24 ޑިސެމްބަރ 2023
ލޯނު ނުދައްކައިގެން ކޮންމެ މަހަކު އެވްރެޖުކޮށް 200 އެއްހާ ލުއި ލޯނުގެ މައްސަލަ ކޯޓަށް ފޮނުވަން ޖެހޭ ކަމަށާއި އެކަހަލަ މައްސަލަތައް އަވަހަށް ނިމޭނެ ނިޒާމެއް ބޭނުންވާ ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.
ލޯނު ނުދައްކައިގެން ކޮންމެ މަހަކު އެވްރެޖުކޮށް 200 އެއްހާ ލުއި ލޯނުގެ މައްސަލަ ކޯޓަށް ފޮނުވަން ޖެހޭ ކަމަށާއި އެކަހަލަ މައްސަލަތައް އަވަހަށް ނިމޭނެ ނިޒާމެއް ބޭނުންވާ ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކާލް ވިދާޅުވީ، އަހަރަކު 2،000 އެއްހާ ލުއި ލޯނުގެ މައްސަލަ ފޮނުވަން ޖެހުމުން، މައްސަލަތައް ވަރަށް ބޮޑަށް ދިގުލައިގެންދާ ކަމަށެވެ.
"އެއީ ލޯނުގެ އިންޓްރެސްޓް ރޭޓު ވެސް ބޮޑުވާ އެއް ސަބަބު. ރިކަވާ ކުރުމަށް ކޯޓު މަރުހަލާގައި އެހާ ގިނަ ދުވަސްވާތީ،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ލުއި ލޯނުގެ އިންޓްރެސްޓް ރޭޓު މި ވަގުތު އުޅެނީ 15 ޕަސެންޓުގަ އެވެ. ލުއި ލޯނު މެދުވެރިކޮށް 1.2 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގެ އެވެ. މި ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތަކީ ފަސް އަހަރެވެ.
ކާލް ވިދާޅުވީ، ލުއި ލޯނުގެ ކުދިކުދި މައްސަލަތަކާ ހެދި ބައެއް ހާލަތްތަކުގައި ބޮޑެތި މައްސަލަތައް ވެސް ކުރިއަށް ގެންދިއުމުގައި ކޯޓުތަކުން ވަގުތު ނަގާ ކަމަށެވެ. އޭނާ ވިދާޅުވީ، ކުދިކުދި ލޯނުތަކުގެ މައްސަލަތަކުގައި ކޯޓަށް ދިއުމުގެ ބަދަލުގައި އެފަދަ މައްސަލަތައް ހައްލު ކުރެވޭނެ ފަސޭހަ ނިޒާމެއް ރޭވިފައި އޮތުން ވަރަށް މުހިއްމު ކަމަށެވެ. އޭރުން ފައިސާގެ ބޮޑެތި މައްސަލަތައް ވެސް އަވަސް ވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އޭނާ ވިދާޅުވީ، އެފަދަ ނިޒާމެއްގެ ތެރެއިން މައްސަލަތައް ބަލަން ފަށައިފި ނަމަ، ކޯޓުތަކަށް ވެސް ލުއިތައް ލިބޭނެ ކަމަށެވެ.
ކޯޓުންތަކުން މިދިޔަ އަހަރު ވެސް ވަނީ ލޯނުތަކާއި ދަރަންޏާ ގުޅޭ މައްސަލަތަކުގެ ތެރެއިން 1.4 ބިލިއަން ރުފިޔާގެ މައްސަލަ ނިންމައިފަ އެވެ.
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ޔުއާން އާއި ދިރުހަމުން މުއާމަލާތް ކުރެވޭ ގޮތް ހަދަނީ
ބީއެމްއެލްއިން ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ރަހުނަކާ ނުލައި ލިބޭ 1 މިލިއަންގެ ހައުސިން ލޯނެއް!
ބީއެމްއެލްގެ ލުއި ލޯނުތައް ވަގުތުން އެޕްރޫވް ކުރަނީ
ބީއެމްއެލްގެ އޯވާޑިއު އިންޓަރެސްޓު ދަށްކޮށްފި
ކާލްގެ އަމާޒު: ކަސްޓަމަރުން ލޯބިވާ ބޭންކަކަށް ހެދުން
"ކާޑު ލިމިޓު ކަނޑާނުލެވެނީ ޑޮލަރު މައްސަލައާ ހެދި"
ސްކޭމްތަކުގެ މަޅީގައި ޖެހޭ މީހުން މަދެއް ނުވި: ކާލް
ހޯމް ޕާޗޭސް ލޯނު/ފައިނޭންސިންގެ މުއްދަތު އިތުރުކޮށްފި