03 އޮކްޓޯބަރ 2016
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މުސާރައިގެ ގޮތުގައި އަހަރަކު ހަ ބިލިއަން ރުފިޔާ ރާއްޖެ އިން ބޭރުކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މުސާރައިގެ ގޮތުގައި އަހަރަކު ހަ ބިލިއަން ރުފިޔާ ރާއްޖެ އިން ބޭރުކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ކާޑުގެ އަގުތައް ބޮޑުކުރަން ސަރުކާރުން ނިންމި ކުއްލި ނިންމުމާ ގިނަ ބަޔަކު ފާޑުކިޔަމުން އައި ނަމަވެސް އެ ނިންމުން ވަރަށް ބޮޑަށް ދިފާއުކުރައްވައި މިނިސްޓަރު މިރޭ ޓީވީއެމްގައި ވަނީ ވާހަކަ ދައްކަވައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ އެ ނިންމެވުމަކީ، ސައީދު ސިފަކުރެއްވި ގޮތުގައި، އިގްތިސާދީ ކަންކަން ހަމައަކަށް އެޅުއްވުމަށް ކުރައްވާ ކަންކަމުގެ ތެރެއަށް ރައީސް ޔާމީން އިތުރުކުރެއްވި ފައިދާ ހުރި ނިންމެވުމެކެވެ.
ކާޑުގެ އަގުތައް ބަދަލު ގެންނަން ޖެހުނު ސަބަބުތައް ދައްކަވައި މިނިސްޓަރު ވިދާޅުވީ އެންމެ ފަހުގެ ބޯހިމެނުގެ ހިސާބުތަކުން ދައްކާ ގޮތުން ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރާ 124،000 ބިދޭސީން ރާއްޖޭގައި އެބަތިބި ކަމަށެވެ. ގަވާއިދާ ހިލާފަށް އުޅޭ މީހުންނާ އެކު އެ އަދަދު 150،00 އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އަދަދާއެކު ރާއްޖެ އަށް އަހަރަކު 1.2 މިލިއަން ޓޫރިސްޓުން އަންނައިރު، ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރައްޔިތުންނަށް ދޫކުރާ ސަބްސިޑީގެ ބޮޑު ފައިދާއެއް ކުރަނީ ބިދޭސީ މަސައްކަތު މީހުންނާއި ޓޫރިސްޓުންނަށެވެ. އެގޮތުން ވޭތުވެދިޔަ 11 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ސަބްސިޑީގެ 41 ޕަސެންޓް ހޭދަކޮށްފައި ވަނީ ބިދޭސީންނާއި ޓޫރިސްޓުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓުން މިހާބޮޑު ހަރަދެއް ބިދޭސީންނަށް ކުރުމަކީ އިންސާފެއްތޯ އޭނާ ސުވާލުކުރެއްވި އެވެ.
"ކާޑުގެ ތިން ބާވަތުން ޓޫރިސްޓުންނަށް އެބަދެވޭ 17 ޕަސެންޓް. ބޭރުގެ ބިދޭސީ މަސައްކަތު މީހުންނަށް އެބަދެވޭ 24 ޕަސެންޓް. އެއްކަލަ އެއް ކަހަލަ 5.73 ލާރީގެ ދެބައިކުޅަ އެއްބައި މިދަނީ އެއްކަލަ ފަތުރުވެރިންނަށް، ބިދޭސީންނަށް،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ރައްޔިތުންނަށް ކަންކަން އޮޅުވައެއް ނުލާނެ އެވެ. އަދި މަގުބޫލުކަން ހޯއްދެވުމުގެ ނިޔަތުގައި ރައްޔިތުންނަށް ފައިދާވާ ކަންކަން ނުކުރައްވައި އަމިއްލަފުޅަށް މޮޅު ގޮތްތައް ހޯއްދަވަން ރައީސް ޔާމީން ބޭނުންފުޅު ނުވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ކާޑުގެ އަގުބޮޑުކުރަން އެމްޑީޕީން ވެސް އަޑުއުފުލި ކަމަށް ސައީދު ވިދާޅުވި އެވެ. އެކަމަކު އެކަން ވެސް ނުކޮށް، އިގްތިސާދު ވަޅުޖައްސައި އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ފުނި ޖެއްސި ދަރަނި ދައްކައި ހަލާސްކުރީ ވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުންނެެވެ.
ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ސަބްސިޑީ ދޭ އުސޫލު ބަދަލުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ތަކުރާރުކޮށް އަންގާފައިވާއިރު، އެގޮތަށް އަމަލުނުކުރުމުން، ތަރައްގީގެ އެތައް ކަމަކަށް ހުރަސްއެޅެ އެވެ. ބަނދަރުތަކާއި ސްކޫލްތަކާއި ބޯފެނާއި ނަރުދަމާ ފަދަ އެތައް މަޝްރޫއެއް ކުރިއަށް ނުގެންދެވޭ ކަމަށް ވެސް ވިދާޅވި އެވެ.
ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ. މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އެކޮނޮމިކް މިނިސްޓްރީން ހުކުރުދުވަހު ވަނީ އާންމުކޮށްފަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، ކާޑުގެ އަގުތަކަށް ބަދަލު ގެނައީ ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ. އެކަމަކު ހަރަދު ކުޑަކުރަން މާލީ އިދާރާތަކުން ލަފާ ދޭ އެހެން ކަންކަން ހުރި ގޮތަށް ބަހައްޓާފައި ކާޑުގެ އަގު ބޮޑުކުރުމަކީ ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. ހަރަދުކުޑަކުރުމަށް، ޓެކްސް އަށް ބަރޯސާ ނުވާ ގައުމަކަށް ހެދުމާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމާއި ސަރުކާރުގެ ހަރަދު ކުޑަކުރުމާއި ބޭކާރު ވަޒީފާތައް މަދުކުރުމާއި މުވައްޒަފުންގެ އަދަދު މަދުކޮށް، ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ފަރަގު ކުޑަކުރުން ވެސް މާލީ އިދާރާތަކުން އަބަދުވެސް ލަފާދެ އެވެ.
"އިގްތިސާދީ ހެޔޮ ބަދަލުތަކުން މުސާރަތައް ބޮޑުވާނެ"
"މިއީ ސިޔާސީ ނިންމުމެއް ނޫން، އިގުތިސާދީ ނިންމުމެއް"
ބޮޑު އަގުގައި ކާޑު ވިއްކާ ކަމުގެ ޝަކުވާ ލިބޭ: ސައީދު
ދެ ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
ނަޝީދު ވިދާޅުވަނީ ފައްޔާޒަށް ދޫނުދެއްވާނެ ކަމަށް
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
މަޓީގެ ބަޔާނަކީ ސަރުކާރުގައި ކޮޅުފައިންޖެހުން: ފައްޔާޒް
އިގްތިސާދީ ޕެކޭޖުގެ ތަފްސީލަށް ސައީދު އެދިވަޑައިގެންފި
މިއީ މިނިމަމް ވޭޖް ތަންފީޒްކުރަން ރަނގަޅު ވަގުތެއްނޫން
ހައްގު އުންޏެއް ނުކުރަން، ހޯދީ ހައްލެއް: މިނިސްޓަރު