19 ޖެނުއަރީ 2020
އެންޑްރޮއިޑް އެޕްލިކޭޝަން އުފައްދާ މީހުން، އެޕްލިކޭޝަނެއް އަޕްޑޭޓްކުރުމުން، ޕްލޭ ސްޓޯރުން އޮޓަމެޓިކް ނޮޓިފިކޭޝަނެއް ފޯނުތަކަށް ފޮނުވަ އެވެ. އެވެނި މިވެނި އެޕްލިކޭޝަނަކަށް އަޕްޑޭޓް ލިބިފައި ހުރި ކަމަށް ބުނެ، ޕްލޭ ސްޓޯރުން ފޮނުވާ ނޮޓިފިކޭޝަން، ފޯނުގެ ނޮޓިފިކޭޝަން ފަރުދާގައި ހަރުލާފައި އިނދެ އެވެ. މިއީ އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް ވަރަށް ކަމުދާ ފީޗާއަކަށް ވެ އެވެ.

ޕްލޭ ސްޓޯރުން އެޕްލިކޭޝަން އަޕްޑޭޓް ނުލިބޭ ކަމަށް ބުނެ، އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުން ޝަކުވާކުރަނިކޮށް، ގޫގުލް އިން ވަނީ ޖަވާބުދާރީ ވެފަ އެވެ. ބައެއް މީހުންނަށް ހީވެފައި އޮތީ މިއީ ބަގެއްގެ ސަބަބުން ދިމާވި ގޮތެއް ކަމަށެވެ. ނަމަވެސް، ގޫގުލުން ބުނީ އެއީ ކުރިއާލައި ރޭވި ގޮތް ކަމަށެވެ. އެޕްލިކޭޝަންތައް އަޕްޑޭޓްކުރަން ނޮޓިފިކޭޝަން ދެން ނުފޮނުވާނެ ކަމަށެވެ.
އެޕްލިކޭޝަންތައް އަޕްޑޭޓްކުރަން އޮޓަމެޓިކް ނޮޓިފިކޭޝަން ލިބުމަކީ އެދެވޭ ކަމެކެވެ. މި މައުލޫ އަށް ފޯރަމްތަކުގައި ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، ނޮޓިފިކޭޝަން ގިނަވުމަކީ ބައެއް މީހުންނަށް އުނދަގޫވާ ކަމެކެވެ. ގޫގުލް އިން މި ފަސޭހަ ހުއްޓާލި ސަބަބެއް ކަމަށް ބައެއް މީހުން ގަބޫލުކުރަނީ ވެސް މިހެންނެވެ.
އެންޑްރޮއިޑް އެޕްލިކޭޝަންތައް އަޕްޑޭޓްކުރަން އެދޭ މީހުންނަށް މިހާރު އޮތް ގޮތަކީ، ޕްލޭ ސްޓޯރު ހުޅުވައި އަޕްޑޭޓް ހުރިތޯ ބެލުމެވެ. ދޭތެރެ ދޭތެރެއިން ނުވަތަ ހަފުތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް ޕްލޭ ސްޓޯރަށް ވަދެ ޗެކްކުރުމެވެ.
ގޫގުލް "ފައިލްސް" އަށް ތިޖޫރިއެއް
އެންޑްރޮއިޑް 11: ފޯނުގެ ފަހަތުގައި ދެ ޓަކި ޖަހާލާ
ބޭނުންނުކުރާ އެޕްލިކޭޝަނެއް ފޯނުގައި އެބަ އިންތަ؟
އެންޑްރޮއިޑް އެޕްތަކުން އަހަރީ ފީއެއް ނަގަނީ
އެންޑްރޮއިޑް ބައެއް އެޕްލިކޭޝަން އުސޫލުތަކާ ޚިލާފު
"ކްލަބްހައުސް" އެންޑްރޮއިޑަށް އައުން ލަހެއް ނުވާނެ
އެންޑްރޮއިޑް އެޕްތައް ވިންޑޯޒް 10 ގައި
"ފޯޓްނައިޓް" އެންމެ ފަހުން ގޫގުލް ޕްލޭ އަށް
އެޕްގެލަރީން ލިބޭ ހުރިހާ ފައިސާއެއް ޑިވެލޮޕަރަށް
ގޫގުލް އަށް ވާވޭ މުހިންމުވެއްޖެ