28 ޑިސެމްބަރ 2019
އެމެރިކާ އަށް "ކްރިސްމަސް ހަދިޔާއެއް" ދޭން ޖެހިދާނެ ކަމަށް ބުނެ ނުސީދާ އިންޒާރެއް އުތުރު ކޮރެއާ އިން ދިނަސް، އެމެރިކާ އިން އެކަން މާ ސީރިއަސް ގޮތަކަށް ނުނަގަ އެވެ. އެކަމަކު އުތުރު ކޮރެއާގެ ކައިރީގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި އޮޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާއާ އެކު، އެމެރިކާ ސިފައިން ހީކުރީ ކޮރެއާގެ "ކްރިމަސް ހަދިޔާ" ލިބުމުގެ ވަގުތު ޖެހުނީ ކަމަށެވެ.
އެމެރިކާ އަށް "ކްރިސްމަސް ހަދިޔާއެއް" ދޭން ޖެހިދާނެ ކަމަށް ބުނެ ނުސީދާ އިންޒާރެއް އުތުރު ކޮރެއާ އިން ދިނަސް، އެމެރިކާ އިން އެކަން މާ ސީރިއަސް ގޮތަކަށް ނުނަގަ އެވެ. އެކަމަކު އުތުރު ކޮރެއާގެ ކައިރީގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި އޮޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާއާ އެކު، އެމެރިކާ ސިފައިން ހީކުރީ ކޮރެއާގެ "ކްރިމަސް ހަދިޔާ" ލިބުމުގެ ވަގުތު ޖެހުނީ ކަމަށެވެ.
ދެކުނު ކޮރެއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގައި ދުވަސް ނިންމާލި ކަން އިއުލާން ކުރުމުގެ ގޮތުން ޖަހާ ރާގުގެ ބަދަލުގައި އޮޅިގެން ޖެހުނީ އިމަޖެންސީ ސައިރަން އެކެވެ. ނުރައްކަލެއް ކުރިމަތިވެއްޖެ ކަން އަންގައިދޭން ޖަހާ އެ ސައިރަންގެ އަޑު އިވުމާ އެކު، މަރުކަޒުގެ ހުރިހާ ސިފައިން ކަހަލަ ގޮތަކަށް އެލާޓަށް ގޮސް، މަރުކަޒު ތެރޭގައި ދުވެ އުޅުނު ކަމަށް ވެސް ވެ އެވެ.
އެމެރިކާގެ އެތައް ހާސް ސިފައިންނެއް ތިބޭ މަރުކަޒަކީ އުތުރު ކޮރެއާއާ އެންމެ ގާތުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ކަމަށް ވާތީ، ކޮރެއާ އިން ހަމަލާއެއް ދޭ ނަމަ އޭގެ ފުރަތަމަ އަމާޒަކަށް ވާނީ އެ މަރުކަޒު ކަމަށް އޮންނަނީ ބެލެވިފަ އެވެ.
ސައިރަންގެ އަޑު އިވޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދެ އެވެ. އެކަމަކު އެއީ އެ ހާދިސާގެ ވީޑިއޯއެއް ކަމެއް އެމެރިކާ ސިފައިން ކަށަވަރުކޮށެއް ނުދެ އެވެ.
އެއީ އޮޅިގެން ހިނގި ކަމެއް ކަން ފަހުން ސިފައިންނަށް އެންގުމަށް ފަހު އެފަދަ ކަމެއް ދެން ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް އެމެރިކާ އަސްކަރީ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި ފަހުން އިއްޔެ ޖަޕާނުގެ ދައުލަތުގެ މީޑިއާ އަށް ވެސް ބޮޑު އޮޅުމެއް އަރައި، އުތުރު ކޮރެއާ އިން މިސައިލެއް ޓެސްޓް ކުރި ކަމަށް މައުލޫމާތު އާންމުކުރި އެވެ. ތަމްރީނުތަކަކަށް ތައްޔާރުކުރި އެ މައުލޫމާތު އާންމު ކުރެވުނު ކަން އޭގެ 20 މިނެޓް ފަހުން އެނގުމުން އެކަމަށް ވަނީ މާފަށް އެދިފަ އެވެ.
އެމެރިކާ އަށް ކްރިސްމަސް ހަދިޔާއެއް ދޭން ޖެހިދާނެ ކަމަށް ބުނެ ނުސީދާ އިންޒާރެއް އުތުރު ކޮރެއާ އިން ދިނީ އެ ގައުމާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނެވެ. ނިއުކްލިއާ ހަތިޔާރުގެ މައްސަލައިގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެ ފަހަރެއްގެ މަތިން ބައްދަލު ކުރެއްވިޔަސް، އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. ކޮރެއާ އިން މިހާރު ދަނީ އަނެއްކާވެސް ކުރު ރާސްތާގެ ބެލިސްޓިކް މިސަައިލްތައް ޓެސްޓް ކުރަމުންނެވެ.
ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމް އެއްކޮށް ހުއްޓާ ނުލަނީސް، ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން އެމެރިކާ އިން ބޭނުމެއް ނުވެ އެވެ. އެކަމަކު ކޮރެއާ އިން ބުނާގޮތުން އެ މީހުންގެ ހުށަހެޅުންތަކަށް އެމެރިކާ އިން ރަނގަޅު ޖަވާބެއް ނުދޭ ނަމަ، އެހެން ގޮތެއް އެ މީހުން ހޯދާނެ އެވެ.
އުތުރު ކޮރެއާއިން އަނެއްކާ މިސައިލްތަކެއް އަޖުމަބަލައިފި
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
ދެކުނު ކޮރެއާ އާއި އެމެރިކާ ނިއުކްލިއާ އެއްބަސްވުމެއް
ކަނޑުން އަރައިގަންނާނެ ގޮތުގެ ތަމްރީންތަކެއް ފަށައިފި
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
އުތުރު ކޮރެއާ އިން ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި
ނިއުކްލިއާ ރައްދެއް ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި
އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޖަޕާނު ކައިރިއަށް