26 ޑިސެމްބަރ 2019
އެކި ސަބަބުތައް މެދުވެރިވެ ދައުލަތުން ބަލަހައްޓަމުން ދިޔަ 21 ކުއްޖަކު އެ ކުދިންގެ އާއިލާތަކާ ހަވާލުކޮށް، 13 ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
އެކި ސަބަބުތައް މެދުވެރިވެ ދައުލަތުން ބަލަހައްޓަމުން ދިޔަ 21 ކުއްޖަކު އެ ކުދިންގެ އާއިލާތަކާ ހަވާލުކޮށް، 13 ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
މައިންބަފައިން ނޫނަސް އާއިލާގެ އެހެން ކޮންމެވެސް މެމްބަރެއް (އެއްބަނޑު އެއްބަފާ ބޭބެ، ދައްތަ ނުވަތަ ބޮޑުދައިތަ، ބޮޑުބޭބެ)ގެ ބެލުމުގެ ދަށަށް ބަދަލުކުރާ ކުދިންގެ އަދަދު މި އަހަރު ނިމޭއިރު 26 އަށް އަރާނެ އެވެ. އަދި ގާނޫނީ ބެލެނިވެރިކަން ހަވާލުކުރި ކުދިންގެ އަދަދު ކުރިއަށް އޮތް ހަފުތާގައި 16 އަށް އަރާނެ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާ ހަވާލުކުރަނީ، އެ ކުދިންގެ ރައްކާތެރިކަމާއި ގާނޫނީ ގޮތުން ވެސް ބަލަން ޖެހޭ ގިނަ ކަންކަން ފުރިހަމަކުރުމަށް ފަހު ކަމަށެވެ. ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްސަކީ ދުޅަހެޔޮ މާހައުލެއްގައި ކުދިން ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ މާހައުލަށް ނުވާތީ، އާއިލާތަކަކާ އެކު ރައްކާތެރި މާހައުލެއްގައި އެ ކުދިން ބޭތިއްބުމަށް މި ސަރުކާރުގެ ސިޔާސަތުތަކުގައި އިސްކަންދޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އެންމެ ތުއްތު އިރުން ފެށިގެން އެކި އުމުރުފުރައިގެ ކުދިން ދައުލަތުން ބަލަހައްޓަމުން އެބަދޭ. ގިނަ މީހުން ގާނޫނީ ބެލެނިވެރިކަމާ ހަވާލުވާން ޝައުގުވެރި ވަނީ އެންމެ ތުއްތު ކުދިންނަށް. އެކަމަކު އަޅުގަނޑުމެން އެދެން އެހެން އުމުރުފުރާތަކުގެ ކުދިންނަށް ވެސް ރަނގަޅު މާހައުލެއްގައި އުޅޭވެނެ މަހު ފަހިކުރަން، އެ ކުދިންނާ ދޭތެރޭގައި ވެސް ވިސްނަން،" ޝިދާތާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އެހެން އެޕްރޯޗްތައް ވެސް ބޭނުންކުރާނަން ދެންތިބި ކުދިންނަށް ވެސް އާއިލާއެއްގެ ތެރޭގައި އުޅެވޭނެ ފުރުސަތު ހޯދައިދޭން."
ޝިދާތާ "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މި އަހަރުގެ މިހާތަނަށް އާއިލާތަކާ ހަވާލުކުރި ކުދިންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު ގިނަ އަދަދެކެވެ. ޖެންޑާ މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ހަވާލުކުރީ ނުވަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރި ކަމެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާތަކާ ހަވާލުކުރަނީ، އެ ކުދިންގެ ގާނޫނީ ބެލެނިވެރިކަމަށް އެދޭ ބެލެނިވެރިންގެ ހާލަތާއި އެންމެ އެކަށޭނެ މާހައުލެއްތޯ ބަލަން އެސެސްމެންޓް ހެދުމަށް ފަހު އެވެ.
ކުދިން ގެންގުޅެ ބޮޑުކުރުމަށް ކުރިމަތިލުމުން، ފޮސްޓާ ޕެނަލްް އިން އެ ބެލެނިވެރިންނާ އިންޓަވިއު ކުރެ އެވެ. އަދި ކުދިން ހަވާލު ކުރަނީ އިންޓަވިއުކޮށް، ބެލެނިވެރިޔާގެ ހާލަތު ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު އެވެ. ބެލެނިވެރިޔާގެ މައްޗަށް ކޯޓު މެދުވެރިކޮށް، ގާނޫނީ ގޮތުން ބެލެނިވެރިކަން ބަދަލުކުރަނީ އެ ކުދިން ހަވާލުކުރާތާ ދުވަސްކޮޅެއް ފަހުންނެވެ.
މީގެ ކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބެލެނިވެރިކަން ހޯދޭނެ އެންމެ މަތީ އުމުރަކީ 40 އަހަރެވެ. ނަމަވެސް އެ އުމުރު މިހާރު ވަނީ 60 އަށް މަތިކޮށްފަ އެވެ.
ޝިދާާތާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ އަދަދު މަދުކުރަން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ވެސް މިނިސްޓްރީން ކުރާނެ ކަމަށެވެ. އެއާއެކު، އެ ކުދިންގެ ކަންކަން މޮނިޓަކޮށް ރައްކާތެރި މާހައުލެއްތޯ މިނިސްޓްރީން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.
ޝައިމް ގެއްލުނީ ބަލަންވާވަރަށް ނުބެލުމުން: މިނިސްޓަރު
ހިޔާގެ ކުއްޖަކަށް އައިޝާ ބަންޑުންކޮށްލި ލޯބި!
ދައުލަތުގެ ބެލުމުގެ ދަށުގައި ގިނަ ކުދިން ތިބެގެންނުވާނެ
ހިޔާ، ފިޔަވަތީގެ 17 ކުދިން އޭދަފުއްޓަށް ބަދަލުކޮށްފި
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
ޝިދާތާ އިސްތިއުފާ ދެއްވައިފި، އާ މިނިސްޓަރަކަށް އައިޝާ
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން
ހިޔާ ހިންގުން މިނިސްޓްރީގެ ޑިރެކްޓަރަކާ ހަވާލުކޮށްފި
ކުދިންތަކެއް ރައްކާތެރި ތަނަކަށް ގެންދަން ހުރަސްއަޅައިފި