Roadha Mihaaru
ރަޖިސްޓްރީނުކުރާ ޑިންގީ ގިނަވެ، މައްސަލައަކަށް!

ރަޖިސްޓްރީނުކުރާ ޑިންގީ ގިނަވެ، މައްސަލައަކަށް!

07 ޖެނުއަރީ 2020

ބ. އަނގަފަރު ކައިރީގައި މިދިއަ ހުކުރުދުވަހުގެ ރޭ ހިނގި އެކްސިޑެންޓާ އެކު، އެހެން ކަމެއް ފެންމަތިވެއްޖެ އެވެ: މަސްވެރިކަމަށާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ ރަޖިސްޓްރީނުކުރާ އުޅަނދުފަހަރުގެ މައްސަލަ އެވެ.

ބ. އަނގަފަރު ކައިރީގައި މިދިއަ ހުކުރުދުވަހުގެ ރޭ ހިނގި އެކްސިޑެންޓާ އެކު، އެހެން ކަމެއް ފެންމަތިވެއްޖެ އެވެ: މަސްވެރިކަމަށާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ ރަޖިސްޓްރީނުކުރާ އުޅަނދުފަހަރުގެ މައްސަލަ އެވެ.

އެ ނުރައްކާތެރި އެކްސިޑެންޓްގައި، ލޯންޗަކާއި މަސްވެރިކަމަށް ނުކުމެ އުޅުނު ޑިންގީއެއް ޖެހި، ޑިންގީގައި އިން ނަސްރުﷲ އަބްދުﷲ، 41، ވަނީ ގެއްލިފަ އެވެ. އެމްއެންޑީއެފް އާއި ކައިރި ބައެއް ރިސޯޓްތަކުގެ ޑައިވަަރުން، އެ ސަރަހައްދު ބަލަމުން އައި ނަމަވެސް އޭނާ އާއި، އެކްސިޓެންޑްގައި ދެ ފަޅިވެ، އަޑިއަށް ދިޔަ ޑިންގީގެ ހަބަރެއް އަދި ނުވެ އެވެ.

އެކްސިޑެންޓް ވީ، ބ. ކަމަދޫން އޭދަފުއްޓަށް ދިިޔަ އޭދަފުށީގެ ލޯންޗަކުން، ޑިންގީގައި ޖެހިގެންނެވެ. މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި އެ ޑިންގީގައި އެއްވެސް ލައިޓެއް ނެތެވެ. އެކްސިޑެންޓްވި އިރު ޑިންގީ ވެސް ދިޔައީ ދަތުރުކުރަމުން ކަމަށްވެ އެވެ.

ޑިންގީގައި ސަލާމަތީ ގޮތުން ހަރުކުރަން ޖެހޭ ލައިޓް ނެތުން އެކަންޏެއް ނޫނެވެ. އެމްއެންޑީއެފުން އާންމުކުރި ޑިންގީގެ ފޮޓޯ އިން ފެންނަ ގޮތުގައި އޭގައި ރަޖިސްޓްރީ ނަންބަރެއް ވެސް ނެތެވެ. އެކަމަކު އެއީ ކޮން އިރަކު ނަގާފައި އޮތް ފޮޓޯއެއްކަން ނޭނގޭތީ، އެ ޑިންގީ ރަޖިސްޓްރީނުކުރާ ކަމެއް ނުވަތަ ދުއްވަނީ ރަޖިސްޓްރީކޮށްގެން ކަމެއް ބުނާކަށް ނޭނގެ އެވެ.

އެއީ އެ ހާދިސާގައި ސަލާމަތްވި، ދަރަވަންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަޒީފުގެ ޑިންގީއެއް ކަމަށް ބުނެވެ އެވެ. ދެން އޭގައި މަސްވެރިކަމަށް ނުކުމެ އުޅުނީ އަބްދުއް ސަމީއު އެވެ. މިއީ ނަސްރުﷲގެ އަންހެނުންގެ ދެ ބޭބެ އެވެ.

އަނގަފަރު ކައިރިން މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ފެރީ ޖެހުނު ޑިންގީ.

އަނގަފަރު ކައިރިން މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ފެރީ ޖެހުނު ޑިންގީ.

ރާއްޖޭގެ ކަނޑުއުޅަނދުފަހަރާ ބެހޭ ގާނޫނާއި ގަވާއިދު ބުނާ ގޮތުން، ރަޖިސްޓްރީނުކޮށް ކަނޑު އުޅަނދެއް ނުދުއްވޭނެ އެވެ. އަދި އުޅަނދު ކުޑަޔަސް އަދި ބޮޑަސް، ކަނޑަށް ނުކުންނަ ކަމަށް ވާ ނަމަ ސަލާމަތީ ގޮތުން ވަކި ކަންކަން ފުރިހަމަ ވާން ޖެހެ އެވެ. އެންމެ ކުޑަމިނުން، ރޭގަނޑު ދިއްލާފައި ހުންނަ ލައިޓާއި ދަތުރުކުރާ މީހުންނަށް ބޭނުންވާ ލައިފްޖެކެޓް ފަދަ ސާމާނު އޭގައި ހުންނަން ޖެހެ އެވެ.

މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެކްސިޑެންޓްވި ޑިންގީގައި އެއްވެސް ލައިޓެއް ނެތެވެ. އެހެންކަމުން ރޭގަނޑު ދަތުރުކުރުމަކީ، ހާއްސަކޮށް ބ. އަތޮޅު ފަދަ މިހާރު ކަނޑުދަތުރު ގިނަ ސަރަހައްދެއްގައި، އެހާ ފަސޭހަކޮށްލައިގެން އުޅުމަކީ، ތަޖުރިބާކާރުން ބުނާ ގޮތުގައި، ވަރަށް ބޮޑު ނުރައްކަލެކެވެ.

ރަޖިސްޓްރީކުރުމެއް ނެތި މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ އަދަދެއްގެ ޑިންގީ ބޭނުންކުރާ ކަމަށް، އެކި ފަރާތްތަކުން ބުނެ އެވެ. އެ ޑިންގީތައް ބޭނުންކުރަނީ ހަމައެކަނި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމަށް އެކަންޏެއް ނޫނެވެ. އަގު ނަގައިގެން ދަތުރުފަތުރު ވެސް ކުރެ އެވެ.

"ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނު" ބުނާ ގޮތުން "ދިވެހިރާއްޖޭގައި އުފައްދާ ކަނޑުގައި ދުއްވާ އުޅަނދުތަކާއި ރާއްޖެއިން ބޭރުން ގެންނަ، އެހެން ގައުމެއްގައި ރަޖިސްޓްރީކުރެވިފައި ނުވާ، ކަނޑުގައި ދުއްވާ އުޅަނދުތަައް، ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ތެރޭގައި ދުއްވަން ވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސްގައި ރަޖިސްޓްރީކޮށްގެންނެވެ."

މި ގާނޫނުގެ ދަށުން ހަދާފައިވާ ތަފުސީލީ ގަވާއިދުގައި، އެ އުޅަނދުތަކުގައި ހުންނަން ޖެހޭނެ ސަލާމަތީ ވަސީލަތްތައް ވެސް ބަޔާންކޮށްފައިވެ އެވެ. ނަސްރުﷲ ގެއްލުނު އެކްސިޑެންޓްވި ޑިންގީގެ ސައިޒަަށް ބަލާ ނަމަ، އޭގައި އެންމެ ކުޑަވެގެން ހުދު ލައިޓެއް ހުންނަން ޖެހެ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި ޑިންގީތައް ރަޖިސްޓްރީނުކުރަނީ ސަލާމަތީ ސެޓްފިކެޓް ހޯދަން ޖެހުމާއި އެކަމަށް ހަރަދެއް ވެސް ހިނގާނެތީ އެވެ. އެކަމަކު އަގު ނަގައިގެން އެކި ތަންތަނަށް މީހުން އުފުލުން ފަދަ މުއާމަލާތްތައް ވެސް، އެކި ރަށްރަށުގައި ޑިންގީ ދުއްވާ މީހުން ކުރަމުން އަންނަ އިރު، އެއީ ކައުންސިލްތަކުން ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކަމެއް ކަމަށް، ބައެއް މީހުން ބުނެ އެވެ.

"މިހާރު އެއްވެސް ގޮތަކުން ކައުންސިލްތަކުން އަޅައެއްނުލާ. ރަޖިސްޓްރީކޮށްގެން ގަވާއިދުން ލޯންޗު ދުއްވާ މީހުންނެކޭ، ރަޖިސްޓްރީނުކޮށް ދުއްވާ މީހުންނެކޭ އެއްފަދަ،" އެއީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް ވާހަކަ ދެއްކި މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

"ރަޖިސްޓްރީނުކޮށެއް އެއްވެސް އެއްޗެއް ނުއެއް ދުއްވޭނެ. ފިޔަވަޅު އެޅެން ޖެހޭނެ. އެހެން ނޫނީ އެއް ބަޔަކު ގާނޫނުތަކާ ހިލާފުވާ އިރު ވެސް ބަލަން ތިބެން ޖެހޭނީ."

ބައެއް މީހުން ބުނާ ގޮތުގައި ޑިންގީތައް ރަޖިސްޓްރީނުކުރަނީ ސަލާމަތީ ސެޓްފިކެޓް ހޯދަން ޖެހުމާއި އެކަމަށް ހަރަދެއް ވެސް ހިނގާނެތީ އެވެ. އެކަމަކު އަގު ނަގައިގެން އެކި ތަންތަނަށް މީހުން އުފުލުން ފަދަ މުއާމަލާތްތައް ވެސް، އެކި ރަށްރަށުގައި ޑިންގީ ދުއްވާ މީހުން ކުރަމުން އަންނަ އިރު، އެއީ ކައުންސިލްތަކުން ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކަމެއް ކަމަށް، ބައެއް މީހުން ބުނެ އެވެ.

މިހާރު އޮންނަ ގަވާއިދުގައި ރާއްޖޭގައި ދުއްވާ ކަނޑު އުޅަނދުފަހަރު އަމަލްކުރަން ޖެހޭ ކަންކަން ވަރަށް ތަފުސީލުކޮށް ލިއެފައިވެ އެވެ. އެންމެ ކުޑަވެގެން ދަތުރުކުރާ ކޮންމެ މީހަކަށް ގެންދަން ޖެހޭ ބޯ ފެނުގެ މިންވަރު ވެސް ހިމަނާފައިވެ އެވެ.

މަސްވެރިކަމަށް މާލޭގައި ޑިންގީއެއް ދުއްވާ މީހަކު ބުނީ، ކުޑަކަޑަ އުޅަނދެއް ބޭނުންކުރަން ސަލާމަތީ ސެޓްފިކެޓް ހޯދަން ކުރަން ޖެހޭ މަސައްކަތް ނިސްބަތުން ބޮޑު ކަމަށެވެ. އެ ސަބަބާ ހެދި ގިނަ މީހުން ސަލާމަތީ ސެޓްފިކެޓް ނުހޯދައި، ޑިންގީތައް ބޭނުންކުރާ ކަމަށް އޭނާ ބުންޏެވެ.

"ބައެއް މީހުންނަށް އުނދަގުލީ ކުރަން ޖެހޭ މަސައްކަތް. ސަލާމަތީ ސެޓްފިކެޓް ހޯދަންޏާ އެވެނި މިވެނި ކަމެއް ކުރަން ޖެހޭ. އެހާ ފަސޭހައެއް ނޫން،" ހަފުތާގެ ބަންދު ދުވަސްދުވަހު މާލެ ކައިރިން މަސްވެރިކަމަށް ނުކުންނަ އެ މީހާ، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

އެކަމަކު ރަޖިސްޓްރީ ނުކޮށް އެއްވެސް އެއްޗެއް ދުއްވުމަކީ މަނާ ކަމަކަށް ވާއިރު އަދި ސަލާމަތީ އެއްވެސް ފިޔަވަޅެއް ނެތިގެން ނުރަައްކާތެރި އެކްސިޑެންޓްތައް ހިނގާ އިރު، މިއީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ މައްސަލައެއް ކަމަށް، ރަޖިސްޓްރީކޮށްގެން ލޯންޗުފަހަރު ދުއްވާ ބައެއް މީހުން ބުނެ އެވެ.