08 ޖެނުއަރީ 2020
ބ. އަނގަފަރު ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ނަސްރުﷲ އަބްދުﷲ ގެއްލުނު ހާދިސާގައި ލޯންޗުން ޖެހިފައިވާ ކަމަށް ބެލެވެނީ ޑިންގީގެ ފަހަތުން ކަނާތް ފަރާތު އަރިމަތީގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ބ. އަނގަފަރު ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ނަސްރުﷲ އަބްދުﷲ ގެއްލުނު ހާދިސާގައި ލޯންޗުން ޖެހިފައިވާ ކަމަށް ބެލެވެނީ ޑިންގީގެ ފަހަތުން ކަނާތް ފަރާތު އަރިމަތީގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ނަސްރުﷲ ގެއްލުނު އެކްސިޑެންޓް ހިނގި ގޮތާ ބެހޭ ގޮތުން އެމްއެންޑީއެފުން މިހެން ބުނީ އޭނާ ދަތުރުކުރި ޑިންގީ ކަނޑު އަޑިން މިއަދު ނެގުމަށް ފަހުގަ އެވެ. ޑިންގީ އެހެލުމަށް ފަހު ނަގާފައިވާ ފޮޓޯއެއް އެމްއެންޑީއެފުން މިއަދު އާއްމުކުރި އެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި ޑިންގީގެ ކަނާތްފަރާތުން ފަހަތުގައި ލޯންޗުން ޖެހުމުގެ ސަބަބުން ބޮޑު ބައެއް ބިންދައިގެން ގޮސް ތެރެއަށް ލެނބިފަ އެވެ. އަދި ޑިންގީ ދުއްވާ މީހުން އިށީންނަ ތަނުގެ ކަނާތް ފަރާތް ވެސް ވަނީ ހަލާކުވެފަ އެވެ.
އެކްސިޑެންޓް ހިނގި އިރު ނަސްރުﷲ އިނީ އެތަނުގައި ކަމަށް ވުން އެކަށީގެންވެ އެވެ. އެކަމަކު އެކަމާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ޑިންގީ ނެގީ ބ. ދޮންފަނުގެ ހުޅަނގުން ބައި މޭލު ބޭރުން ކަނޑުގެ 46 މީޓަރު އަޑިން ކަމަށެވެ. ޑިންގީގެ ބައިތައް ސިފައިން އިއްޔެ ހޯދި ނަމަވެސް ނަސްރުﷲ އަދި ވެސް ނުފެނެ އެވެ.
އޭނާ ހޯދަން ސިފައިން ކުރި މަސައްކަތުން މިހާތަނަށް ފެނިފައި ވަނީ ޑިންގީއާއި އޭގެ އިންޖީނުގެ ކަވަރުފަޅިއެއް އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް ސާމާނެވެ.
ނަސްރުﷲ ގެއްލުނު އެކްސިޑެންޓް ހިނގީ އޭނާގެ އަންހެނުންގެ ކޮއްކޮއަކާއި ބޭބެއަކާ އެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މިދިޔަ ހުކުރުވިލޭރޭގެ ވަގުތެއްގަ އެވެ.
ނަސްރުﷲ ހޯދަން ސިފައިން ކުރި މަސައްކަތުގައި ފެނުނު ބައެއް އެއްޗެހި
ދަރަވަންދޫން މަހަށް ނުކުތް ޑިންގީ އެކްސިޑެންޓުވީ ކަމަދޫން އޭދަފުއްޓަށް ދަތުރުކުރި، އޭދަފުށީ ސޭލަމް ލޯންޗު ޖެހިގެންނެވެ.
ކްސިޑެންޓުވި ލޯންޗުގެ ކެޕްޓަން އޭދަފުށީ ޝަބްނަމްގޭ މުހައްމަދު މުސްތަފާ އަށް ވެސް ވަރަށް ބޮޑަށް އަނިޔާވެ އައިޖީއެމްއެޗުގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ވާތު ލޮލުގެ ތިރިން މޫނުގެ ކަށިތައް ވަނީ ބިނދިފަ އެވެ. އެހެންވެ، މުސްތަފާގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް އޭނާގެ އާއިލާ އިން ބުނެފައިވެ އެވެ.
މުސްތަފާގެ އިތުރުން، ލޯންޗުގައި އިން ބަންގްލަދޭޝްގެ ފަޅުވެރިޔާގެ ވާތު ކަންފަތުން ބައެއް ވަކިވި އެވެ. އޭނާގެ ކަންފަތުގެ އެ ބައި ވަނީ ފަހައިފަ އެވެ.
ކުޑަ ދެ އަންހެން ކުދިންގެ ބައްޕަ ނަސްރުﷲ އުޅެނީ ދަރަވަންދޫ މީހަކާ އިނދެގެންނެވެ. މާލޭގެ ބްރައިޓް ބްރަދާސްގައި ވަޒީފާ އަދާކުރާ ނަސްރުﷲ ރަށަށް ގޮސް އުޅުނީ މި ފަހަރުގެ ބޮޑު ޗުއްޓީ އަށެވެ.
ނަސްރުﷲ އިން ޑިންގީގެ ބައެއް، ކަނޑު އަޑިން ފެނިއްޖެ
ނަސްރުﷲ ހޯދުމަށް ހެލިކޮޕްޓަރާއި ރޮބަޓް ބޭނުންކުރަނީ
ގެއްލުނު މީހާ ވެސް، ޑިންގީ ވެސް އަދި ނުފެނޭ
ލޯންޗަކާއި ޑިންގީއެއް ޖެހި، މީހަކު ގެއްލިއްޖެ
ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް
ކައްޕި ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ކައްޕި އަދިވެސް ނުފެނޭ، ގެއްލުނު ގޮތް ތަހުގީގު ކުރަނީ
ފަރަށް އެރި ދޯންޏެއްގެ ދިވެހި ކައްޕި ގެއްލިއްޖެ
ސުމެއިދު ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރުގައި ފަށައިފި
ޑިންގީއެއް ބަންޑުން ޖަހާލައި،ފުލުހަކު ގެއްލިގެން ހޯދަނީ