04 އޮކްޓޯބަރ 2016
ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނެގުމުގައި އޮތީ ފުޓްބޯޅައިގެ ސަބަބުތަކެއް ކަމަށާއި އެ ނޫން އެއްވެސް ކަމަކާ މެދު ނުވިސްނާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނެގުމުގައި އޮތީ ފުޓްބޯޅައިގެ ސަބަބުތަކެއް ކަމަށާއި އެ ނޫން އެއްވެސް ކަމަކާ މެދު ނުވިސްނާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އެފްއޭއެމްގެ ނުފޫޒު އޮންނަ ކަމަށާއި ބައެއް ކުޅުންތެރިން ގަސްދުގައި ޓީމަށް ނުނަގާކަމަށް ބުނެ ކުރިމަތިވެފައިވާ ފާޑުކިއުންތަކާ ގުޅޭގޮތުން ސްޓެވާޓް ބުނީ ކުޅުންތެރިން ނަގަނީ އޭނާ ކަމަށާއި އެކަމަށް އެއްވެސް ބަޔަކު ބާރު ނުފޯރުވާ ކަމަށެވެ.
"ކުޅުންތެރިން ނަގަނީ ފުޓްބޯޅައިގެ ސަބަބުތަކަށް ބެލުމަށް ފަހު. ސްކޮޑު ނަގަނީ އަހަރެން، އެއީ ނަތީޖާއަށް ޒިންމާ ނަގަން ޖެހޭ ފަރާތަކީ އަހަރެން ކަމަށްވާތީ. ލީގުގެ މެޗުތަކަށް ބަލާފައި އަހަރެންގެ ޕްލޭނަށް ފިޓްވާ ކުޅުންތެރިން ނަގަނީ. އެއްވެސް ނުފޫޒެއް ނެތް،" އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ލާއޮސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމްގެ ހައުސްގައި މިއަދު އޮތް ނޫސްވެެރިންގެ ބައްދަލުވުމުގައި ސްޓެވާޓް ބުންޏެވެ.
ލާއޯސްއާ ދެކޮޅަށް ނެގި ސްކޮޑުން މާޒިޔާގެ މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) ބާކީކުރީ ސިޔާސީ ސަބަބަކާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ސްޓެވާޓް ބުނީ އަޑުބަރޭ ބާކީކުރީ އޭނާ ހައްޔަރުކޮށްފައި ހުރުމުން، މެޗުތަކެއް ގެއްލިފައިވާތީ ކަމަށެވެ.
"އަޑޭ ބާކީކުރި ފިޓްނަސް އަށް ބަލާފައި. ލާއޯސްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗަށް ފަހު އަޑޭ ނެތް މެޗެއް ކުޅުމުގެ އިތުރުން ޕްރެކްޓިހެއް ވެސް ކޮށްފައި. އެހާލުގައި ހުރި ކުޅުންތެރިއަކު ރަށުން ބޭރުގައި ކުޅޭ ވާދަވެރި މެޗަކަށް ފިޓްވާނެ ކަމަށް ނުދެކެން. އަޑޭގެ ފުޓްބޯޅަ ހުނަރާ ބެހޭގޮތުން އަހަރެން ސުވާލެއް ނުއުފައްދަން. އޭނާ އަކީ އަދިވެސް ޓީމުގެ މުހިއްމު ކުޅުންތެރިއެއް،" ސްޓެވާޓް ބުންޏެވެ.
އެއް މަގާމަކަށް ކުޅޭ މޮޅެތި ގިނަ ކުޅުންތެރިން އެބަތިބި ކަމަށާއި އަޑޭ އަށް މިފަހަރު ސްކޮޑުން ޖާގަ ނުލިބުމަކީ އެހެން ކުޅުންތެރިއަކަށް ލިބިގެންދިޔަ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަަމަށް ސްޓެވާޓް ބުންޏެވެ.
ގައުމީ ޓީމާއި ވެލެންސިއާ ކުޅުނު މެޗެއްގެ ތެރެއިން: ވެލެންސިއާގެ ބަކާ (ކ) އާއި އަޑޭ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
ގައުމީ ސްކޮޑުން ފަހަކަށް އައިސް ކުރިން ކުޅުނު ގިނަ ކުޅުންތެރިންނަށް ފުރުސަތު ނުލިބެ އެވެ. އޭގެ ތެރޭގައި ކްލަބް ވެލެންސިއާގެ މުހައްމަދު އާރިފް (ބަކާ) އާއި އަކުރަމް އަބްދުލް ގަނީ (އަކޫ) އަދި ހަސަން އަދުހަމް (ސަޑޭ)ގެ އިތުރުން ވިކްޓަރީގެ ރިލްވާން ވަހީދު ހިމެނެ އެވެ.
އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ފުރަތަމަ ލެގުގައި މާލޭގައި މިދިޔަ މަހު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 4-0 އިންނެވެ. ލާއޮސްއާ ދެކޮޅަށް އަންނަ ހަފްތާގެ އަންގާރަ ދުވަހު ރަށުން ބޭރުގައި ކުޅޭ މެޗުން އެއަށް ވުރެ ތަފާތު ބޮޑުކޮށް ރާއްޖެ ބަލިނުވެއްޖެނަމަ ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ރާއްޖެ އަށް ފުރުސަތު ލިބޭނެ އެވެ.
ސްޓެވާޓް ފެއިލްވުމުގައި ގިނަ ސަބަބުތަކެއް
ކޯޗު މަޑުކުރުމުގެ ފުރުސަތު ބޮޑު: ބައްސާމް
އާ ކޯޗުގެ ވިސްނުން: ބަލިކުރަން އުނދަގޫ ޓީމެއް ނެރުން
ހުނަރު އެބަހުރި، އިސްކަންދޭނީ ނަތީޖާ ނެރުމަށް: ކޯޗު
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އިލާން އާއި އަޔާން އަށް އަނިޔާވެ ކޮލިފައިން ނިމިއްޖެ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު