Roadha Mihaaru
ތިލަފުށީގައި އޮތް ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް

ވެލްޑިން ކުރަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފި

24 މާޗް 2021

ކ. ތިލަފުށީ ކައިރީ އޮތް ބޯޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކ. ތިލަފުށީ ކައިރީ އޮތް ބޯޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ބޯޓުގައި ރޯވިތާ ސާޅީހަކަށް މިނެޓު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ތިލަފުށީ ސައިޓާ ޖެހިގެން ހުރި ސައިޓުގައި އޮތް ދަގަނޑު ބޯޓެއްގަ އެވެ.

އެ ހާދިސާ ހިނގައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައި ވަނީ މެންދުރު ފަހު 2:07 ގައި ކަމަށާއި އެމްއެންޑީއެފްގެ ތިލަފުށީ ފަޔާ ސްޓޭޝަނުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ބޯޓެއްގައި ވެލްޑިން ކުރަން އުޅުމުގެ ތެރޭގަ އެވެ.