ތިން ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އެކައުންޓް ހުޅުވުމަށް ހާއްސަކުރެވިފައިވާ ކައުންޓަރުތައް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މެއިން ބްރާންޗުން ލިބެމުން އައި އެކައުންޓް ހުޅުވުމުގެ ހިދުމަތްތައް ދެން ލިބޭނީ އަލަށް ހުޅުވި ސެންޓަރުންނެވެ. މިހާރު މެއިން ބްރާންޗުން ލިބޭނެ ހިދުމަތްތަކަކީ އިންޓަނެޓް ބޭންކިން އާއި ކާޑާއި ޗެކްފޮތަށް އެދި ހުށަހެޅުމާއި، އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ހިދުމަތެވެ. އަދި ފައިސާގެ މުއާމަލާތް ހިމެނޭ ހުރިހާ ހިދުމަތެެއް ވެސް ލިބޭނެ އެވެ. މީގެ އިތުރުން ކަސްޓަމާ ސާވިސް ސެންޓަރުން ސްޓޭޓްމަންޓަށް އެދި ހުށަހެޅުމާއި ޗެކް ފޮތާއި ކާޑު ދޫކުރުމުގެ ހިދުމަތް ލިބޭނެ އެވެ. މި ހިދުމަތްތައް ދޭނީ ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ.
ރަހުނަކާ ނުލައި ލިބޭ 1 މިލިއަންގެ ހައުސިން ލޯނެއް!
ބީއެމްއެލްއިން ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ބީއެމްއެލްގެ ލުއި ލޯނުތައް ވަގުތުން އެޕްރޫވް ކުރަނީ
ބީއެމްއެލްގެ އޯވާޑިއު އިންޓަރެސްޓު ދަށްކޮށްފި
ކުދި ލޯނުތަކުގެ މައްސަލަ ނިމޭނެ ނިޒާމެއް ބޭނުން
ހޯމް ޕާޗޭސް ލޯނު/ފައިނޭންސިންގެ މުއްދަތު އިތުރުކޮށްފި
ބީއެމްއެލް ލޯނު "އޯވަޑިއު" އިންޓްރެސްޓް ދެ ޕަސެންޓަށް ކުޑަކޮށްފި
ބީއެމްއެލް ލުއި ލޯނުގެ ލިމިޓު 1.2 މިލިއަނަށް!
ބީއެމްއެލުން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ލޯނު ފަސްކޮށްދޭން އެދުމުގެ ފުރުސަތު ހުޅުވާލައިފި