30 އޮކްޓޯބަރ 2018
ގޫގުލް ހިތްހަމަޖެހޭ ވަރަށް އެންޑްރޮއިޑް އެޕް ސްޓޯރުން ފައިދާއެއް ނުލިބެ އެވެ. މިއީ ގޫގުލް އަށް ބޮޑު ނުތަވަސް ކަމެކެވެ. ސަބަބަކީ، ވާދަވެރި އެޕަލް އަށް، އެޕަލް އެޕް ސްޓޯރުން ލިބޭ ފައިދާ ބިލިއަން ފަހަނައަޅައި ދާން އުޅޭތީ އެވެ.
ގޫގުލް ހިތްހަމަޖެހޭ ވަރަށް އެންޑްރޮއިޑް އެޕް ސްޓޯރުން ފައިދާއެއް ނުލިބެ އެވެ. މިއީ ގޫގުލް އަށް ބޮޑު ނުތަވަސް ކަމެކެވެ. ސަބަބަކީ، ވާދަވެރި އެޕަލް އަށް، އެޕަލް އެޕް ސްޓޯރުން ލިބޭ ފައިދާ ބިލިއަން ފަހަނައަޅައި ދާން އުޅޭތީ އެވެ.
އެންޑްރޮއިޑް އެޕް ސްޓޯ، "ޕްލޭ" އިން، އެޕްލިކޭޝަން ވިއްކުމަށްޓަކައި މިހާރު ވިސްނަނީ ދެމެހެއްޓެނިވި ފައިދާއެއް ލިބޭނެ ނިޒާމަކަށެވެ. އެ ގޮތުގައި، އެޕްލިކޭޝަންތައް ޕެކޭޖްތަކަކަށް ބަހާލައި، އަހަރީ ފީއެއް ދައްކަންޖެހޭ ގޮތަށް ބަދަލުކުރަން ގޫގުލް އިން އަންނަނީ ވިސްނަމުންނެވެ.
އެޕްލިކޭޝަން ގަތުމަކީ މީހުން ކުރާ ހިތްވާ ކަމެއް ނޫނެވެ. އާންމު ގޮތެއްގައި މީހުން އެޕްލިކޭޝަނެއް ގަންނަނީ އެއީ ނެއްޓެން އުނދަގޫ ނުވަތަ އެއާ ނުލައި މަސައްކަތެއް ކުރެވެން ނެތް ވަރުގެ އެޕްލިކޭޝަނެއް ނަމަ އެވެ. އަދި ނުވީތަނަކަށް "ކްރެކް"އެއް ވެސް ނުލިބިއްޖެ ނަމަ އެވެ.
ގޫގުލް އިން މީގެ ކުރިން ވެސް ވަނީ އެޕްލިކޭޝަނުން ފައިދާ ހޯދިދާނެ ގޮތްތަކެއްގެ އަޖުމަބަލާފަ އެވެ. އެކަމަކު، އަދި އަދަށް ދާންދެން ވެސް، ދެމެހެއްޓެނިވި އުސޫލުތަކެއް ކަނޑައެޅިފައި ނުވެ އެވެ.
އެޕްލިކޭޝަންތައް ޕެކޭޖްތަކަކަށް ބަހާލަން ވިސްނި ނަމަވެސް، އެކަމުގައި އަމަލުކުރާނެ އުސޫލުތަކެއް އަދި ކަނޑައެއް ނާޅަ އެވެ. ޕެކޭޖްތަކަށް އަގު ނަގާނެ ގޮތް އަދި އަގު ނަގާނެ މިންވަރެއް ވެސް އަދި ނޭގެ އެވެ.
ގަބޫލުކުރެވޭ ގޮތުގައި، ޕެކޭޖްތައް ހަދަނީ އަހަރަކު އެއްފަހަރު އާކުރެވޭ ގޮތަށެވެ. އަދި ފީއެއް ވެސް ދައްކަންޖެހޭ ގޮތަށެވެ. ގޫގުލްއާ ހަވާލާދީ ފެތުރޭ ޚަބަރުތައް ބުނާ ގޮތުގައި، ޕެކޭޖްތަކުގެ އަގުތައް، ހޭދަކޮށްލަން ޖެހިލުންނުވާހައި ކުޑަވާނެ އެވެ.
އެޕްލިކޭޝަން އަޕްޑޭޓްކުރަން ދެން ނޮޓިފިކޭޝަނެއް ނުލިބޭނެ
ގޫގުލް "ފައިލްސް" އަށް ތިޖޫރިއެއް
އެޕްގެލަރީން ލިބޭ ހުރިހާ ފައިސާއެއް ޑިވެލޮޕަރަށް
އެންޑްރޮއިޑް 11: ފޯނުގެ ފަހަތުގައި ދެ ޓަކި ޖަހާލާ
ބޭނުންނުކުރާ އެޕްލިކޭޝަނެއް ފޯނުގައި އެބަ އިންތަ؟
"ސެންޑް އެނީވެއާ": ފައިލްތައް ޝޭއާކުރުމަށް
އެންޑްރޮއިޑް ބައެއް އެޕްލިކޭޝަން އުސޫލުތަކާ ޚިލާފު
ގޫގުލް ހޭންގްއައުޓްސް ނޮވެމްބަރުގައި ހުއްޓާލަނީ
ވާހަކަ އެޕް "އޯލަ" މިހާރު ޑައުންލޯޑް ކުރެވޭނެ!
"ކްލަބްހައުސް" އެންޑްރޮއިޑަށް އައުން ލަހެއް ނުވާނެ