03 އޮކްޓޯބަރ 2016
ޅ. ފެލިވަރުގައި ހުންނަ ދަޅުމަސް ބަންދުކުރާ ކާރުހާނާގައި މަސައްކަތް ކުރާނެ އިތުރު 100 މުވައްޒަފުން ހޯދަން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އިން ނިންމައިފި އެވެ.
ޅ. ފެލިވަރުގައި ހުންނަ ދަޅުމަސް ބަންދުކުރާ ކާރުހާނާގައި މަސައްކަތް ކުރާނެ އިތުރު 100 މުވައްޒަފުން ހޯދަން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އިން ނިންމައިފި އެވެ.
މަސް ކާރުހާނާގެ ވަސީލަތްތައް ތަރައްގީކޮށް، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދުވާލަކަށް 50 ޓަނުގެ ދަޅުމަސް ބަންދު ކުރަން ވަނީ ތައްޔާރުވެފަ އެވެ.
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެސިސްޓަންޓް ރީޖަނަލް މެނޭޖަރު ހާމިދު ނަޒީމް ވިދާޅުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މިފްކޯގެ ދަށަށް ދެ ވަނަ ފަހަރަށް ފެލިވަރު ބަދަލުވި ފަހުން މަސް ކާރުހާނާގައި މަސައްކަތް ކުރަން ގާތްގަނޑަކަށް 200 މުވައްޒަފުން އިތުރުކޮށްފައިވާ ކަމަށެވެ.
މިފްކޯގެ މަސް ކާރުހާނާގައި މިހާރު 600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބައެއް ބިދޭސީން ވެސް ހިމެނެ އެވެ. އެ ތަނުގައި މަސައްކަތް ކުރާ އެންމެންނަށް ފެލިވަރުން އެކޮމަޑޭޝަން ވަނީ ހަމަޖައްސައިފަ އެވެ.
ނަޒީމް ވިދާޅުވި ގޮތުގައި މުވައްޒަފުން ހޯދުމުގައި އެންމެ ފުރަތަމަ އިސްކަން ދޭނީ ދިވެހިންނަށެވެ. އަދި ދިވެހިން ނުލިބިއްޖެނަމަ، ބިދޭސީން ހޯދަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސް ކާރުހާނާގައި މަސައްކަތް ކުރާ 27 ޕަސަންޓް މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ އަދި ނޭޕާލް ފަދަ ގައުމުތައް ހިމެނެ އެވެ.
"ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން. އެގޮތުން ކައިރި ރަށް ރަށަށް ގޮސް ދިވެހިން މިކަމަށް އަހުލުވެރިކުރަން މަސައްކަތް ކުރިން،" ނަޒީމް ވިދާޅުވި އެވެ.
ފެލިވަރުން ބުނީ ނައިފަރާއި ހިންނަވަރުގައި ދިރިއުޅޭ 300 އަށްވުރެ ގިނަ މީހުން މަސް ކާރުހާނާގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރ. އަތޮޅާއި ނ. އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ބައެއް މީހުން ވެސް އެ ތަނުގައި މިހާރު ވެސް މަސައްކަތް ކުރަމުންދެ އެވެ.
ފެލިވަރުގައި ހުންނަ މަސް ކާރުހާނާގައި ދުވާލެއްގެ މައްޗަށް 30-35 މެޓްރިކް ޓަނުގެ ދަޅު މަސް މިހާރު ވެސް ބަންދު ކުރެ އެވެ. އެކަމަކު ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، މަހެއްހާ ދުވަހުގެ ތެރޭގައި އަލުން އެކަން ފަށަން ވަނީ ނިންމައިފަ އެވެ.
މަސް ކާރުހާނާ ތަރައްގީ ކުރުމުގެ ގޮތުން އެ ތަނުގައި ވަނީ ފިނި ކުރި މަސް ހޫނު ކުރުމަށް ބޭނުން ކުރާ ސިސްޓަމެއް ގާއިމުކޮށްފަ އެވެ. އޭގެ އިތުރުން މަސް ކައްކާ ދެ ކުކަރާއި މަސް ސާފު ކުރަން ބޭނުން ކުރާ މުޅިން އާ ހަތަރު ކްލީނިން ލައިން ވެސް ވަނީ ބަހައްޓައިފަ އެވެ. ހަމައެއާއެކު، ސާފު ކުރާ މަސް ދަޅު ހުންނަ ބައްޓަމަށް ކެފުމަށް ބޭނުންކުރާ ބެކްޝެޕާސްތައް ބަދަލުކޮށް، ދަޅުގައި ހުރި މަސްތައް އަލުން ކެއްކުމަށް ބޭނުން ކުރާ މުޅިން އާ އާލާތްތައް ވަނީ ބަހައްޓައިފަ އެވެ.
ފެލިވަރު ދަޅުމަސް ބޭރުކުރަން އަލުން ފަށަނީީ
ފެލިވަރުގެ 200 ވަޒީފާއަށް ހުޅުވާލައިފި
ވަކިކުރަނީ ވަޒީފާގެ ނާޖާއިޒް ފައިދާ ނަގާ މީހުން:މިފްކޯ
ދަޅުގައި މަސްހުނި، ތަފާތު ހިޔާލުތަކެއް!
ސަރުކާރުން މަސް ގަތުން ހުއްޓާލަންޖެހޭ: ނަޝީދު
ބާނާ ހުރިހާމަހަކަށް ރަނގަޅު އަގުހޯދަން އިންވެސްޓްކުރަނީ
ފެލިވަރުގައި އިތުރު އައިސް ޕްލާންޓެއް ބަހައްޓަނީ
މަސްވެރިން ފެލިވަރު ބޭރުގައި މުޒާހަރާ ކުރަނީ
މަސް ބަންދުކުރާ ހަތަރު ކާރުހާނާއެއް ގާއިމުކުރަނީ
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ