"އެކްސް- މެން" ގެ ސީރީޒްތަކުގައި ހިއު ޖެކްމަން ވުލްވްރިންގެ ރޯލުން ފެނިގެންދާ ފިލްމުތައް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލެވެ. މީގެ ތިން ވަނަ ފިލްމް ކުރިއަށް އޮތް އިރު، އެ ފިލްމް ވަރަށް ތަފާތު ވާނެ ކަމަށް ޖެކްމަން ބުނެފި އެވެ.
06 އޮކްޓޯބަރ 2016
"އެކްސް- މެން" ގެ ސީރީޒްތަކުގައި ހިއު ޖެކްމަން ވުލްވްރިންގެ ރޯލުން ފެނިގެންދާ ފިލްމުތައް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލެވެ. މީގެ ތިން ވަނަ ފިލްމް ކުރިއަށް އޮތް އިރު، އެ ފިލްމް ވަރަށް ތަފާތު ވާނެ ކަމަށް ޖެކްމަން ބުނެފި އެވެ.
އޭނާ ބުނީ ކުރީގެ ދެ ފިލްމާ ހިލާފަށް "ވުލްވްރިން 3" މާ ބޮޑަށް ވެސް ތަފާތު ވާނެ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ފިލްމްގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލާނެ ކަމަށާއި އޭރުން އެކަން ޔަގީން ވާނެ ކަމަށް އޮސްޓްރޭލިއާ އަށް އުފަން އެކްޓަރު ބުންޏެވެ.
"ވުލްވްރިން 3" ގެ ޝޫޓިން ނިންމާލައި، ފިލްމް މިހާރު އޮތީ އެޑިޓިން ޓޭބަލްގަ އެވެ.
"ޝޫޓިން އެއްކޮށް ނިމިއްޖެ. ޑައިރެކްޓަރު ޖިމް މެންގޮލްޑް މިހާރު އުޅެނީ އެޑިޓިންގެ ކަންތަކާ ވަރަށް ބިޒީކޮށް،" ޖެކްމަން، 47، ބުންޏެވެ.
އޭނާ ބުނީ ފިލްމާ ބެހޭ ގިނަ މައުލޫމާތުތައް ބެލުންތެރިންނަށް ދޭން ބޭނުންވާ ކަމަށެވެ.
"އެހެން ނަމަވެސް މި ވަގުތަށް ބުނެވެން އޮތީ މީގެ ކުރީގެ ފިލްމުތަކާ މި ފަހަރުގެ ފިލްމް މާ ބޮޑަށް ވެސް ތަފާތު ވާނޭ. ފިލްމް ތަފާތު ކުރަން ގިނަ މަސައްކަތްތަކެއް މި ފަހަރު ކުރެވިފައި ހުންނާނެ،" ވުލްވްރިންގެ ފަހު ފިލްމާ ބެހޭ ގޮތުން ޖެކްމަން ބުންޏެވެ.
އަންނަ އަހަރުގެ މާޗް ތިނެއްގައި ރިލީޒް ކުރާ "ވުލްވްރިން 3" ގެ ކާސްޓުންގެ ތެރޭގައި ޕެޓްރިކް ސްޓެވާޓް، ރިޗަޑް އީ ގްރާންޓް، ސްޓެފެން މާޝަންޓް، ބޮއިޑް ހޮލްބްރޫކް، އަދި އެލިޒަބަތު ރޮޑްރިގޭޒް ފާހަގަކޮށްލެވެ އެވެ.
ވުލްވުރިން ކުޅެގެން ހިއު ޖެކްމަން ރިކޯޑް ފޮތަށް
"ލޯގަން" އާ އެކު ވުލްވްރިން އަށް ނިމުން އަންނާނެ
ހިއު ޖެކްމަން އާއި ޑެބޯރާލީގެ ކައިވެނި ރޫޅާލަނީ
"ވުލްވުރީން" އެދެނީ ހަމުގެ ކެންސަރަށް ސަމާލުވާން
އުމުރުގެ ފަރަގަކީ މައްސަލައެއްތަ؟
"ބޭޑް އެޑިއުކޭޝަން" ގައި ހިއު ޖެކްމަން
"ފެންޓާސްޓިކް ފޯ"ގެ ޓްރެއިލާ އާންމުކޮށްފި
ސްނޭޕްގެ ރޯލަށް ކަޅު އެކްޓަރަކު ނެގުމުން ފާޑުކިޔުން
އޮސްކާއަށް ސްޓަންޓް ޑިޒައިން ކެޓަގަރީއެއް އިތުރުކޮށްފި
ސޭޑީ ސިންކް އަށް "ސްޕައިޑަމޭ 4"ގެ ރޯލެއް