މާލޭގައި ހުރި އަތޮޅު ފިހާރަތަކުގެ ތެރެއިން ހަތަރު ފިހާރައެެއް ކުއްޔަށް ދިނުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
27 ޖެނުއަރީ 2020
މާލޭގައި ހުރި އަތޮޅު ފިހާރަތަކުގެ ތެރެއިން ހަތަރު ފިހާރައެެއް ކުއްޔަށް ދިނުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ފިނޭންސުން މި ފިހާރަތައް ކުއްޔަށް ދިނުމަށް އިއުލާން ކުރީ ތަފާތު އެކި ސަބަބުތަކާ ހުރެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެގޮތުން، ގިނަ ފިހާރަތަކުގެ ކޮންޓްރެކްޓް މުއްދަތު ވަރަށް އަވަހަށް ހަމަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
- ނ. އަތޮޅު ފިހާރަ އިރުމަތީ ބައި އަދި ދެކުނު ފެންޑާގެ ބޯޅަދަނޑު 11 ނަންބަރު ފިހާރަ.
- ކްރެސެންޓް 7 ނަންބަރު ފިހާރަ.
- އ. އަތޮޅު ފިހާރައިގެ ދެކުނު ފެންޑާގެ ދެކުނު ބައި.
- ކްރެސެންޓް 14 ނަންބަރު ފިހާރަ.
މި ފިހާރަތަކުގައި ކުރިން ވިޔަފާރި ކުރި ނަމަވެސް މިހާރު މިތަންތަން ވަނީ އެކި ސަބަބުތަކާ ހުރެ ބަންދުކޮށްފަ އެވެ. މި ފިހާރަތައް ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް މާދަމާއިން ފެށިގެން 5 ފެބްރުއަރީގެ ނިޔަލަށް ފުރުސަތު އޮންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މި ފިހާރަތަކަށް އެދި ހުށަހަޅާ ބިޑް ފޯމު ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 ފިނޭންސް މިނިސްޓްރީގެ ކައުންޓަރުން ލިބޭނެ އެވެ. މި ފޯމުތައް ލިބޭނީ 10ރ. އަށެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެ މިނިސްޓްރީގެ ޕަބްލިކް އެސެޓް މެއިންޓެނެންސް ޔުނިޓަށެވެ.
އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 38 މިލިއަން
4.3 ބިލިއަން ރުފިޔާގެ ޓީބިލް އިތުރަށް ވިއްކައިފި
އިންޑިއާއިން ނެގި ޓީބިލް ދެއްކުން އަނެއްކާ ވެސް ފަސްކޮށްދީފި
އެސްޑީއެފަށް 1.4 ބިލިއަން ރުފިޔާ ޖަމާކޮށްފި
ބަޖެޓުން ކުރި ޚަރަދުތައް 15.5 ޕަސެންޓް ދަށްކޮށްފި
ކޯޓް ކޮމްޕްލެކްސް އިމާރާތްކުރާނެ ބަޔަކު ހޯދަނީ
ކަނޑުތޮށި މަރާމާތުކުރަން ޖައިކާއިން ބޮޑު އެހީއެއް ދީފި
އެމްޑީޕީން ފިނޭންސްއަށް ވަންނަން އުޅުމުން ހުރަސް
ތަރައްގީގެ ޕްލޭން ހަދަން ހަވާލުކުރީ 17.9 މިލިއަނަށް
ރާއްޖޭގެ ޖުމްލަ ދަރަނި 148.9 ބިލިއަނަށް