Roadha Mihaaru
ބީއެމްއެލްގެ އޯވާޑިއު އިންޓަރެސްޓު ދަށްކޮށްފި

ބީއެމްއެލްގެ ލޯނުތައް ނުދައްކައިގެން ނަގާ ޖޫރިމަނާ އިންޓަރެސްޓު 0.5 ޕަސެންޓަށް ދަށްކޮށްފި

01 ފެބުރުއަރީ 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާ (އޯވަޑިއު އިންޓަރެސްޓް) ރޭޓު އަނެއްކާ ވެސް ދަށްކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާ (އޯވަޑިއު އިންޓަރެސްޓް) ރޭޓު އަނެއްކާ ވެސް ދަށްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ނަގަމުންދާ އޯވަޑިއު އިންޓަރެސްޓު ދެ ޕަސަންޓުން 0.5 ޕަސަންޓަށް މިހާރު ދަށްކޮށްފައިވާ ކަމަށެވެ.

މި ބަދަލު ގެންނަން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ބީއެމްއެލްގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށް އެ ބޭންކުން ބުންޏެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ވެސް ބީއެމްއެލް އިން ވަނީ އޯވަޑިއު އިންޓަރެސްޓް ރޭޓު އޭރު ހުރި 10 ޕަސެންޓުން ދެ ޕަސަންޓަށް ކުޑަކޮށްދީފަ އެވެ.

އޯވަޑިއު އިންޓަރެސްޓަކީ ލޯނަށް ފައިސާ ދައްކަންޖެހޭ ތާރީހުގައި ފައިސާ ނުދައްކާ ފާއިތުވާ މުއްދަތަށް ނަގާ ޖޫރިމަނާ އެކެވެ.

އޯވަޑިއު އިންޓްރެސްޓް ރޭޓު ކުޑަކޮށްދިން ނަމަވެސް، އެ ޖޫރިމަނާ އިން ސަލާމަތްވުމަށް ގަވައިދުން ލޯނު އަނބުރާ ދެއްކުމަށް ބޭންކުން ވަނީ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފަ އެވެ.