16 އޮކްޓޯބަރ 2019
ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމަކީ ފަނޑިޔާރުންނަށް ބިރު ދައްކައިގެން ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ފަނޑިޔާރުން ހިނގައިދާނެ ކަމެއް ކަމަށް ވިދާޅުވެ، އެކަން ހުއްޓުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ މުއައްސަސާތަކަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ގޮވާލައްވައިފި އެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމަކީ ފަނޑިޔާރުންނަށް ބިރު ދައްކައިގެން ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ފަނޑިޔާރުން ހިނގައިދާނެ ކަމެއް ކަމަށް ވިދާޅުވެ، އެކަން ހުއްޓުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ މުއައްސަސާތަކަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ގޮވާލައްވައިފި އެވެ.
ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން އެ ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދާދިފަހުން ވަނީ ނިންމައިފަ އެވެ. އެ މައްސަލަތަކާ ގުޅިގެން އެ ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރުވާން ވަނީ ނޯޓިސް ވެސް ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ފަނޑިޔާރަކު އޭނާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނިންމާ އެއްވެސް ނިންމުމަކާ ގުޅިގެން އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ އުސޫލުތައް ވެސް މަނާ ކުރާ ކަމެއް ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތަށް މައްސަލަ ބެލުމަކީ ފަނޑިޔާރުންނާއި ކޯޓުތައް ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްދާނެ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށާއި އެހެންވެ، އެކަން ހުއްޓުވައި ދެއްވުމަށް ރައީސާއި ދައުލަތުގެ މުއައްސަސާތަކަށް އިލްތިމާސް ކުރައްވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެކަން ހުއްޓުވައި ދެއްވައި، ދިވެހި ދައުލަތުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ހިންގަވައި ދެއްވައި، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުކޮށް ނަގަހައްޓަވައި ދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާއަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ." އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވާ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، ފަނޑިޔާރަކު އޭނާގެ ޒިންމާ އަދާ ކުރުމުގެ ގޮތުން ނިންމާ އެއްވެސް ނިންމުމަކާ ގުޅިގެން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. އަދި އެގޮތަށް ފަނޑިޔާރުންގެ މައްސަލަތައް ބެލުމަކީ ބައިނަލްއަގްވާމީ އުސޫލުތައް ވެސް މަނާ ކުރާ ކަމެއް ކަން ފާހަގަ ކުރައްވާފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު އެގޮތަށް ބަޔާން ނެރުއްވިއިރު، އެމަނިކުފާނާއި ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ނިންމައި އެ ބޭފުޅުންނަށް ނަސޭހަތް ދޭން ވެސް ޖޭއެސްސީން ދާދިފަހުން ނިންމި އެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ފަނޑިޔާރުން ކަމުން ވަނީ ދާދިފަހުން ވަކިކޮށްފަ އެވެ.
އަލީ ރަޝީދާއި ޑރ. މުހައްމަދުގެ ނަން މަޖިލީހަށް
ކުރީގެ އުއްތަމަ ފަނޑިޔާރު ރައީސަށް ފާޑު ވިދާޅުވެއްޖެ
ޝަރުއީ ދާއިރާ އިސްލާހު ކުރަނީ ހެޔޮ ނިޔަތުގައި: ރައީސް
ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރާކަށްނުފެނޭ: ޖޭއެސްސީ
ސުޕްރީމް ކޯޓަށް ފާއިޒް އައްޔަންކުރަން ނުފެނޭ: ޖޭއެސްސީ
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝުޖޫން
ސުޕްރީމް ކޯޓަށް ފާއިޒް އައްޔަންކުރަން ލަފައަކަށް އެދެފި
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ޔާމީން ފުނޑާލެއްވި ނިޒާމް ހަމަ އެގޮތަށް؟!
"އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ކަނޑައެއްނުލަން"