Roadha Mihaaru
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝުޖޫން

ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރު ޝުޖޫން އައްޔަން ކުރައްވައިފި

22 ޑިސެމްބަރ 2019

ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ) އަށް ކަނޑައަޅާ މެމްބަރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ) އަށް ކަނޑައަޅާ މެމްބަރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރުގެ މަގާމަށް ފަނޑިޔާރު ޝުޖޫން އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމުން އެ މަގާމު ހުސްވުމުންނެވެ. އެ މަގާމަށް ބޭފުޅުން ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރު ޝުޖޫން ވަނީ ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފަ އެވެ. އޭނާއަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ލިޔުން ފަނޑިޔާރު ޝުޖޫނަށް އަރުވައިފަ އެވެ.

ފަނޑިޔާރު ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ.