26 ޑިސެމްބަރ 2019
އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ކޮންމެ އަހަރަކު ދެމުން އަންނަ "ރަން ވަނަ އެވޯޑް" ނޫސްވެރިންނަށާއި ނޫސް އެޖެންސީތަކަށް ވެސް ލިބޭ ގޮތަށް ހަމަޖައްސަައި، އެކަން މިއަދު އިއުލާންކޮށްފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ކޮންމެ އަހަރަކު ދެމުން އަންނަ "ރަން ވަނަ އެވޯޑް" ނޫސްވެރިންނަށާއި ނޫސް އެޖެންސީތަކަށް ވެސް ލިބޭ ގޮތަށް ހަމަޖައްސަައި، އެކަން މިއަދު އިއުލާންކޮށްފި އެވެ.
ރަން ވަނަ އެވޯޑް މީގެ ކުރިން ދެމުން އަންނަނީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކޮންމެ އަހަރަކު ވެސް އެންމެ ރަނގަޅަށް މައުލޫމާތު ހާމަކުރާ އިދާރާއަކަށެވެ.
އެކަމަކު އާ އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ދަށުން ދެމުން އަންނަ އެވޯޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި، އެ ހައްގުގެ ދަށުން މައުލޫމާތު ހޯދަން އެންމެ ރަނގަޅަށް މަސައްކަތްކުރާ ނޫސްވެރިޔަކު ވެސް ހޮވަން ނިންމަވާފައިވާ ކަމަށެވެ.
އެވޯޑަށް ގެންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު އަންނަ މަހު ހާމަކުރައްވާނެ ކަމަށް ފިޔާޒު ވިދާޅުވި އެވެ.
ނޫސް އެޖެންސީގެ ކެޓަގަރީގައި ނޫސްތަކާއި ނޫސް ވެބްސައިޓްތަކާއި ޓީވީ ރޭޑީއޯ ވެސް ހިމެނެ އެވެ.
ފިޔާޒު ވިދާޅުވީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމާއި ހާމަކުރުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ރިޕޯޓު ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް ފާއިތުވި ފަސް އަހަރު 88 ޕަސެންޓް އިދާރާތަކުން އެ ފޯމް ހުށައަޅާފައި ނުވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "އެ އަނދިރިކަމުގެ ތެރޭގައި އޮތް ބައި ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ" ކަމަށެވެ.
މައުލޫމާތު ހޯދުމުގެ ރަން ވަނައިގެ އެވޯޑް، އަންނަ އަހަރު ތަފާތު 10 ކެޓަގަރީއަކުން ދޭނެ އެވެ. ދައުލަތުގެ އެކި އިދާރާތައް ވަނީ ތަފާތު ކެޓަގަރީތަކަށް ބަހާލައިފަ އެވެ. ރައީސް އޮފީހާއި ސަރުކާރުގެ ވުޒާރާތައް ހިމެނެނީ ވަކި ކެޓަގަރީއެއްގަ އެވެ. ޝަރުއީ ދާއިރާއަށް ވެސް ވަކި ކެޓަގަރީއެއް ހާއްސަކޮށްފައިވެ އެވެ.
އޭގެ އިތުރުން ރަައްޔިތުންގެ މަޖިލިހާއި މިނިވަން މުއަައްސާތައް ހިމެނެނީ އެއް ބައެއްގަ އެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ހާއްސަ ކެޓަގަރީއަކާއި. ޔުނީފޯމް އެޅި އިދާރާތަކަށް ވެސް ވަކި ކެޓަގަރީއެއްގެ އެވޯޑް ދެ އެވެ.
ދައުލަތުގެ އިދާރާތަކަށް ހަ އެވޯޑެއް ވަނީ ހާއްސަކޮށްފަ އެވެ.
ފިޔާޒު ވިދާޅުވީ އިދާރާތަކުން މައުލޫމާތު ނުލިބިގެން މި އަހަރުގެ މިހާތަނަށް 42 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 38 މައްސަލަ ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވި ގޮތުގައި އަންނަ އަހަރަކީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެންމެ ފުރިހަމައަށް ލިބިގެންދާނެ އަހަރަކަށް ވާނެ އެވެ. އަދި އެ ކޮމިޝަނަރަށް ހުށަހަޅާ މައްސަލަތައް ދެން ކުރިއަށްގެންދާނީ އާއްމުކޮށް ހުޅުވާލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ނުރައްކަލަކަށް ފަހު ދިވެހި ނޫސްވެރިކަމަށް އާ ދުވަހެއް
ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓް ކުރުވި މައްސަލައެއް
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
ބިލަކީ މިނިވަން ނޫސްވެރިކަމަށް ނުރައްކަލެއް:އެމްޖޭއޭ
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"