Roadha Mihaaru
ތިލަފުށިން ތެޔޮ އެޅި ބޯޓެއްގައި ރޯވެއްޖެ

ތިލަފުށިން ތެޔޮ އަޅައިގެން ފުރަން އުޅުނު ބޯޓެއްގައި ރޯވެއްޖެ

27 ސެޕްޓެމްބަރ 2023

ތިލަފުށިން ތެޔޮ ބަރުކޮށްގެން ފުރި ބޯޓެއްގައި މިއަދު ރޯވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތިލަފުށިން ތެޔޮ ބަރުކޮށްގެން ފުރި ބޯޓެއްގައި މިއަދު ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، އެ ބޯޓުގައި ރޯވި ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 10:30 ހާއިރު ކަމަށާއި އޭރުއްސުރެ، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސިފައިން ބުނީ، ބޯޓުގައި އަލިފާން ރޯވީ ތިލަފުށީގެ ފަޅު ތެރޭގައި އޮއްވާ ކަމަށެވެ. މިހާރު އެ ބޯޓު ފަޅުން ނެރެ، އަލިފާން ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓުގައި ރޯވީ، ވިލާގެ ފިއުލް ފާމުން ތެޔޮ ބަރުކޮށްގެން ނުކުންނަނިކޮށެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ނޭނގޭ އިރު އެ ބޯޓުގައި ފުރަތަމަ އަލިފާން ހިފީ އިންޖީނު ހުންނަ ބައިގައި ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

އެއީ ކޮން ކުންފުންޏެއްގެ، ކޮން ރަށެއްގެ ބޯޓެއް ކަމެއް އަދި ސާފެއް ނުވެ އެވެ.