02 އޮކްޓޯބަރ 2016
ޅ. ފެލިވަރުގައި އުފައްދާ ދަޅުމަސް ބޭރުކުރުން ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށް ފަހު، އެތަނުގެ ވަސީލަތްތައް ރަނގަޅުކޮށްގެން އަލުން އެކަން ފަށާ ގޮތަށް ނިންމައިފި އެވެ.
ޅ. ފެލިވަރުގައި އުފައްދާ ދަޅުމަސް ބޭރުކުރުން ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށް ފަހު، އެތަނުގެ ވަސީލަތްތައް ރަނގަޅުކޮށްގެން އަލުން އެކަން ފަށާ ގޮތަށް ނިންމައިފި އެވެ.
ފެލިވަރުގައި ހުންނަ މަސް ކާރުހާނާގައި ދުވާލެއްގެ މައްޗަށް 30-35 މެޓްރިކް ޓަނުގެ ދަޅު މަސް މިހާރު ވެސް ބަންދު ކުރެ އެވެ. އެކަމަކު ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުން ވަނީ މަޑު ޖައްސާލައިފައި އޮންނަތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އެ ތަނުން ހަމައެކަނި ދަޅު މަސް އުފައްދަނީ ރާއްޖެ އަށް ބޭނުންވާ ވަރަށް އެކަންޏެވެ.
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެސިސްޓަންޓް ރީޖަނަލް މެނޭޖަރު ހާމިދު ނަޒީމް ވިދާޅުވީ ބޭރަށް އެކްސްޕޯޓް ކުރަން ނިންމީ މަސް ކާރުހާނާ އިތުރަށް ތަރައްގީ ކުރުމަށްފަހު ކަމަށެވެ. ދުވާލަކަށް 50 ޓަނުގެ ދަޅު މަސް ބަންދު ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުވާލެއްގެ މައްޗަށް 50 ޓަނުގެ ދަޅު މަސް ބަންދު ކުރާނަމަ، އެއީ މަހެއްގެ މައްޗަށް 70،000 ކޭސް ދަޅެވެ. އަދި މަހެއްގެ މައްޗަށް 41 ކޮންޓެއިނާ އެވެ.
ފެލިވަރުގައި ހުންނަ މަސް ކާރުހާނާގައި މަސައްކަތް ކުރާ މީހަކު މަސް ސާފު ކުރަނީ. - ފޮޓޯ: މިހާރު
ނަޒީމް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އެކްސްޕޯޓް ކުރާނީ އިނގިރޭސި ވިލާތަށް އެކަންޏެވެ. އަދި އޮސްޓްރޭލިއާ އަށް އެކްސްޕޯޓް ކުރުމާ މެދު ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސް ކާރުހާނާ ތަރައްގީ ކުރުމުގެ ގޮތުން އެ ތަނުގައި ވަނީ ފިނި ކުރި މަސް ހޫނު ކުރުމަށް ބޭނުން ކުރާ ސިސްޓަމެއް ގާއިމުކޮށްފަ އެވެ. އޭގެ އިތުރުން މަސް ކައްކާ ދެ ކުކަރާއި މަސް ސާފު ކުރަން ބޭނުން ކުރާ މުޅިން އާ ހަތަރު ކްލީނިން ލައިން ވެސް ވަނީ ބަހައްޓައިފަ އެވެ.
ހަމައެއާއެކު، ސާފު ކުރާ މަސް ދަޅު ހުންނަ ބައްޓަމަށް ކެފުމަށް ބޭނުންކުރާ ބެކްޝެޕާސްތައް ބަދަލުކޮށް، ދަޅުގައި ހުރި މަސްތައް އަލުން ކެއްކުމަށް ބޭނުން ކުރާ މުޅިން އާ އާލާތްތައް ވަނީ ބަހައްޓައިފަ އެވެ.
ފެލިވަރުން 2000 ގެ ކުރީކޮޅު ވަނީ 50 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކޮށްފަ އެވެ. ނަމަވެސް އޮނިގަނޑަށް އައި ބަދަލާ ގުޅިގެންނާއި މަސްވެރިކަން ދަށްވުމާ ގުޅިގެން ދަޅު މަސް ބަންދު ކުރުން ވަރަށް ބޮޑަށް މަދު ކުރި އެވެ. އެ ކާރުހާނާއިން ފުރަތަމަ ފެށިއިރު ބަންދުކުރީ ދުވާލަކަށް 15 ޓަނުގެ ދަޅު މަހެވެ.
ފެލިވަރު ކާރުހާނާގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ
ވަކިކުރަނީ ވަޒީފާގެ ނާޖާއިޒް ފައިދާ ނަގާ މީހުން:މިފްކޯ
ފެލިވަރުގެ 200 ވަޒީފާއަށް ހުޅުވާލައިފި
ފެލިވަރުގައި އިތުރު އައިސް ޕްލާންޓެއް ބަހައްޓަނީ
މަސް ބަންދުކުރާ ހަތަރު ކާރުހާނާއެއް ގާއިމުކުރަނީ
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
ދެކުނުގައި މަސް ގަންނަ ހަތަރު ބޯޓެއް ފެލިވަރަށް
ރިޖެކްޓް މަދުކުރަން ތައިލެންޑު ބަޔަރުން ބޭނުމެއް ނުވި
މިފްކޯގެ ޒަމާންވީ ލޯގޯ ބަދަލުކޮށްފި
ފިޝަރީޒް މިނިސްޓަރު ދެއްވި ޖަވާބާމެދު ނަޝީދުގެ ނުރުހުން