Roadha Mihaaru
އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި

އަލިފާނުގެ ހާދިސާގައި ފިހުނު އެކަކަށް އައިސީޔޫގައި ފަރުވާދެނީ

25 ޑިސެމްބަރ 2020

ތިލަފުށި ފަޅުތެރޭގައި އޮތް ދެ ދޯންޏެއްގައި ރޯވެ އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ތިލަފުށި ފަޅުތެރޭގައި އޮތް ދެ ދޯންޏެއްގައި ރޯވެ އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ކައިރިކައިރީގައި އޮތް ދެ ދޯނީގެ ތެރެއިން އެއް ދޯންޏަކަށް ތެޔޮ އަޅަނިކޮށް ހިނގި ހާދިސާގައި ފިހުނީ ދިވެއްސަކާއި ބިދޭސީއެކެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ "މިހާރު" އަށް ވިދާޅުވީ ފިހުނު ދެ މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުން އަންނަނީ ދިވެހި މީހާއަށެވެ.

"އޭނާގެ ހަށިގަނޑުން 20 ޕަސެންޓު ފިހިފައި ހުރި،" އަފީފާ ވިދާޅުވި އެވެ.

ބިދޭސީ މީހާއަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ. އެހެންވެ ފަރުވާ ދިނުމަށް ފަހު އޭނާ ދޫކޮށްލީ އެވެ.

ދެ ދޯނީގައި ރޯވި އަލިފާންގަނޑު ގާތްގަނޑަކަށް ގަޑިއެއްހާ އިރުގެ ތެރޭގައި ވަނީ ނިއްވާލައިފަ އެވެ. ދެ ދޯންޏަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.