Roadha Mihaaru
ސްމާޓްފޯން މާކެޓްގައި ދެވަނަ ޖާގަ ވާވޭ އަށް

ސްމާޓްފޯން މާކެޓްގައި ދެވަނަ ޖާގަ ވާވޭ އަށް

16 ސެޕްޓެމްބަރ 2017

ސްމާޓްފޯން މާކެޓަށް އެންމެ ގިނަ ފޯނު ނެރެނީ ސެމްސަންގް އިންނެވެ. ސްމާޓްފޯން މާކެޓްގައި އެއްވަނަ ކުންފުންޏަކީ އެއީ އެވެ. ދެވަނަ ދަރަޖަ، ދާދިމިދާކަށް ދުވަހާ ޖެހެދެން އޮތީ އެޕަލް އަށެވެ. މާކެޓްގައި ދެވަނަ އަށް މިހާރު ލިސްޓްކުރެވިފައި ވަނީ ވާވޭ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯން މާކެޓަށް އެންމެ ގިނަ ފޯނު ނެރެނީ ސެމްސަންގް އިންނެވެ. ސްމާޓްފޯން މާކެޓްގައި އެއްވަނަ ކުންފުންޏަކީ އެއީ އެވެ. ދެވަނަ ދަރަޖަ، ދާދިމިދާކަށް ދުވަހާ ޖެހެދެން އޮތީ އެޕަލް އަށެވެ. މާކެޓްގައި ދެވަނަ އަށް މިހާރު ލިސްޓްކުރެވިފައި ވަނީ ވާވޭ އެވެ.

ވާވޭ އަކީ ޗައިނާގެ ސްމާޓްފޯން ކުންފުންޏެކެވެ. ވާވޭ ކުރިއަރައިގެން އަންނަ ބާރު މިން ވެފައި ވަނީ އެމެރިކާ އަށް އުނދަގުލަކަށެވެ. ގޫގުލް ވެސް އެކަމާ ކަންބޮޑުވެ އެވެ. ވާވޭ ނައްތާލައިގެން ނޫނީ ގޫގުލް އަށް ދެމިނޯވެވޭނެ ކަމަށް ވެސް ގޫގުލްއިން ކުރިން ބުންޏެވެ. ނަމަވެސް ވާވޭއާ ގުޅުން ބަދަހިކުރުމުން ގޫގުލް އަށް ލައްކަ ފައިދާވާކަން މިހާރު ވަނީ އެނގިފަ އެވެ.

ސްމާޓްފޯން މާކެޓްގައި ވާވޭ އަށް ދެވަނަ މި ވަގުތަށް ލިބިފައި އޮތް ނަމަވެސް، އެއީ ވަގުތީ ދަރަޖައެއް ކަމަށް ދިރާސާކުރާ މީހުން ދެކެ އެވެ. އެޕަލް އިން ބާރުގަދަ ފޯނުތަކެއް މާކެޓާށް ނެރެން ތައްޔާރުވެފައި ވާއިރު، ސްމާޓްފޯން މާކެޓުން ދެވަނަ އެޕަލް އަށް ނުލިބި ނުދާނެ އެވެ. ނަމަވެސް ވާވޭ ހޯދަމުން އަންނަ ހައިސިއްޔަތަށް ބަލާއިރު، އެއީ އެޕަލް އަށް އުނދަގޫކުރާނެ ކުންފުންޏެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އެޕަލް އަށް ވުރެ ކުރި އަށް ޖެހިލައި، ސްމާޓްފޯން މާކެޓުން ދާއިމަށް ޖާގައެއް ހޯދަން ވާވޭ ކުރަން ޖެހޭ މަސައްކަތް އެހާ ގިނަ ނޫން ކަމަށް މަސްރަހު ދިރާސާކުރާ މީހުން ގަބޫލުކުރެ އެވެ. ދުނިޔޭގެ މާކެޓްތަކަށް ބަލާއިރު ވާވޭ އަށް ތަނަވަސްކަން ކުޑަ ގައުމުތަކަށް ފޯނު ތައާރުފުކުރުން މުހިންމު ކަމަކަށް ވާނެ ކަމަށް ދިރާސާކުރާ މީހުން ބުނެ އެވެ.