Roadha Mihaaru
މަހާޒާއި ދިޔާނާގެ ނަން މަޖިލީހަށް ފޮނުވަން ލަފާ ދީފި

ސުޕްރީމް ކޯޓަށް އައްޔަންކުރަން މަހާޒާއި ދިޔާނާގެ ނަން ވެސް ހުށަހަޅަން ރައީސަށް ލަފާ އަރުވައިފި

16 ސެޕްޓެމްބަރ 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އަރުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އަރުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ. ޖޭއެސްސީން ބުނީ ނަންތައް ތަރުތީބުކޮށްފައި ވަނީ އިސްކަން ދޭ ތަރުތީބަކުން ނޫން ކަމަށާއި ގިނަ ނަންތަކެއް ރައީސަށް ހުށަހެޅި ކަމުގައި ވިޔަސް މަޖިލީހަށް ފޮނުއްވާނެ ނަމަކާއި އަދަދެއް ކަނޑައެޅުއްވުމުގެ އިޚްތިޔާރު ރައީސަށް އޮންނާނެ ކަމަށެވެ.

ޖޭއެސްސީން ނިންމީ މަހާޒާއި ދިޔާނާގެ ނަންފުޅަކީ "ހައިލީ ރިކޮމެންޑެޑް" ދެ ނަންފުޅު ކަމަށެވެ. އަދި ދެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަކީ "ރިކޮމެންޑެޑް" ބޭފުޅުން ކަމަށް ވެސް ވަނީ ލަފާ އަރުވައިފަ އެވެ.

BREAKING: SC ah Mahaz ayyan kuran Raees, JSC ah fonuvaifi

BREAKING: SC ah Mahaz ayyan kuran Raees, JSC ah fonuvaifi

The most trusted news source in the Maldives

Mihaaru

ޖޭއެސްސީގެ ލަފަޔަކަށް މަހާޒްގެ ނަން ރައީސް ފޮނުއްވުން--

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން މި ބޭފުޅުންގެ ނަންތައް ވެސް ރައީސް މަޖިލީހަށް ފޮނުއްވާނެ އެވެ.

Supreme court ge fandiyaaru kamah 6 beyfulhaku kurimathi lavvaifi

Supreme court ge fandiyaaru kamah 6 beyfulhaku kurimathi lavvaifi

The most trusted news source in the Maldives

Mihaaru

ސުޕްރީމް ކޯޓަށް ހަ ބޭފުޅަކު ކުރިމަތިލެއްވުން---

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިތުރު ދެ ބޭފުޅަކު ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ.