Roadha Mihaaru
ތިލަފުށީގައި އޮތް ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ

ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ، މީހަކު ފިހިއްޖެ

29 ޑިސެމްބަރ 2019

ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ބިދޭސީއަކު މިއަދު ފިހިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ބިދޭސީއަކު މިއަދު ފިހިއްޖެ އެވެ.

ތިލަފުށީގައި އަލަށް ހިއްކި ސަރަހައްދުގެ ފަޅުތެރޭގައި އޮތް ލޯންޗްގައި ރޯވިތާ ގާތްގަނޑަކަށް ބައި ގަޑިއިރުގެ ތެރޭގައި އެމްއެންޑީއެފުން ވަނީ ނިއްވާލައިފަ އެވެ.

އެ ހާދިސާގައި ފިހުނު މީހާ މާލެ ގެނެސް އައިޖީއެމްއެޗްގައި ވަނީ އެޑްމިޓްކޮށްފަ އެވެ. އެކަމަކު އޭނާއަށް ލިބުނީ ކިހާ ވަރެއްގެ ޒަހަމެއް ކަމެއް، ފުލުހުންނާއި އަައިޖީއެމްއެޗަކުން އަދި ނުބުނެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ހާދިސާގައި ލޯންޗްގެ ގެގަނޑު އެއްކޮށް އަނދާފައިވާ ކަމަށެވެ. އެ ލޯންޗްގެ ކައިރީގައި އޮތް އެހެން ލޯންޗަކަށް ވެސް ގެއްލުންތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯންޗްގައި ރޯވި ކަމުގެ ރިޕޯޓް ސިފައިންނަށް ލިބުނީ 11:50 އެހާކަށް ހާއިރު އެވެ. އަލިފާން މުޅިން ނިއްވައި ލެވުނީ 12:15 ގައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.