01 ނޮވެމްބަރ 2016
ޅ. ފެލިވަރުން މަސްވެރިންނަށް ލިބެން ހުންނަ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހި، މަސްވެރިންތަކެއް ފެލިވަރު ކައިރީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.
ޅ. ފެލިވަރުން މަސްވެރިންނަށް ލިބެން ހުންނަ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހި، މަސްވެރިންތަކެއް ފެލިވަރު ކައިރީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.
މަސްވެރިން މުޒާހަރާ ކުރަމުންދަނީ ފެލިވަރު ބޭރުގައި ދޯނިތަކުގައި ތިބެގެންނެވެ. މިއަދު ހެނދުނު އަށެއް ޖަހާކަށް ހާއިރު ކުރަން ފެށި މި މުޒާހަރާގައި 12 ވަރަކަށް ދޯނި ބައިވެރިވެ އެވެ. މަސްވެރިންގެ ކަންބޮޑުވުންތައް އުފެދިފައިވަނީ ފެލިވަރުން އެކަށީގެންވާ ގޮތެއްގައި މަސްވެރިންނަށް އައިސް ނުލިބޭތީ އާއި ތެލުގެ އަގު ބޮޑުކަމުންނެވެ. އޭގެ އިތުރުން ފެލިވަރު ކާރުޚާނާގެ ފެންވަރު ދަށްވުމަކީ ވެސް މަސްވެރިން ކަންބޮޑުވާ ކަމެކެވެ.
ފެލިވަރު މުވައްޒަފަކު ބުނި ގޮތުގައި މަސްވެރިންގެ މުޒާހަރާގައި ރ، ބ، ޅ، ނ އަދި އުތުރުގެ އެހެން ބައެއް އަތޮޅުތަކުގެ ދޯނިފަހަރު ވެސް ބައިވެރިވާ ކަމަށެވެ. އަދި މަސްވެރިން މުޒާހަރާ ކުރަން ފެށީ، އެ މީހުންގެ މީގެ އެތައް ދުވަހަކުން ފެށިގެން ކުރަމުން އައި ޝަކުވާތަކަށް ހައްލެއް ނުލިބިއްޖެ ނަމަ، މިއަދު މުޒާހަރާ ކުރާނެ ކަން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެލިވަރުގެ ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް ފަހު ކަމަށް ވެސް އެމުވައްޒަފު ބުންޏެވެ.
މި މުޒާހަރާގައި ބައިވެރިވަމުން އަންނަ މަސްވެރިއަކު ބުނީ މަސް ބާނައިގެން އައިކަމުގައި ވިއަސް ފަސޭހަ އިން މަސް ނުކިރުވޭ ކަމަށެވެ. އަދި މަސް ކިރުވި ކަމުގައި ވިއަސް އެ އަށް ފައިސާ ނުލިބޭ ކަމަށް އެ މަސްވެރިޔާ ބުންޏެވެ.
ނަމަވެސް ފެލިވަރުން ވާހަކަ ދެއްކި މުވައްޒަފަކު ބުނި ގޮތުގައި މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބި މީގެ ކުރިން ހައެއްކަ މަސް ވެސް ފާއިތުވެ ދިޔަ ނަމަވެސް، އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލު ކުރުމަށް ފަހު ހުރިހާ މަސްދޯނިތަކަށް ދޭންޖެހޭ ފައިސާ މިހާރު ވާނީ ދީ ނިންމައިފަ އެވެ.
އޭނާ ބުނީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ނަމަ، ދެތިން ދޯންޏަށް ވިއްކޭ ވަރަށް ވެސް ފެލިވަރުގައި އައިސް ނުއުފެއްދޭ ކަމަށެވެ. ނަމަވެސް މި ދުވަސްކޮޅު މަސްވެރިކަން ދަށްވުމުން ކޮންމެވެސް ވަރަކަށް އައިސް އެބަހުރި ކަމަށާއި، އެކަންކަމާ މަސްވެރިން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެފައިވާ އިރު އެ ކަންތައް ހައްލު ކުރުމަށް މެނޭޖްމަންޓުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
މަސްވެރިއަކު ބުނި ގޮތުގައި ދޯނިތަކުގެ އިސް ވެރިން މިހާރު ދަނީ ފެލިވަރުގެ އިސް ވެރިންނާ އެކު މަޝްވަރާ ކުރަމުންނެވެ. އަދި މުޒާހަރާ ކުރި އަށް ގެންދިއުމާ މެދު ގޮތެއް ނިންމޭނީ، މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ނަތީޖާ އަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ.
މަސްވެރިން ފެލިވަރު ބޭރުގައި ދޯނިތަކުގައި ތިބެގެން މުޒާހަރާ ކުރަނީ. -- ފޮޓޯ: ރާއްޖެޓީވީ
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެސިސްޓަންޓް ރީޖަނަލް މެނޭޖަރު ހާމިދު ނަޒީމް ވިދާޅުވީ މަސްވެރިންނަށް ފަސޭހަ އިން މަސްކިރުވޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މަސް ކިރުވާފައި ކުރިން ފައިސާ ނުދިން ކަމުގައި ވިއަސް މިހާރު މަސް ކިރުވާފައި ވަގުތުން ފައިސާ ދެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ފެލިވަރުގައި އިތުރު އައިސްޕްލާންޓެއް ބެހެއްޓުމަށް ޕޮލިސީ ލެވެލްގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ފެލިވަރު ބޭރުގައި މަސްވެރިން ދޯނިތަކުގައި މުޒާހަރާ ކުރަމުން އަންނަ އިރު ފުލުހުން އަންނަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުންނެވެ.
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ
ޕީޕީއެމް މުޒާހަރާ: ބަންދުކުރި ނުވަ މީހަކު ދޫކޮށްލައިފި
ބާނާ ހުރިހާމަހަކަށް ރަނގަޅު އަގުހޯދަން އިންވެސްޓްކުރަނީ
ފެލިވަރުގައި އިތުރު އައިސް ޕްލާންޓެއް ބަހައްޓަނީ
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
މަސްވެރިން އޮކްޓޯބަރު 1ގެ ކުރިން ދަފްތަރުވާން ޖެހޭ
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!