03 އޮކްޓޯބަރ 2016
ކާޑު ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ނިންމުމާ ގުޅިގެން، ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ކާޑުގެ ބާވަތްތައް ވިއްކާކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކާޑު ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ނިންމުމާ ގުޅިގެން، ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ކާޑުގެ ބާވަތްތައް ވިއްކާކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކާޑުގެ ބާވަތްތަކުގެ އަސްލު އަގު ގެއްލޭ ގޮތަށް، މާލެ އާއި ރަށްރަށުގައި ނުއަގުގައި ވިއްކާކަން އެނގިވަޑައިގެންފައިވާތީ އެކަން މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ރަށްރަށުގެ ކައުންސިލްތަކާއި ވިޔަފާރިވެރިންގެ ޖަމިއްޔާތައް މެދުވެރިކޮށް އެކަން ބެލުމުގެ މަސައްކަތް ފަށާފައިވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އޭގެ ނާޖާއިޒު ފައިދާ ސައި ހޮޓާތަކުން ނަގާ ކަމަށާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ވިޔަފާރި ކުރުމަކީ މުޅިން މަނާ ކަމެއް ކަމަށެވެ.
ސައިހޮޓާ ފަދަ ތަންްތަނުގެ އިތުރުން، ސަބްސިޑީ އުނި ނުކުރާ ބާސްމަތީ ހަނޑުލުން ތައްޔާރު ކުރާ ކާތަކެތީގެ އަގު ބައެއް ރެސްޓޯރަންޓުތަކުގައި ވަނީ ބޮޑުކޮށްފަ އެވެ.
ސައީދު ވިދާޅުވި ގޮތުގައި ކާޑުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ރައްޔިތުން އަދި ހާސްވާކަށް ނުޖެހެ އެވެ. އޭނާ ވިދާޅުވީ ކުރިން ސަބްސިޑީ ދެމުން އައިގޮތުން އެ ހައްގު ނުވާ ގިނަ ބަޔަކަށް މަންފާ ކުރި ކަމަށާއި އެކަމަކު މިހާރު އޭގެ ފައިދާ ކުރާނީ އޭގެ އެންމެ ހައްގުވެރީންނަށް ކަމަށް ކަމަށެވެ. އަދި ސަބްސިޑީން ބައެއް އުނި ކުރުމުން ލިބޭ ފައިދާ ހަރަދު ކުރާނީ ހުރިހާ ދިވެހިންގެ ތަރައްގީ އަށް ކަމަށް ވިދާޅުވި އެވެ.
ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން މާލޭގައި ހަނޑޫ ކިލޯއެއް ދެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ. މިއީ ހަމައެކަނި މާލޭގައި ކާޑު ވިއްކާ އަގެވެ. ރަށްރަށުގައި މި އަގު އަދި މިއަށް ވުރެ ބޮޑު ވާނެ އެވެ.
"މިއީ ސިޔާސީ ނިންމުމެއް ނޫން، އިގުތިސާދީ ނިންމުމެއް"
"މުސާރަ އަށް ހަ ބިލިއަން ރުފިޔާ ބިދޭސީން ބޭރުކުރޭ"
ކާޑާއި ކަރަންޓުގެ އަގު ހެޔޮކުރަން ބަޖެޓުގައި ހިމަނައިފި
ކާޑުގެ ސަބްސިޑީ އަށް ޝަރުތު ހަމަވީ އެންމެ 70 އާއިލާ
"އިގްތިސާދީ ހެޔޮ ބަދަލުތަކުން މުސާރަތައް ބޮޑުވާނެ"
އިސްތިރި، ރޭޑިއޯ، ރައިސް ކުކަރު... ފަގީރެއް ނޫން!
ހަނޑުލުގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް
އޮޅުންބޮޅުން: ފުއްދާއެހީ ކަނޑާލުން
ކާޑުގެ މައްސަލާގައި ދެ މިނިސްޓަރަކު ކޮމެޓީ އަށް
ފިނި ކޮޓަރީގައި، ރައްޔިތުންނާ ދުރުގައި!