Roadha Mihaaru
އެޕްގެލަރީން ލިބޭ ހުރިހާ ފައިސާއެއް ޑިވެލޮޕަރަށް

ވާވޭ އެޕްގެލަރީން ވިކޭ އެޕްލިކޭޝަންތަކުން ލިބޭ ހުރިހާ ފައިސާއެއް ޑިވެލޮޕަރަށް

08 މާޗް 2020

ގޫގުލްގެ އެންޑްރޮއިޑް ސާވިސްތަކާ ނުލައި، ވާވޭ ސްމާޓްފޯނުތައް ވިއްކުމަށް އޮތް އެންމެ މޮޅު ގޮތެއް ކަމަށް ވާވޭ އަށް ވިސްނިފައި ވަނީ، އަމިއްލަ އެޕްލިކޭޝަން ސްޓޯރެއް އުފެއްދުމެވެ. އެއީ ވާވޭ "އެޕްގެލަރީ" އެވެ. އަމިއްލަ އެޕް ސްޓޯރެއް އުފެއްދުމަށް ވާވޭ އަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިވެލޮޕަރުންގެ ރުހުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޫގުލްގެ އެންޑްރޮއިޑް ސާވިސްތަކާ ނުލައި، ވާވޭ ސްމާޓްފޯނުތައް ވިއްކުމަށް އޮތް އެންމެ މޮޅު ގޮތެއް ކަމަށް ވާވޭ އަށް ވިސްނިފައި ވަނީ، އަމިއްލަ އެޕްލިކޭޝަން ސްޓޯރެއް އުފެއްދުމެވެ. އެއީ ވާވޭ "އެޕްގެލަރީ" އެވެ. އަމިއްލަ އެޕް ސްޓޯރެއް އުފެއްދުމަށް ވާވޭ އަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިވެލޮޕަރުންގެ ރުހުމެވެ.

އެޕްގެލަރީގެ ނަމުގައި އެންޑްރޮއިޑް އެޕްލިކޭޝަން ސްޓޯރެއް އުފެއްދުމަށް ވާވޭ ކުރާ މަސައްކަތްތަކަށް ތަރުހީބު ދިނުމަށް، ޗައިނާގެ ސްމާޓްފޯން ކުންފުނިތަކުން ވަނީ އެއްބަސްވެފަ އެވެ. ވާވޭ އެޕްގެލަރީ އުފެއްދުމަށް މި ކުންފުނިތަކުން ހޭދަކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވާވޭ އެންޑްރޮއިޑް ސްމާޓްފޯނުތައް، ގޫގުލްއާ ނުލައި، ދުނިޔޭގައި ހިންގުމަށް އޮތް އެންމެ ބޮޑު މަސައްކަތަކީ، އެޕްގެލަރީ އަށް އެޕްލިކޭޝަން އުފައްދައިދޭނެ ޑިވެލޮޕަރުން ހޯދުމެވެ. ޑިވެލޮޕަރުންގެ ހިތްތައް ފަތަހަކުރުމަށް ވާވޭ މިހާރު ކޮށްގެން އުޅޭ ކަމަކީ، އެޕްލިކޭޝަންތަކުން ލިބޭ ހުރިހާ ފައިސާއެއް، އެ އެޕްލިކޭޝަނެއް އުފެއްދި ބަޔަކަށް ދިނުމެވެ. އެއީ ވާވޭ އަށް އެއްވެސް ފައިދާއެއް ނޯންނަ ގޮތަށެވެ.

ގޫގުލް ޕްލޭ ސްޓޯރުގައި ވިކޭ ކޮންމެ އެޕްލިކޭޝަނަކުން 30 ޕަސެންޓް ގޫގުލް އަށް ދޭން ޖެހެ އެވެ. އެޕަލް އަށް ހަމަ މިވަރު ދޭން ޖެހެ އެވެ. ވާވޭ އިން ނިންމާފައި ވަނީ ދެ އަހަރު ވަންދެން އެއްވެސް ފައިސާއެއް ޑިވެލޮޕަރުންގެ އަތުން ނުނަގާށެވެ. އެހެން ނަމަވެސް، ދެ އަހަރަށް ފަހު، ކޮންމެ ވެސް ޕަސެންޓެއް ވާވޭ ނެގި ނަމަވެސް، ޑިވެލޮޕަރުން ހިތްފުރޭ ވަރުގެ އަދަދެއް އެ މީހުންނަށް ދޭން ވަނީ ޕޮލިސީގައި ކަނޑައަޅައި ނިންމާފަ އެވެ.