07 ޖެނުއަރީ 2020
ބ. އަނގަފަރު ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ގެއްލިގެން ހޯދާ ނަސްރުﷲ އަބްދުﷲ އިން ޑިންގީގެ ބައެއް ކަނޑު އަޑިން މިއަދު ހެނދުނު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ބ. އަނގަފަރު ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ގެއްލިގެން ހޯދާ ނަސްރުﷲ އަބްދުﷲ އިން ޑިންގީގެ ބައެއް ކަނޑު އަޑިން މިއަދު ހެނދުނު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ސިފައިން ބުނީ، ނަސްރުﷲ 41، އާއި އޭނާގެ އަންހެނުންގެ ދެ ބޭބެ ތިއްބައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީގެ ބައިތަކެއް ފެނުނުނީ މިއަދު ކުރި ޑައިވްގައި ކަމަށެވެ. އެ ތަކެތި ފެނުނީ އަނގަފަރާއި ދޮންފަނާ ދެމެދުން 40 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ޑިންގީގެ ބައިތައް ފެށުނީ ދޮންފަނުގެ ހުޅަނގުން 0.35 ނޯޓިކަލް މޭލު ބޭރުންނެވެ.
"ޑިންގީގެ އިންޖީނުގެ މަތިގަނޑު ޑައިވަރުން ނަގާފައިވޭ، އިންޖީނުގެ މަތިގަނޑަކީ ޑިންގީ އަށް ނިސްބަތްވާ ތަކެތި ތޯ ދަނީ ބަލަމުން،" އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި އެވެ.
ދަރަވަންދޫން މަހަށް ނުކުތް ޑިންގީ އެކްސިޑެންޓުވީ ކަމަދޫން އޭދަފުއްޓަށް ދަތުރުކުރި، އޭދަފުށީ ސޭލަމް ލޯންޗު ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ކަނޑަށް ވެއްޓި ގެއްލުނު ނަސްރުﷲ ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
އެކްސިޑެންޓުވި ލޯންޗުގެ ކެޕްޓަން އޭދަފުށީ ޝަބްނަމްގޭ މުހައްމަދު މުސްތަފާ އަށް ވެސް ވަރަށް ބޮޑަށް އަނިޔާވެ އައިޖީއެމްއެޗުގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ވާތު ލޮލުގެ ތިރިން މޫނުގެ ކަށިތައް ވަނީ ބިންދައިގެން ގޮސްފަ އެވެ. އެހެންވެ، މުސްތަފާގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް އޭނާގެ އާއިލާ އިން ބުނެފައި ވެ އެވެ.
މުސްތަފާގެ އިތުރުން، ލޯންޗުގައި އިން ބަންގްލަދޭޝްގެ ފަޅުވެރިޔާގެ ވާތު ކަންފަތުން ބައެއް ވަކިވި އެވެ. އޭނާގެ ކަންފަތުގެ އެ ބައި ވަނީ ފަހައިފަ އެވެ.
ޑިންގީގައި ތިބި ދެ މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވެގެން ދަރަވަންދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނެވެ.
ގެއްލިގެން ހޯދަމުން އަންނަ އޭދަފުށީ ނަސްރުﷲ
ޑިންގީގައި ތިބީ، އޭދަފުށީ މުސްތަރީގޭ ނަސްރުﷲގެ އަންހެނުންގެ ދެ ބޭބެ ކަމަށްވާ އަބްދުއް ސަމީއު އާއި މުހައްމަދު ނަޒީފެވެ. ނަޒީފަކީ ދަރަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އެވެ.
އެ ދެ މީހުންގެ ތެރެއިން އެންމެ ބޮޑަށް ޒަހަމްވީ ނަޒީފަށެވެ. އޭނާގެ އަނގައިގެ މަތީ ދެ ދަތް ބިންދައިގެން ދިއުމުގެ އިތުރުން ތިރީ ތުންފަތް ވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ވެ އެވެ. އަދި ކަނާތު ފައި ވަރަށް ބޮޑަށް ޒަޚަމް ވެ، ކަނާތު ލޯ މަތިން ފުދޭވަރަކަށް ދުޅަވެފައިވާ ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފައި ވެ އެވެ.
ކުޑަ ދެ އަންހެން ކުދިންގެ ބައްޕަ ނަސްރުﷲ އުޅެނީ ދަރަވަންދޫ މީހަކާ އިނދެގެންނެވެ. މާލޭގެ ބްރައިޓް ބްރަދާސްގައި ވަޒީފާ އަދާކުރާ ނަސްރުﷲ ރަށަށް ގޮސް އުޅުނީ މި ފަހަރުގެ ބޮޑު ޗުއްޓީ އަށެވެ.
ލޯންޗު ޖެހުނީ ނަސްރުﷲ އިން ޑިންގީގެ ފަހަތުގައި
ނަސްރުﷲ ހޯދުމަށް ހެލިކޮޕްޓަރާއި ރޮބަޓް ބޭނުންކުރަނީ
ގެއްލުނު މީހާ ވެސް، ޑިންގީ ވެސް އަދި ނުފެނޭ
ލޯންޗަކާއި ޑިންގީއެއް ޖެހި، މީހަކު ގެއްލިއްޖެ
ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް
ކައްޕި ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ކައްޕި އަދިވެސް ނުފެނޭ، ގެއްލުނު ގޮތް ތަހުގީގު ކުރަނީ
ފަރަށް އެރި ދޯންޏެއްގެ ދިވެހި ކައްޕި ގެއްލިއްޖެ
ސުމެއިދު ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރުގައި ފަށައިފި
ޑިންގީއެއް ބަންޑުން ޖަހާލައި،ފުލުހަކު ގެއްލިގެން ހޯދަނީ