Roadha Mihaaru

ތިލަފުށީގެ "ޓިމްބާ ހައުސް" ގުދަނުގައި ރޯވެއްޖެ

ކ. ތިލަފުށީގައި ހުންނަ ލަކުޑި ގުދަނެއްގައި ހުރި ކުނިތަކެއްގައި މިއަދު ރޯވެއްޖެ އެވެ.

ތިލަފުށީގެ "ޓިމްބާ ހައުސް" ގުދަނުގައި ރޯވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

24 އޮކްޓޯބަރ 2021

ކ. ތިލަފުށީގައި ހުންނަ ލަކުޑި ގުދަނެއްގައި ހުރި ކުނިތަކެއްގައި މިއަދު ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، "ޓިމްބާ ހައުސް" ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ ހެނދުނު 10:05 ހާއިރު ކަމަށެވެ.

އަލިފާން ނިއްވާ ސިފައިން ކުރި މަސައްކަތުން 10:25 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.