24 ޖެނުއަރީ 2020
ތައުލީމީގޮތުން ނަތީޖާ ދަށް ދަރިވަރުންނަށް ހާއްސަކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ދަސްވާރު ޕްރޮގްރާމް ހުއްޓާލައިފި އެވެ.
ތައުލީމީގޮތުން ނަތީޖާ ދަށް ދަރިވަރުންނަށް ހާއްސަކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ދަސްވާރު ޕްރޮގްރާމް ހުއްޓާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ބުނީ ގައުމީ މަންހަޖުގައި ސާނަވީ މަރުހަލާގައި ކިޔަވާ މުހިއްމު މާއްދާތައް ދޫކޮށްލުމުން މަތީ މަރުހަލާތަކުގައި ދަރިވަރުން އިތުރަށް ކިޔެވުމާއި ވަޒީފާގެ ފުރުސަތުތައް ހަނިވެގެންދާ ކަމަށެވެ. އަދި ތައުލީމީ މަންހަޖުގެ ތެރެއިން ހާސިލްކުރުމަށް ކަނޑައެޅިފައިވާ އަސާސީ ބައިތައް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ވެސް ހުރަސް އެޅިގެންދާ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ ދަސްވާރު ޕްރޮގްރާމް ހިންގުން ހުއްޓާލަން ނިންމީކަމަށް މިދިޔަ ބުދަ ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައިވެ އެވެ.
"މި ބަދަލާއެކު، 'ސްކޫލުތަކުގައި ދަސްވާރު ޕްރޮގްރާމް ހިންގުމުގެ އުސޫލު' އަށް އަމަލުކުރުން ހުއްޓާލައި، މި އުސޫލުގެ ދަށުން ކުރިއަށްގެންދާ 'ދަސްވާރު ޕްރޮގްރާމް' ކުރިއަށްގެންދިއުން ނިމުމަކަށް އައީއެވެ،" އެ ސާކިއުލާގައި ބުންޏެވެ.
އޭގައި ބުނެފައިވަނީ ގައުމީ މަންހަޖުގައިވާ ގޮތަށް ކީ ސްޓޭޖް ހަަތަރެއް (ގްރޭޑު 9،10) ގައި ކިޔަވާ ހުރިހާ ދަރިވަރުން ވެސް އެ ގްރޭޑަކަށް ކަނޑައަޅާފައިވާ މިންވަރަށް މާއްދާތައް ފުރިހަމަކުރަންވާނެ ކަމަށެވެ. ސާކިއުލާގައިވާ ގޮތުން ގްރޭޑު 10 ނިންމައި ސާނަވީ އިމްތިހާނު ހަދާ ކޮންމެ ދަރިވަރަކު ވެސް މަދުވެގެން ފަސް މާއްދާއިން އިމްތިހާނު ހަދަންޖެހޭނެ އެވެ.
އެ މާއްދާތަކުގެ ތެރޭގައި މަޖުބޫރު ހަތަރު މާއްދާއާއެކު އިތުރު އެހެން މާއްދާއެއް ވެސް ކިޔަަވަންޖެހެ އެވެ. ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން، އެ ސްޓްރީމްގެ އިތުރުން މަދުވެގެން ދިވެހި، އިސްލާމް، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ބައިވެރިވާންޖެހޭނެ އެވެ.
ދަސްވާރާއެކު 2014 ވަނަ އަހަރު ތައާރަފްކުރި އެޑެކްސެލް ބިޒްނަސް ޓެކްނޮލޮޖީ އެޑިއުކޭޝަން ކައުންސިލް (ބީޓެކް) އަކީ ހަތަރު ވަނަ ސްޓްރީމްގެ ގޮތުގައި ތައާރަފްކުރި ޕްރޮގްރާމެކެވެ.
މަޖުބޫރު ހަތަރު މާއްދާ، އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބުގެ އިތުރުން ނަތީޖާ ދަށް ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ ދަސްވާރުގައި އެ ސްކޫލަކުން ދަރިވަރުން ބައިވެރިކުރުވަނީ ގްރޭޑު ނުވެއްގެ ނަތީޖާ އަށް ބެލުމަށް ފަހުގަ އެވެ. އެ ޕްރޮގްރާމުގައި ބައިވެރިކުރަންޖެހޭ ކަމަށް ފެންނަ ނަމަ އެކަމުގެ ލަފައެއް ސްކޫލުން ދޭނެ އެވެ. ނަމަވެސް، އޭގައި ދަރިވަރުން ބައިވެރިކުރެވޭނީ ބެލެނިވެރިޔާގެ ރުހުން ހޯދައިގެންނެވެ.
ގްރޭޑު 10ގެ ދަރިވަރުންނށް އަމާޒުކޮށްގެން ހިންގި ދަސްވާރު ޕްރޮގްރާމުގެ ތެރޭގައި ހޮސްޕިޓާލިޓީ އާއި އޭސީ ފަދަ ތަކެތި މަރާމާތުކުރުމާއި ސިއްހީ ދާއިރާގެ އެކި މަސައްކަތްތައް ވެސް ކިޔަވައިދެ އެވެ.
ދަސްވާރާއި ބީޓެކް ތައާރަފުކުރުމުން ފާޑުކިޔުން އަމާޒުވި އެއް ސަބަބަކީ، އެއީ އޯ ލެވެލް އިމްތިޚާނުގައި ރާއްޖޭގެ ޖުމްލަ ނަތީޖާ ރަނގަޅުކުރަން ކުރި ކަމެއް ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ނަތީޖާ ދަށް ކުދިންނަށް، މަސައްކަތްތެރިކަން ދަސްކޮށްދޭ ޕްރޮގްރާމަކަށް ވާތީ ރަނގަޅު ޕްރޮގްރާމެއް ކަމަށް ބައެއް މީހުން ދެކެ އެވެ.
ދަސްވާރާއި ބީޓެކް ކިޔަވައިދެމުން އަންނަ ގޮތުން އެ ދެ ޕްރޮގްރާމާ މެދު މީހުން ދެކެނީ ނުބައި ނަޒަރަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ބުންޏެވެ. އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދަރިވަރުންނަށް އެންމެ އެކަށީގެންވާ ގޮތަށް އެކަން ބަދަލުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދަސްވާރު އަދި ބީޓެކް ފަދަ ވޮކޭޝަނަލް ތަމްރީނުތަކަކީ ވަކި ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އެހެންވެ އެއީ ހުރިހާ ދަރިވަރުންނަށް ވެސް އިހުތިޔާރީ ކަމެއްގެ ގޮތުގައި ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ދަރިވަރުންނަށް ހުނަރު ދަސްކޮށްދޭ އާ ޕްރޮގްރާމެއް ފަށަނީ
"ސްކޫލްތަކުގެ ނަތީޖާ މަތިކުރަން ދަސްވާރު މަޖުބޫރުކުރި"
ދަސްވާރާއި ބީޓެކުގެ ކިޔަވައިދިނުމުގެ އުސޫލު ބަދަލުކުރަނީ
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ސްކޫލު އިމާރާތްތަކުގެ ފެންވަރު ދަށީތަ؟ނުބެލެހެއްޓެނީތަ؟
އިއްޒުއްދީން ދެން ބޭނުން ކުރެވޭނީ ބޮޑު މަރާމާތަކަށްފަހު