26 ޑިސެމްބަރ 2019
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރައްވަމުން ގެންދަވާ ގދ. ވަޓަވައްރެހާ ވިއްކާލަން ނިންމައި ޝައުގުވެރިކަން ހުރި ބަޔަކު ހޯދަން ފަށައިފި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރައްވަމުން ގެންދަވާ ގދ. ވަޓަވައްރެހާ ވިއްކާލަން ނިންމައި ޝައުގުވެރިކަން ހުރި ބަޔަކު ހޯދަން ފަށައިފި އެވެ.
ޑީއާރުޕީގެ ލީޑަރު ޖާބިރުގެ ކުންފުނި، ޔޮޓް ޓުއާސް އިން ތަރައްގީ ކުރަމުންދާ މި ރަށުގެ 60 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
ޖާބިރު "މިހާރު" އަށް ވިދާޅުވީ، ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް އަންނަ އަހަރު ނިންމައި ޑިސެމްބަރުގެ ތެރޭގައި ރިސޯޓް ހުޅުވާނެ ކަމަށެވެ.
ޔޮޓް ޓުއާސް އިން މީގެ ކުރިން ވެސް ވަނީ ރިސޯޓުގެ ގޮތުގައި ރަށްތައް ތަރައްގީ ކުރުމަށް ފަހު ވިއްކާލައިފަ އެވެ.
ވަޓަވައްރެހާގެ ނަން މިހާރު ވަނީ ރާޅުވެލި ކްލަބް ރިސޯޓަށް ބަދަލުކޮށްފަ އެވެ. މި ރަށުގައި 200 ކޮޓަރި ހަދާއިރު ތަފާތު ނުވަ ކެޓަގަރީއެއްގެ ކޮޓަރިތައް އޭގެ ތެރޭގައި ހިމެނެ އެވެ. އެކި ފެންވަރުގެ ކޮޓަރިތައް ހަދާ މި ރަށުގައި އާންމުކޮށް ރާއްޖޭގެ އެހެން ރިސޯޓުތަކުގައި ހުންނަ ގޮތަށް ބީޗް ވިލާތަކާއި ވޯޓާ ވިލާތައް ވެސް ހުންނާނެ އެވެ.
ޖާބިރު ތަރައްގީ ކުރައްވާ ވަޓަވައްރެހާ.
އަދި ތިން ރެސްޓޯރެންޓާއި ހަތަރު ބާ ހުންނާނެ އެވެ. ވޯޓާ ސްޕޯޓްސް އާއި އެކްސްކާޝަން ގިނަ ހަރަކާތްތަކެއް ރަށުގައި އިންތިޒާމު ކުރެވޭނެ ގޮތަށް ރަށް ތަރައްގީ ކުރާއިރު ސްޕާގެ ހިދުމަތް ދިނުމަށް ލޭކް ސްޕާއެއް އެ ރިސޯޓުގައި ހަދާނެ އެވެ.
އެ ރިސޯޓު ގަންނަން ބޭނުންވާ މީހުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހަޅަން އެ ކުންފުނިން އެދެ އެވެ.
ޔޮޓް ޓުއާސް އަތުން ބީނާފުށި އަތުލީ ރަނގަޅަށް:ހައިކޯޓް
ޔޮޓް ޓުއާސްގެ 29މ ޑޮލަރުގެ މައްސަލަ ހައި ކޯޓަށް
ފައިސާ ނުދައްކާ 13 މައްސަލައެއް މީރާ އިން ކޯޓަށް
ބީނާފުށި ސަރުކާރުން އަތުލީ ރަނގަޅަށް: ކޯޓު
ކުޑަރަށް ލަންކާގެ ކުންފުންޏަކަށް ވިއްކާލައިފި
ޔޮޓް ޓުއާސުން 3.6 މިލިއަން ޑޮލަރު ދޭންޖެހޭ:ހައިކޯޓް
ޔޮޓް ޓުއާސް 29 މިލިއަން ޑޮލަރުން ސަލާމަތެއް ނުވި
އަލިދޫ ބަންދުކުރި މުއްދަތަށް ކުލި ނެގުން ނުހުއްޓުވޭނެ
ޖާބިރުގެ "ވަޓަވަށްރެހާ" ޑިސެމްބަރު މަހު ހުޅުވަނީ
ޔާމީނަށްޓަކައި ބޮޗޭ ޑީއާރުޕީން ވަކިވެވަޑައިގެންފި