Roadha Mihaaru
"ބޭޑް އެޑިއުކޭޝަން" ގައި ހިއު ޖެކްމަން

"ބޭޑް އެޑިއުކޭޝަން" ގައި ހިއު ޖެކްމަން

30 މާޗް 2018

މިދިޔަ އަހަރު ކާމިޔާބު ދެ ފިލްމަކުން ފެނިފައިވާ އެކްޓަރު ހިއު ޖެކްމަން މި ވަގުތު "ދަ ފްރޮންޓް ރަނާ" ގެ މަސައްކަތް ކުރަމުން އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ކާމިޔާބު ދެ ފިލްމަކުން ފެނިފައިވާ އެކްޓަރު ހިއު ޖެކްމަން މި ވަގުތު "ދަ ފްރޮންޓް ރަނާ" ގެ މަސައްކަތް ކުރަމުން އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފަހަރު އޭނާ ސޮއިކޮށްފައި ވަނީ "ބޭޑް އެޑިއުކޭޝަން" ކިޔާ ފިލްމަކަށެވެ. މި ފިލްމަކީ 2016 ގައި އޮސްކާގެ އެންމެ މޮޅު ފިލްމަށް ވާދަކުރި "ލާ ލާ ލޭންޑް" ގެ ޕްރޮޑިއުސަރު ފްރެޑް ބާގާ އާއި އޮޓޮމެޓިކް ޕިކްޗާސްގެ ބްޔަރަން ކެވަނޯ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

"ބޭޑް އެޑިއުކޭޝަން" ގެ ޕްލޮޓް އަދި ސިއްރެއްގެ ގޮތުގައި އޮތް އިރު، މީގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ "އައި ތިން ވީ އާ އެލޯން ނައު" ގެ ސްކްރީންރައިޓަރު މައިކް މަކޯސްކީ އެވެ. ފިލްމް ޑައިރެކްޓް ކުރާނީ ދާދި ފަހުން ބޭއްވި ސަންޑާންސް ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރި "ތޮރޯބްރެޑްސް" ގެ ޒުވާން ޑައިރެކްޓަރު ކޮރީ ފިންލީ އެވެ.

ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި "ބޭޑް އެޑިއުކޭޝަން" އިން ޖެކްމަންއާ އެކު އޭ ލިސްޓް އިތުރު ތަރިންތަކެއް ވެސް ފެނިގެން ދާނެ އެވެ.

Hugh Jackman mi faharu kulhenee hageegee character eh

Hugh Jackman mi faharu kulhenee hageegee character eh

The most trusted news source in the Maldives

Mihaaru

ހިއުމަން ޖެކްމަންގެ ކުރިއަށް އޮތް ފިލްމަކީ "ދަ ފްރޮންޓް ރަނާ".

އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމް "ދަ ފްރޮންޓް ރަނާ" އަކީ 1988 ގައި އެމެރިކާގެ ރިޔާސީ އިންތިހާބަށް ވާދަ ކުރި ސެނެޓާ ގެރީ ހާޓްގެ ކެމްޕޭންގެ މައްޗަށް ބިނާކޮށް ޖޭސަން ރެއިޓްމަން ޑައިރެކްޓް ކުރާ ބްލެކް ކޮމެޑީއެކެވެ. އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ އެ ފިލްމްގައި ޖެކްމަން ފެނިގެން ދާނީ ގެރީގެ ކެރެކްޓާއިންނެވެ.

އޮސްޓްރޭލިއާ އަށް އުފަން 49 އަހަރުގެ އެކްޓަރު މިދިޔަ އަހަރު ފެނިގެން ދިޔަ ދެ ފިލްމަކީ "ލޯގަން" އާއި "ދަ ގްރޭޓެސްޓް ޝޯމަން" އެވެ.