Roadha Mihaaru
ރެޝްފޯޑްގެ އަނިޔާއާ އެކު ޔުނައިޓެޑަށް ހާސްކަން

ރެޝްފޯޑްގެ އަނިޔާއާ އެކު ޔުނައިޓެޑަށް ހާސްކަން

20 ޖެނުއަރީ 2020

މެންޗެސްޓާ (ޖެނުއަރީ 20) - މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ފޯވާޑް މާކަސް ރެޝްފޯޑަށް އަނިޔާވެ އެޓޭކުގައި އިތުރު މައްސަލަތަކެއް ދިމާވުމުގެ ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޖެނުއަރީ 20) - މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ފޯވާޑް މާކަސް ރެޝްފޯޑަށް އަނިޔާވެ އެޓޭކުގައި އިތުރު މައްސަލަތަކެއް ދިމާވުމުގެ ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ އެފްއޭ ކަޕް ރީޕްލޭ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ މާ ގިނައިރުތަކެއް ނުވެ ރެޝްފޯޑް ބަދަލުކުރަން ޖެހުނީ ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އަނިޔާއިން ސަލާމަތްވެ ރެޝްފޯޑް ރޭ ލިވަޕޫލާ ދެކޮޅަށް ކުޅެވޭނެކަމަށް ކުރިން ބެލެވުނު ނަމަވެސް އެކަން އެހެން ނުވީ ލިބިފައިވާ އަނިޔާގެ ބޮޑުކަމުން ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ރެޝްފޯޑްގެ ބުރަކަށްޓަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވާން މަދުވެގެން ހަ ހަފްތާ ނަގާނެ އެވެ. އެހެންވެ ލީގުގެ މުހިއްމު މެޗުތަކަކަށް ޔުނައިޓެޑުން މިހާރު ނުކުންނަން ޖެހިފައިވަނީ ރެޝްފޯޑް ނުލަ އެވެ. މިއީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އަމާޒުގައި މަސައްކަތްކުރަމުން އަންނަ ޔުނައިޓެޑަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.

ރެޝްފޯޑް މި ސީޒަނުގައި މިހާތަނަށް 22 ގޯލު ޖަހާފައިވާއިރު، އޭގެ ތެރެއިން 14 ގޯލަކީ ލީގުގައި ޖެހި ގޯލުތަކެވެ. ރޭ ލިވަޕޫލް އަތުން 2-0 އިން ޔުނައިޓެޑް ބަލިވި މެޗަށް ފަހު ސޯލްޝެއާ ބުނީ މި ވަގުތު ހުޅުވިފައި އޮތް ޓްރާންސްފާ މާކެޓްގައި ރެޝްފޯޑްގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ހޯދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އަހަަރެމެންގެ ވަރަށް މުހިއްމު ކުޅުންތެރިންތަކަކަށް މި ސީޒަނުގައި އަނިޔާވެގެން ގިނަ މެޗުތަކެއް ގެއްލިއްޖެ. މިއީ އަހަރެމެންގެ ނަސީބުގައި ހުރި ގޮތުން ދިމާވި ކަމެއް. އެކަން އެހެން އޮއްވާ އެހެން ކުޅުންތެރިޔަކު ގެނައުމަކީ ހައްލެއް ނޫން،" ސޯލްޝެއާ ބުންޏެވެ.

މިހާރު އޮތްގޮތުން ލީގު ކަޕްގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި ޕްރިމިއާ ލީގުގައި ވުލްވްސް އާއި ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑުން ކުޅޭ މެޗު ރެޝްފޯޑަށް ގެއްލޭނެ އެވެ.