22 ޖެނުއަރީ 2020
ނޭޕްލްސް (ޖެނުއަރީ 22) – މި ވަގުތު ވަރަށް ރަނގަޅު ފޯމެއްގައި އޮތް ލާޒިއޯ 1-0 އިން ބަލިކޮށް، ފޯމުން ކަޓާފައިވާ ނަޕޯލީން އިޓާލިއަން ކަޕުގެ ސެމީ ފައިނަލަށް ރޭ ދަތުރުކޮށްފި އެވެ.
ނޭޕްލްސް (ޖެނުއަރީ 22) – މި ވަގުތު ވަރަށް ރަނގަޅު ފޯމެއްގައި އޮތް ލާޒިއޯ 1-0 އިން ބަލިކޮށް، ފޯމުން ކަޓާފައިވާ ނަޕޯލީން އިޓާލިއަން ކަޕުގެ ސެމީ ފައިނަލަށް ރޭ ދަތުރުކޮށްފި އެވެ.
އިޓާލިއަން ލީގުގައި ބަލިނުވެ 14 މެޗު ފުރިހަމަކޮށް ތާވަލުގެ ތިން ވަނައިގައި އޮތް ލާޒިއޯ މި މުބާރާތުން ކެޓުމަކީ މާޔޫސްކަމަކަށް ވާނެ އެވެ. އެއީ ރަނގަޅު ފޯމެއްގައި އޮތް ސީޒަނުގައި ތަށްޓެއްގައި އަތްލުމުގެ ފުރުސަތު ގެއްލުމުންނެވެ. ޔުވެންޓަސް އާއި އިންޓަ މިލާން އޮތުމުން އެ ޓީމަށް ލީގު ކާމިޔާބުކުރެވުމަކީ ނާދިރުކަމެކެވެ. އެ ޓީމު ވަނީ ޔުރޮޕާ ލީގުން ވެސް ކަޓައިފަ އެވެ.
އަނެއްކޮޅުން ލީގުގެ 11 ވަނައިގައި އޮތް ނަޕޯލީ އަށް އަންނަ ސީޒަނުގައި ޔުރޮޕާ ލީގުން ޖާގަ ހޯދަން އޮތް އެންމެ ރަނގަޅު ފުރުުސަތަކީ މި މުބާރާތް ކާމިޔާބުކުރުމެވެ. މިހާރު އޮތްގޮތުން އެ ޓީމަށް ލީގުގެ ގަދަ ހަޔެއްގެ ތެރެއަށް ވަދެވުމުގެ ފުރުސަތު ހަންޏެވެ. އެ ޓީމުން ރޭ މި މޮޅު ހޯދީ ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވުމުން ޓީމު ކޭމްޕްކޮށްގެން ޕްރެކްޓިސްތައް ބާއްވަން ފެށިތަނާ އެވެ. މިއީ ކޯޗު ޖެނާރޫ ގަޓޫސޯ އަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ.
ނަޕޯލީގެ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ދެ ވަނަ މިނެޓުގައި އެ ޓީމުގެ ލޮރެންޒޯ އިންސީނިއޭ ވަނީ އެ ޓީމަށް ގޯލް ޖަހައިދީފަ އެވެ. މެޗުގެ 10 ވަނަ މިނެޓުގައި ލާޒިއޯ އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ކެޕްޓަން ޗީރޯ އިމޮބިލޭ އަތުން ޕެނަލްޓީ ބޭކާރުވީ އެވެ. އޭގެ ނުވަ މިނެޓު ފަހުން ނަޕޯލީގެ އެލްސައިދު ހިސާޖަށް ރަތެއް ދެއްކިއިރު 25 ވަނަ މިނެޓުގައި ލާޒިއޯގެ ލޫކަސް ލީވާ އަށް ވެސް ވަނީ ރަތެއް ދައްކައިފަ އެވެ.
ސެމީ ފައިނަލުގައި ނަޕޯލީ ބައްދަލުކުރާނީ ކުއާޓާގައި އިންޓަ އާއި ފިއޮރެންޓީނާ ކުޅެ މޮޅުވާ ޓީމަކާ އެވެ. ކުއާޓާގެ އަނެއް ފަޅީގައި ވާދަކުރާނީ އޭސީ މިލާނާއި ޓޮރިނޯ އަދި ޔުވެންޓަސް އާއި ރޯމާ އެވެ.
އިޓާލިއަން ސުޕަ ކަޕް މިއަހަރުވެސް ސައުދީގައި
ޗެމްޕިއަންކަން ޔަގީންނުވެ ނަޕޯލީ މަޑުޖެހިއްޖެ
ނަޕޯލީ ބަލިކޮށް ފުލުގައި އޮތް ކްރެމޮނޭސޭ ކުއާޓާ އަށް
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ލާޒިއޯ ބަލިކޮށް އޭސީ މިލާން ފަސްބެލުމެއް ނެތި ކުރިއަށް
އިތުރުވަގުތުގެ ލަނޑުން މިލާނާއި ފިއޮރެންޓީނާ ކުއާޓާއަށް
ޔުވެންޓަސް ބަލިކޮށް ނަޕޯލީ ތަށި ހޯދައިފި
ނަޕޯލީ ފައިނަލަށް އެކަމަކު ގަޓޫސޯ އެހާ އުފަލެއް ނުވޭ
ސެމީގެ ފުރަތަމަ ލެގުގައި ނަޕޯލީން އިންޓަ ބަލިކޮށްފި
ލާޒިއޯ އިޓާލިއަން ކަޕް ކާމިޔާބުކޮށްފި