31 ޑިސެމްބަރ 2019
ހދ. ކުޅުދުއްފުއްޓަށް މާދަމާ އިން ފެށިގެން ސިޓީއެއްގެ ދަރަޖަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމާފައިވާތީ އެ ރަށުގައި ސިޓީ ކައުންސިލެއް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.
ހދ. ކުޅުދުއްފުއްޓަށް މާދަމާ އިން ފެށިގެން ސިޓީއެއްގެ ދަރަޖަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމާފައިވާތީ އެ ރަށުގައި ސިޓީ ކައުންސިލެއް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުކުރުމާ ގުޅިގެން އެ ރަށުގައި ދެން އިންތިޚާބު ކުރާނީ ސިޓީ ކައުންސިލެއް ކަަމަށެވެ. އަންނަ އޭޕްރީލް މަހުގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ އިރު، ކުރިން ނިންމާފައި އޮތީ ރަށު ކައުންސިލެއް އިންތިޚާބު ކުރާށެވެ.
ސިޓީއެއްގެ ދަރަޖަ ލިބުމާ އެކު ތަފާތަކީ ކުޅުދުއްފުށީގައި ވެސް މޭޔަރަކު އިންތިޚާބު ކުރަން ޖެހުމެވެ. އެ ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވާނީ މޭޔަރަކާއި އަންހެން ދެ ކައުންސިލަރުންނާ އެކު ޖުމްލަ ހަތް ބޭފުޅުންނެވެ. ކުރިން ވެސް ކައުންސިލްގައި ތިއްބެވީ ހަތް މެމްބަރުންނެވެ.
"ކުޅުދުއްފުށީގެ އިންތިޚާބު ދެން ކުރިއަށް ގެންދަން ޖެހޭނީ އެ ރަށް ދާއިރާތަކަކަށް ބަހައިގެން. އެ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން އެ ފެށީ. ލަސްނުވެ ދާއިރާތައް ކަނޑައަޅާނެ،" ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އެރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ގާނޫނު ބުނާގޮތުން، އެ އަދަދަށް މީހުން ހަމަވެއްޖެ ނަމަ ސިޓީއެއްގެ ދަރަޖަށް ދެވޭނެ އެވެ. އެ ރަށް ސިޓީ އަކަށް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ.
މި އަހަރުގެ ކައުންސިލް އިންތިޚާބު އިލެކްޝަންސް އިން ތައްޔާރީތައް ފެށިއިރު، އެ ރަށް ސިޓީއަކަށް ބަދަލުނުކޮށްގެން ބަޔަކު ހިތްހަމަނުޖެހުންފާޅުކުރި އެވެ.
ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ ސިޓީ ތަކަކީ މާލެ އާއި އައްޑޫ އަދި ފުވައްމުލަކެވެ.
ބާރުތައް އަތުލުން ރައްޔިތުން ގަބޫލެއް ނުކުރާނެ: އިބޫ
އިންތިޚާބު ބޭއްވޭނީ ޑިސެމްބަރު 15އަށް ހުއްދަ ލިބިގެން:އީސީ
ޖެނުއަރީ 6ގެ ކުރިން އިންތިޚާބު ބާއްވަން ގާނޫނެއް
އެމްޑީޕީ 877، ޕީޕީއެމް 673 ގޮނޑިއަށް ވާދަކުރަނީ
އާމްދަނީގެ 5 ޕަސެންޓް ކައުންސިލަށް! ސަރުކާރަށް ސާބަސް
އިބޫ ތިން ދުވަހުގެ ތެރޭގައި ހދ. ގެ 13 ރަށަކަށް
ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ އިތުބާރު ގެއްލުވާލަން
އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ފަށައިފި
ލަސްކޮށްފިނަމަ ގާނޫނު ބުނާ ގޮތަށް އާމަޖިލިސް ނުހޮވިދާނެ
އިންތިހާބު ބާއްވާ ދުވަހާ މެދު އިބޫގެ ކަންބޮޑުވުން!