Roadha Mihaaru
"އެލާޓް ލެވެލް މަތިކުރީ ނުރައްކަލެއް އޮވެގެން ނޫން"

އެލާޓް ލެވެލް މަތިކުރީ ނުރައްކަލެއް އޮވެގެން ނޫން: އެމްއެންޑީއެފް

24 ޑިސެމްބަރ 2019

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް "ޔެލޯ އެލާޓް 2" ނެރުނީ ކަނޑައެޅިގެން ވަކި ނުރައްކަލެއް އޮވެގެން ނޫންކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް "ޔެލޯ އެލާޓް 2" ނެރުނީ ކަނޑައެޅިގެން ވަކި ނުރައްކަލެއް އޮވެގެން ނޫންކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

އެ އެލާޓް ނެރެނީ ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާ ފަދަ ކަމަކާ ކުރިމަތިވާނެ ކަމަކަށް ބެލެވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަ އިބްރާހިމް އާޒިމް މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެލާޓް ލެވެލް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް ކަމަށެވެ. އެއާޕޯޓުތަކުގެ ސެކިއުރިޓީ ވެސް މަތިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިފައިންގެ އާއްމު ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރުމަށް "އެލާޓް" ސްޓޭޓަސް މަތިކުރުމަށް ވަކި ދަރަޖަތަކެއް އަމަލުކުރުމަށް އޮވޭ،" އާޒިމް ވިދާޅުވި އެވެ.

މި އެލާޓާ އެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާނެ ކަމަށް ވެސް ކުރިން ބުންޏެވެ. ސަލާމަތީ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރުން ހިމެނެ އެވެ. "މި ކަމަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއް ކަމަށްވުމާ އެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް ޔަގީން ކުރަމެވެ،" ސިފައިންގެ ކުރިން ނެރުނު ބަޔާނުގައިވެ އެވެ.