15 ޖެނުއަރީ 2020
އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މި ސަރުކާރުން ބުންޏަސް އެކަން ނުކުރާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މި ސަރުކާރުން ބުންޏަސް އެކަން ނުކުރާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެ، ޓުވީޓް ކުރެއްވީ ޓްރާންޝިޕްމަންޓް ބަނަދަރަށް އިންވެސްޓްކުރާނެ ބަޔަކު ހޯދަން އެކި ގައުމުތަކާ އެކު މި ސަރުކާރުން ވާހަކަ ދައްކަމުން އަންނަ ކަމަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
"އިންވެސްޓްމެންޓްތަައް ހޯދުމަށްޓަކައި އަޅުގަނޑުމެން މިހާރު ވެސް މިދަނީ އަޅުގަނޑުމެންނާ ގުޅުން ހުރި ގައުމުތަކާ ވެސް ވާހަކަ ދައްކަމުން. އޭގެ ތެރޭގައި ސައުދީ އެރެބިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް [ޔޫއޭއީ]، އިންޑިއާ، އެމެރިކާ އަދި މިފަދަ ތަންތަނުގެ އިންވެސްޓަރުންނާ ވެސް ވާހަކަ ދައްކަމުން މިދަނީ،" ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅުވައިގެން އެމްޑީޕީން ބޮޑުތިލަދުންމަތީގައި މިހާރު ކުރާ ކެމްޕެއިންގައި ފައްޔާޒް ވިދާޅުވި އެވެ.
Transhipment bandharakun Raajje ah adhi ves bodu faidhaaeh vaane: Fayyaz
The most trusted news source in the Maldives
Mihaaru
ޓްރާންޝިޕްމަންޓް ބަނދަރަކުން ރާއްޖެ އަށް އަދިވެސް ބޮޑު ފައިދާއެއް ނެގޭނެ: ފައްޔާޒް
އޭނާގެ އެ ވާހަކަތަކާ ގުޅިގެން، މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ރައީސް ސައީދު ކުރެއްވި ޓުވީޓެއްގައި ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ، "އެ ޕްރޮޖެކްޓެއް މި ސަރުކާރުން ކުރިއަކަށް ނުގެންދާނެ" ކަމަށެވެ.
"އިހަވަންދިއްޕޮޅާއި ފާފު އަތޮޅުގެ ބިޔަ މަޝްރޫއު ހުއްޓުވީ ކޮން ބައެއް ކަން ދިވެހި ރައްޔިތުންނަކަށް ނޯޅޭނެ. ޓްރާންޝިޕްމަންޓާ އެކު އައިހެވަންގެ މާސްޓަޕްލޭން އަދި ފީޒިބިލިޓީ ސްޓަޑީޒް ވާނީ ނިމިފައި،" ޓްރާންޝިޕްމަންޓް ބަނދަރުގެ މާސްޓަޕްލޭނާއި ކުރެހުންތަކާ އެކު ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅާއި، ފާފު އަތޮޅުގެ ބިޔަމަޝްރޫޢް ހުއްޓުވީ ކޮންބައެއްކަން ދިވެހިރަތްޔިތުންނަކަށް ނޯޅޭނެ. ޓްރާންޝިޕްމަންޓާއި އެކު އައިހެވަންގެ މާސްޓަޕްލޭން އަދި ފީޒިބިލިޓީސްޓަޑީޒް ވާނީނިމފަ. އެޕްރޮޖެކްޓެއް މިސަރުކާރުންކުރިއަކަށްނުގެންދާނެ. pic.twitter.com/1LHc0sgUNm
— Mohamed Saeed (@em_saeed) January 15, 2020
ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދުގެ ޓުވީޓް
މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެސް ސައީދު ވިދާޅުވެފައި ވަނީ އިހަވަންދިއްޕޮޅު ތަރައްގީ ނުކުރަން އެމްޑީޕީން ބަޔަކަށް ވައުދުވެފައިވާ ކަމަށެވެ. އެކަމަކު، އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ސައީދު އޭރު ވެސް ވިދާޅުވީ، އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ ވައުދު ފުއްދުމުގެ ގާބިލްކަން އެމްޑީޕީގެ ކިބައިގައި ނުހުންނާނެ ކަމަށެވެ.
"އިހަވަންދިއްޕޮޅު ތަރައްގީ ކުރައްވާނީ ހަމަ ރައީސް ޔާމީން،" 2018 ގެ ރިޔާސީ ކެމްޕެއިންގެ ފޯރީގެ ދުވަސްވަރު ސައީދު ވިދާޅުވެފައި ވެ އެވެ.
PPM ge menifesto: Raajjeyge dhekolhugai 2 "Male"
The most trusted news source in the Maldives
Mihaaru
ޕީޕީއެމްގެ މެނިފެސްޓޯ: ރާއްޖޭގެ ދެކޮޅުގައި ދެ "މާލެ"
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް "އައިހެވަން" ގެ ނަމުގައި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއްގެ މަސައްކަތް ފެށުމުގެ ވާހަކަތައް ވަރަށް އުންމީދާ އެކު ދެއްކި އެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ މެނިފެސްޓޯގައި ވެސް އެ މަޝްރޫއުގެ ވާހަކަ ހިމަނާފައި އޮތެވެ. ދެންމެދެންމެ ފެށިދާނެ ކަމަށް ބެލެވުނު އެ މަޝްރޫއަށް އަމަލީ ސިފައެއް ނައި ސަބަބެއް ޔާމީންގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު ވެސް ނޭނގެ އެވެ.
Iheavan mashroou ge master plan nimijje: Raees Yaamin
The most trusted news source in the Maldives
Mihaaru
އައިހެވަން މަޝްރޫއުގެ މާސްޓާޕްލޭން ނިމިއްޖެ: ރައީސް ޔާމީން
ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ވަނީ ޓްރާންޝިޕްމަންޓް ބަނދަރުގެ މާސްޓަ ޕްލޭނާއި ފީސިބިލީ ސްޓަޑީ ވެސް ނިންމާފައި ކަމަށް އެމަނިކުފާނުގެ އެންމެ ފަހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
ޔާމީންގެ ސަރުކާރުން ހޭދަކޮށްގެން ޓްރާންޝިޕްމަންޓް ބަނދަރުގެ މާސްޓަ ޕްލޭންގެ މަސައްކަތް ކުރީ ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުނިންނެވެ. އަދި ފީސިބިލިޓީ ހެދީ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ) އިންނެވެ.
އެކަމަކު، މި ސަރުކާރުން ވެސް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން އަނެއްކާ އެކަމަށް ބޮޑު ޚަރަދެއް ކޮށްގެން ދިރާސާއެއް ވަނީ ފަށައިފަ އެވެ.
ތިލަދުންމަތީގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގެ ފަހު ދުވަސްވަރު އެވެ. އެކަމަކު، އެމަނިކުފާނުގެ ވެރިކަން ވެސް ނިމުނީ އެކަމުގައި ނަތީޖާއެއް ނުދެއްކި އެވެ.
އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި އެންމެ ބާރަށް އަދި އެންމެ ބޮޑަށް އުންމީދު ދެއްވި އެއް މަޝްރޫއެވެ.
އެމަނިކުފާނުގެ ވެރިކަމަށް އަހަރެއް ފުރުނު ފަހުން، މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ވަނީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމަށް ލަފާ ހޯދަން 13.2 މިލިއަން ރުފިޔާ އަށް، ނެދަލެންޑްސްގެ އެމްޓީބީއެސް އާއި ޑެންމާކުގެ ނީރާސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާ ހަވާލުކޮށްފަ އެވެ. އެ ކުންފުންޏާ އެކު ކޮންސަލްޓެންސީ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ޑިސެމްބަރު 19 ގައި ސޮއިކޮށްފަ އެވެ.
Transshipment bandharah lafaa hoadhumah beyru bayakaa havaalukoffi
The most trusted news source in the Maldives
Mihaaru
ޓްރާންޝިޕްމަންޓް ބަނދަރަށް ލަފާ ހޯދުމަށް ބޭރުގެ ބަޔަކާ ހަވާލުކޮށްފި
މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން އިހަވަންދިއްޕޮޅާއި ލާމު އަތޮޅުން ހުވަދޫ ކަނޑާ ކައިރިން ބަނދަރު ހެދުމަށް އެންމެ އެކަށީގެންވާ ސަރަހައްދެއް ހޯދުމަށް ފީޒިބިލިޓީ ބަލާނެ އެވެ. އަދި ފީޒިބިލިޓީ އަށް ބެލުމަށް ފަހު ޕްރޮޖެކްޓު ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ދިރާސާތައް ވެސް އެ ކުންފުނިން ކުރަން ޖެހޭނެ އެވެ.
އެމްޑީޕީން އިހަވަންދިއްޕޮޅު ތަރައްގީއެއްނުކުރާނެ: ސައީދު
ހަ މަސް ވެއްޖެ، ސަރުކާރުގެ ދުވެލި ކިހިނެއް؟
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
އައްޑޫގައި ހިންގާ މަޝްރޫއެއް ނުފެނުނު: ސައީދު
އިދިކޮޅުން "ސީ"އެކޭ ބުނި ނަމަ ވިސްނާނަން: ފައްޔާޒު
ފައިސާ ޗާޕުކޮށް، ސަރުކާރު ހިފެހެއްޓުން ނުރައްކާ:ސައީދު
ޕޯޓް ހަދަން ރަނގަޅީ ތިލަފުށި: ސައީދު
ދައުލަތް އޮޅުންބޮޅުންވެ، ކޮތަރުކޮށި ރަނަށް: އިދިކޮޅު
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން