30 ޖެނުއަރީ 2020
ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ "ރައްކާ" ކެމްޕޭންގެ ފަސް ވަނަ އެޑިޝަންގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ "ރައްކާ" ކެމްޕޭންގެ ފަސް ވަނަ އެޑިޝަންގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެލައިޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.
"ރައްކާ" ކެމްޕޭނަކީ މަގުމަތީގެ ރައްކާތެރިކަމަށް މީހުން އަހުލުވެރިކުރުވަން ފާއިތުވި ފަސް އަހަރު އެލައިޑާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކެމްޕޭން ކުރިއަށް ގެންދިޔަ ނަމަވެސް މި އަހަރުގެ ކެމްޕޭން ހާއްސަ ކޮށްފައިވަނީ މާލެ އާއި އައްޑޫ އަދި ފުވައްމުލަކަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީޑިއާއާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ކުރީ އަހަރުތަކުގައި މި ކެމްޕޭން ވަކި މުއްދަތަކަށް ކުރިއަށްގެންދިޔަ ނަމަވެސް މިއަހަރުގެ ކެމްޕޭން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި މި ކެމްޕޭނަކީ އެންމެންނަށް މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމުގެ މަގުސަދުގައި ހިންގާ ކެމްޕޭނެއް ކަމަށް ވިދާޅުވި އެވެ.
"މިއީ ކުރިއަށް އޮތް ފަސް އަހަރަށް އަޅުގަނޑުމެން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ހާއްސަކަން ދީފައިވާ ހަ ދާއިރާގެ ތެރެއިން އެއް ދާއިރާ. އެގޮތުން، ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކުގައި އެކި ހަރަކާތްތައް ގޮތުގައި މި އެވެއާނަސް ޕްރޮގްރާމް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ހަމީދު ވިދާޅުވި އެވެ.
އެލައިޑުގެ އެމްޑީ ޝަފާޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެލައިޑުގެ އެމްޑީ މުހައްމަދު ޝަފާޒު ވިދާޅުވީ މަގުމަތީގެ ސަލާމާތާއި ރައްކާތެރިކަން ހޯދަން ބޭނުންވާ ނަމަ ކުޑަ އިރުން ފެށިގެން އެ ގަވާއިދުތަކަށް ކުދިން އަހުލުވެރިކުރުވަން ޖެހޭ ކަމަށެވެ. އެގޮތުން، މިއަހަރު ކުރިއަށްގެންދާ ރައްކާ ކެމްޕޭން ސްކޫލް ދަރިވަރުންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސްކޫލް ދަރިވަރުންނަށް ވެސް އަޅުގަނޑުމެން މި އެވެއާނަސް ކެމްޕޭން ކުރިއަށްގެންދާނަން. އެހިސާބުން ފެށިގެން އަސްލު ލޯންގް ރަން އަކަށް މީގެ ފައިދާ ކުރާނީ. ކުންފުންޏެއްގެ ގޮތުގައި އެލައިޑުން އަަބަދުވެސް ކަންބޮޑުވާކަމެއް މަގުމަތީިގެ ރައްކާތެރިކަމަކީ،" ޝަފާޒު ވިދާޅުވި އެވެ.
މިއަހަރުގެ ކެމްޕޭންގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުން ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގްރާމުތައް ކުރިއަށްގެންދާނެ ކަމަށް އެލައިޑުން ބުންޏެވެ.
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
ޓްރެފިކް ޕޮލިސް: ބޮކި ދިއްލެނީ ފާލުން ނެއްޓުނީމަތަ!
ރަޖިސްޓްރީނުކޮށް މަގުމަތީގައި ހުންނަ ވެހިކަލްތައް ނަގަނީ
ރޯދަމަހާ އެކު މާލޭގެ ޓްރެފިކް ބޮއްސުންލައިފި
އާމިރަށް ކުރަނީ ސައިކަލު މަޑުނުކޮށް ދާން އުޅުނުކަމުގެ ތުހުމަތު
ގަވާއިދަށް ދުއްވާ މީހުންނަށް އެލައިޑުން ހަދިޔާއެއް
ޓްރެފިކް ގަވައިދުތައް ބަދަލުވާން ޖެހޭ: ސީޕީ
ނަމްބަރު ޕްލޭޓް ދެނެގަނެވޭ ކެމެރާ ބްރިޖްގައި ހަރުކުރަނީ
ނުގަވައިދުން ޕާކްކޮށްގެން މިދިޔަ ހަފުތާގަ 776 ސްޓިކާ